ކިނބުލެއްހެން ހެދުން އަޅައިގެން ހަގީގީ ކިނބުލަކަށް ޖެއްސުން ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ މަޤްބޫލްކަން ހޯދަމުންނެވެ. 

މި ކުރު ކްލިޕް ޓްވިޓާގައި އާންމުކޮށްފައިވަނީ ނަރެންދުރަ ސިންގް ނަމަކަށް ކިޔާ މީހެކެވެ. އެއީ ކިނބުލަކާ ނުރައްކާތެރި ގޮތަކަށް އިންޗިއެއްހާ ކައިރިވެ، ކިނބުލަށް ތަކުރާރުކޮށް ޖެއްސުންކޮށްގެން މީހަކު ފުރާނަ ނުރައްކަލަށް ހުށަހެޅި މަންޒަރު ފެންނަ ވީޑިއޯއެކެވެ.

10 ސިކުންތުގެ މި ފޫޓޭޖުން ފެންނަނީ ކޯރެއްގެ އައްސޭރީގައި އޮށޯވެގެން އޮތް ކިނބުލަކަށް ، ކިނބޫ ކޮސްޓިއުމް ލައިގެންހުރިމީހާ ޖެއްސުންކުރާ މަންޒަރެވެ. ކިނބޫ އަވިގަނޑުގައި އޮތްއިރު . އެމީހާ ފެނުނީ ކޮސްޓިއުމްގެ ތެރެއިން އަތް ނަގައިގެން ތަކުރާރުކޮށް ކިނބުލުގެ ގުނަވަންތަކަށް ދަމައިގަންނަތަނެވެ.

ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތަކުގައި ވައިރަލްވެފައިވާ މި ވީޑިއޯގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ ގިނަބަޔަކަށް ވަނީ ސިހުންލިބިފައެވެ. "ހިތްވަރުގަދަކަމާއި މޮޔަކަމާ ދެމެދު އޮންނަ ރޮނގު ވަރަށް ހަނި،" އެކަކު ލިޔެފައިވެ އެވެ. "ކްރިއޭޓިވް ވޭ ޓު ޑައި،" އަނެއް މީހަކު ލިޔެފައިވެއެވެ.

ކިނބޫ ރައްކާތެރި ދުރުމިނެއްގައި ބެހެއްޓުމަކީ އަބަދުވެސް އިލްތިމާސްކުރާ ކަމެކެވެ. ކިންބޫއުޅޭ ސަރަހައްދާ މާ ކައިރިއަށް ދިއުމުގެ ނުރައްކާތެރިކަން ތަކުރާރުކޮށް ދައްކުވައިދޭ އެތައް ހާދިސާތަކެއް މީގެ ކުރިން ވެސް ވަނީ ހިނގާފައެވެ.

މިއަހަރުގެ ކުރީކޮޅު ދެކުނު އެފްރިކާގެ ވައިލްޑްލައިފް ޕާކުގެ މުވައްޒަފަކަށް 16 ފޫޓުގެ ކިންބުލެއް ހަމަލާދޭ ވީޑިއޯއެއް ވަނީ ވައިރަލްވެފަ އެވެ. 660 ކިލޯގެ މި ޖަނަވާރު ހަމަލާދީފައިވަނީ ޒޫ ކީޕަރު ޝޯން ލެ ކްލަސް އަށެވެ.މިހަމަލާދިނީ ކިނބުލުގެ ބުރަކަށީގައި މީނާ އިށީނދެގެން އިންދާ ފަތުރުވެރިންގެ ގްރޫޕެއްގެ ކުރިމަތީގަ އެވެ. މި ކިނބޫ އޭގެ ދަތްތައް ވައްދާލާ ދަތްއެޅީ ޒޫ ބަލަހައްޓާމީހާގެ ކަނާތު އުނަގަނޑުގެ ވަށައިގެން ކަމަށާއި، އެ ބިރުވެރި ހާދިސާއިން އެމީހާއަށްސަލާމަތްވެވުނު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކުވާޒުލޫ ނަޓަލް ޕްރޮވިންސްގެ ކްރޮކޮޑައިލް ކްރީކް ފާމްގައެވެ.