ފައިސާއިން އުފާވެރިކަން ގަނެވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ސައިންސްވެރިން ކުރިދިރާސާ ގެނަތީޖާ ހާމަކޮށްފިއެވެ.
ޕީއެންއޭ މެދުވެރިކޮށް ޝާއިއުކުރި ދިރާސާތަކުން ދައްކުވައިދިނީ އަޅުގަނޑުމެންގެ މުޖުތަމަޢުން އެތައް އަހަރެއް ވަންދެން ބަހުސް ކުރަމުން އައި މައިޟޫއުގެ ނަތީޖާއެވެ. މިދިރާސާ ހަދާފައިވަނީ 200 މީހުންނަށް 10،000 ޑޮލަރު ދީގެންނެވެ.
މި ތަޖުރިބާގައި އެމީހުންނަށް ދީފައިވާ ފައިސާ ހޭދަކުރަން ޖެހުނީ އެންމެ ތިން މަސް ދުވަހުގެ ތެރޭގަ އެވެ.
އަދި ކޮންމެ މަހަކުވެސް ބައިވެރިންގެ އުފާވެރިކަން ރޭޓް ކުރުމަށް ވަނީ އަންގާފައެވެ.
މި ތަޖުރިބާގައި ކޮންޓްރޯލް ގްރޫޕެއް އޮތްއިރު، އެ ގްރޫޕަށް ލިބުނީ އަނެެއްގްރޫޕްއަށް ލިބުނު ފައިސާއާ އެއްވަރުގެ ފައިސާ ގެ އަދަދެއް ނޫނެވެ. ނަތީޖާ ދައްކާ ގޮތުން ގިނަފައިސާ ލިބުނު މީހުންނަށް އެ ތިން މަސް ދުވަހުގެ ފަހުން "އިތުރަށް އުފާވެރިކަން" ލިބިފައި ވާއިރު، އެ ހުރިހާ ކަމެއް ވެސް ލިބުނީ އެމީހުންގެ އާމްދަނީއަށް ބަލައިގެންނެވެ. މީގެ އިތުރުން އެ މުއްދަތު ހަމަވުމަށްފަހުވެސް އެމީހުންގެ އުފާވެރިކަން އެހާ މަތީ ދަރަޖައެއްގައި ދެމިއޮތެވެ.
އެވްރެޖްކޮށް އާމްދަނީ ދަށްކޮށްލިބޭ މީހުންނަށް އުފާވެރިކަން އިހްސާސް ކުރެވުނު މިންވަރު މަތިވި އެވެ. ނަމަވެސް މުސާރަ ބޮޑު މީހުންނަށް އެކަން ތަފާތެވެ. ބައެއް ބައިވެރިންގެ މޫޑަށް ބަދަލެއް އައި ތަނެއް ނުފެނުނެވެ.
މި ނަތީޖާއަކީ ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ކަމެއްނޫން ނަމަވެސް، ހަމައެކަނި “ކޭޝް އިންޖެކްޝަން” ކުރުމަކީ ވަކި މުއްދަތެއްގެ ތެރޭގައި މީހުންގެ އުފާވެރިކަމަށް އެހީތެރިވެދޭނެ ކަމެއްކަން ހާމަވެގެންދިޔައެވެ.
މިދިރާސާ އިންތިޒާމް ކުރީ ޓެޑްކްރިސް އެންޑަސަން އެވެ. މިދިރާސާގެ ބައިވެރިންނަށް މިދިރާސާގެ ބޭނުން ނޭނގުނީ، ސާފު މައުލޫމާތެއް ނެތި “މިސްޓަރީ އެކްސްޕެރިމެންޓް” އެއްގެ ގޮތުގައޮ މިދިރާސާ ހަދަން ސޮއިކުރުމުންނެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ މި ދިރާސާގެ ބައިވެރިން ގެ ޝަރުތަކީ އުމުރުން 21 އަހަރުން މަތީގެ މީހެއްކަމުގައި ވުމާއި އިނގިރޭސި ބަހުން ވާހަކަދައްކަން އެނގުމެވެ.
މާކެޓްވޮޗް މެދުވެރިކޮށް ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، ބައިވެރިންގެ ބޮޑު ބަޔަކަށް މި ތަޖުރިބާއަކީ، ހަގީގަތުގައި ވެސް، ހަގީގީ ތަޖުރިބާއެއް ކަމަށް ގަބޫލުކުރަން ދަތިވިއެވެ.
މިގޮތުން މިދިރާސާއަށް ހޮވުނު މީހުންނަކީ އާމްދަނީ ދަށް ތިން ގައުމެއް ކަމަށްވާ ބްރެޒިލާއި އިންޑޮނޭޝިއާ އަދި ކެންޔާގެ އިތުރުން އާމްދަނީ ބޮޑު ހަތަރު ގައުމެއް ކަމަށްވާ އޮސްޓްރޭލިއާ، ކެނެޑާ، އިނގިރޭސިވިލާތް އަދި އެމެރިކާގެ ރައްޔިތުންނެވެ.
އާމްދަނީ ބޮޑު ގައުމުތަކުން އައި މީހުންނާ އަޅާބަލާއިރު އާމްދަނީ ދަށް ގައުމުތަކުގެ މީހުންގެ އުފާވެރިކަމަށް ވަނީ ފައިސާއާއެކު ބޮޑު ބަދަލެއް އައިސްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން