ދުނިޔެ ފުރިފައިވަނީ އަޅުގަނޑުމެން ހީވެސް ނުކުރާހާ ގިނަ އަދި ރީތި އެކިބާވަތުގރ ދިރޭތަކެތިންނެވެ. މި އާދަޔާ ހިލާފު ބަގަކީ ހަޔާތުގައި ދުވަހަކުވެސް ހަމަލޮލުން ދެކެލަން ލިބިފައި ނުވާ އެއްޗަކަށްވެދާނެއެވެ. އޯކިޑް މެންޓިސް ވައްތަރީ ރީތި ޕިންކް ކުލައިގެ އޯކިޑް މަލަކާއެވެ. މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ބަގެކެވެ. މި ތަފާތު ބަގަކީ ހަމައެކަނި މެލޭޝިޔާއަށް ނިސްބަތްވާ ބަގެއް ކަމަށާއި، ވައިގެ ތެތްކަން ބޮޑު އަދި ރެއިންފޮރެސްޓް ތަކުގައި ހުންނަ އެކި ގަސްގަހާގެހިން މި ބާވަތް ފެންނަ ކަމަށް ބުނެވެއެވެ.

އޯކިޑް މެންޓިސްއަކީ ރީތި އަދި ނާޒުކު އެއްޗެއް ކަމުގައި ހީވި ނަމަވެސް، މިއީ ނުރައްކާތެރި އެއްޗެކެވެ. މި ބަގްތައް ބޭނުންކުރަނީ އެގްރެސިވް މިމިކްރީ ކިޔާ ޝިކާރަކުރުމުގެ އުކުޅެކެވެ. މިބަގް އެއްކޮށް ނިވާވެ ފޮރުވުމަށްޓަކައި މާ ގަސްތަކުގެ މައްޗަށް އަރައި ، ކެތްތެރިކަމާއެކު އޭގެ ޝިކާރަ އޭގެ ކައިރިއަށް އައުމަށް އިންތިޒާރު ކުރެއެވެ. އޯކިޑް މެންޓިސް އަކީ ގެއްލުމެއް ނެތް މަލެއް ކަމަށް ހީކޮށް ޝިކާރަ އެއާ ކައިރިވުމުން ހަމަލާދެއެވެ.

މި މެންޓިސްގެ ސިފަ މަލަކާ ވައްތަރު ވުން ވެފައިވަނީ، ޝިކާރަކުރުމުގައި އަދި ޝިކާރަކުރާ ޖަނަވާރުތަކުގެ ލޮލުން ފޮރުވެން ވަރަށް ބޭނުންތެރި ކަމަކަށެވެ. ޕޮލިނޭޓް ކުރަން މާމުއިކުޅަނދުރު އާއި ކޮކާ އޯކިޑް މެންޓިސް އާއި ކައިރިވެއެވެ. އެތަކެތިތިބީ މަލެއްގެ މަތީގައި އިށީނދެގެން ނޫން ކަމުގެ އެއްވެސް ޚިޔާލެއް ނެތެވެ. މިއީ އޯކިޑް މެންޓިސް އަކީ ކެމޯފްލާޖް ވެ ނަފްސު ފޮރުވުމުގެ މާސްޓަރަކަށް ވާ ސަބަބެވެ. މިބަގް ކާނާ ހޯދަނީ ޝިކާރަކުރަން ފަސޭހަ ކުދި ސޫފިތަކުން، އެމީހުންގެ އުދުވާނީ މިމިކްރީ ޓެކްނިކް ބޭނުންކޮށްގެންނެވެ.

މިބަގަށް އިތުރަށް ޝައުގުވެރި ކުރުވާކަމަކީ މި ބަގް ބޮއް މީދާ އަދި ބޮނޑު ފަދަ ބޮޑެތި ޝިކާރަތައް ވެސް ޝިކާރަކުރާ ކަމެވެ. މިމެންޓިސް ކުޑަކުޑަ ސައިޒުގައި ހުރި ނަމަވެސް، އެމީހުންގެ ޝިކާރަކުރުމުގެ ފައިދާހުރި އުކުޅަކީ، އެމީހުންގެ ޝިކާރައަށް ވުރެ މޮޅު ސިއްރު ހަތިޔާރެއްގެ ގޮތުގައި ކެމޯފްލާޖްވުމަށް ބޭނުންުރާއުކުޅެވެ. އަންހެން ބޮޑެތި އޯކިޑް މެންޓިސް ގާތްގަނޑަކަށް 6ސެންޓިމީޓަރު ދިގުވާއިރު ފިރިހެން އޯކިޑް މެންޓިސް ބޮޑުވަނީ އެ ދިގުމިނުގެ ދެބައިކުޅަ އެއްބައި އެވެ. ނުރައްކާތެރި ނަމަވެސް މި މަޚްލޫޤުންގެ އުމުރު ވަރަށް ކުރުވައެވެ. އެމީހުންގެ އެވްރެޖް އުމުރު 8 މަހަށްވުރެ ކުޑައެވެ. އެއީ އެމީހުންގެ ބޭރުފުށުގެ ސިފަ ރީތިކަމުން ބައެއްމީހުން މިމެންޓިސް ގޭގައި ގެންގުޅެއެވެ.