އެނގިފައިވާ ގޮތުގައި ވާރޭގައި ހިނގާލުމަކީ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާ ކަމެކެވެ.

ޕެޓްރިކޯރ ވަހުން ސިކުނޑިއާއި ހަށިގަނޑު ހަމައަކަށް އަޅުވައިދެއެވެ.

ވާރޭގެ ވަސް ދުވަހަކުވެސް ފާހަގަ ކުރެވުނުތޯ؟ ނުވަތަ ރަނގަޅަށް ބުނާނަމަ، ވާރޭ ވެހޭ ވަގުތު ނުވަތަ ވާރޭ ވެހޭ ފަހުން ބިމާއި ވައިގެ ތެރޭ ހުންނަވަސް ފާހަގަކުރެވުނު ހެއްޔެވެ؟ ނުވާނަމަ ދެން ވާރޭ ވެހޭއިރު ބޭރަށް ނުކުންނައިރު ފުން ނޭވާއެއް ލާށެވެ. އެ ފޮނި، ތާޒާ، ހަމަޖެހޭ ވަހަށް ކިޔަނީ ޕެޓްރިކޯރ ކަމަށާއި، އެއީ އިންސާނާގެ ނަފްސަށް ފައިދާހުރި ވަހެކެވެ.

ޕެޓްރިކޯރ އަކީ ކޮބައި ހެއްޔެވެ؟

މި ހިތްގައިމު ވަސް އުފެދެނީ ފަސްގަނޑާއި ހިލަތަކުގައި ޖަމާވެފައި ހުންނަ ގަސްގަހާގެހިން ލިބޭ ކޮމްޕައުންޑްތައް، ވައިގެ ތިކިތަކާއި އެއްވެ ޖައްވުގެ ތެރެއަށް ދޫކޮށްލުމުން ނެވެ. ވާރޭ ވެހޭ ދުވަހެއްގައި އެރޯމާތެރަޕީ އެއް ފަދައިން ވިސްނާށެވެ. ވައިގެ ތެރޭގައި އުފެދޭ ގަސްގަހާގެހިން ލިބޭ ފައިދާތަކުގެ އިތުރުން  ތިމާގެ ވަށައިގެންވާ މާހައުލަށް ބަލާއިރު  ޕެޓްރިކޯރ އަކީ އިންސާނާ ހަމަޖެހޭ އަދި މޫޑު ރަނގަޅުކޮށްދޭ ވަހެކެވެ.

ވާރޭގައި ހިނގާލުމަކީ ތިމާގެ ނަޒަރިއްޔާތު ބަދަލުކުރުމަށް އެހީތެރިވެދޭ ކަމެކެވެ

ދެން ވާރޭ ވެހޭއިރު، ވަށައިގެންވާ މާހައުލަށް ސަމާލްކަންދީގެން ވަގުތުކޮޅެއްހޭދަކޮށްލާށެވެ.

ދުނިޔެ ތަފާތު ތަނަކަށް ވެގެންދަނީ ވާރޭ ވެހުމުން ފޮރުވިފައިވާ، ތަފާތު އަލިކަމެއް ފަތުރާލައިގެން، ހުރިހާ އެއްޗެއްގެ ބައްޓަމާއި ކުލައާއި އަޑު ބަދަލުވަމުންދާ ދިއުމުންނެވެ. 

ދުނިޔެއާ މެދު މި ތަފާތު ވިސްނުމަކީ ދިރިއުޅުމުގެ އެހެން ދާއިރާތަކުން ވެސް ނަޒަރިއްޔާތަށް ބަދަލެއް ގެނައުމަށް އެހީތެރިވެދޭނެ ކަމެކެވެ.

 

ވާރޭ ވެހޭ އިރު ހިނގާލުމުން ސާފު ވައި ލިބެއެވެ.

ތާޒާ ވައިގެ ތެރޭ ނޭވާލުމަށް އުންމީދު ކުރާނަމަ ވާރޭ ވެހޭ ވަގުތަށް ވުރެ ހިނގާލަން ދާން ރަނގަޅު ވަގުތެއް ނެތެވެ. ޖައްވުގެ ތެރެއިން ވާރޭ ތިކި ވެއްޓޭ ވަރަކަށް ގުދުރަތީ ނިޒާމުގެ ތެރެއިން، އެ ތިކިތަކުން ޓްރެފިކް ގެ ސަބަބުން ވައި ތަޣައްޔަރުވުމުގެ ދިހަވަރަކަށް ސަތޭކަ ޕާރޓިކަލްސް ދަމައިގަނެއެވެ.

މި ޕްރޮސެސްއަކީ ވަށައިގެންވާ ވައި ސާފުކޮށް، ނޭވާލާން ރަނގަޅު ކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ކަމެކެވެ. މި ދިރާސާ ކުރި އެމެރިކާގެ އެމްއައިޓީގެ ޑޭން ޗިޗްޒޯ ބުނީ މި ދިރާސާގެ ނަތީޖާއިން ދައްކާ ގޮތުގައި ވާރޭ ވެހުމަކީ ވައިގެ ފެންވަރާއި އިންސާނުންގެ ސިއްހަތު ރަނގަޅު ކުރުމުގެ ގާބިލްކަން ހުރި ކަމެއް ކަމަށެވެ.

 

ކޮންޓްރޯލް ނުކުރެވޭ ކަންތައްތައް ދޫކޮށްލަން ދަސްވާނެއެވެ

ދިރިއުޅުމުގައި ތިމާގެ ކޮންޓްރޯލުން ބޭރުގައި ގިނަ ކަންތައްތަކެއް ހުރި ނަމަވެސް ބައެއް ފަހަރު އެއީ ދޫކޮށްލަން ޖެހިފައި ހުރި ކަންތައްކަން ހަގީގަތުގައި ގަބޫލުކުރުމަކީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. ގެއްލިފައިވާ ލޯބިވާ މީހަކާއި މެދު ހިތާމަކުރުމުން ފެށިގެން، ވަޒީފާގެ އިންޓަވިއުއެއްގައި ސްޓްރެސް ވުމާ ހަމައަށް، ކޮންޓްރޯލް ދޫކޮށްލުމަކީ އެންމެ ރަނގަޅު އަދި ކުރެވިދާނެކަމެކެވެ.. ވާރޭގައި ހިނގާލުމަކީ މިކަމަށް އެހީތެރިވެދޭނެ ކަމެކެވެ.

ދިރިއުޅުމުގެ އެތައް ކަމެއް ކޮންޓްރޯލް ނުކުރެވޭ ފަދައިން ވާރޭ ވެހުން ވެސް ކޮންޓްރޯލް ނުކުރެވޭނެއެވެ. މޫސުމަކީ ލަފާނުކުރެވޭ އެއްޗެއްކަމުން ވާރޭގައި ހިނގާލުމަކީ އެކަން ހަނދާންކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ވާރޭ ވެހުމާއެކު ކަންކަމާ ޤަބޫލްވާން ދަސްކުރެވޭނަމަ އެ ޤަބޫލުކުރުން ދިރިއުޅުމުގެ އެހެން ދާއިރާތަކަށް ގެންދެވިދާނެއެވެ

ދެން ވާރޭ ވެހޭ އިރެއްގައި ގޭތެރޭގައި ފޫހިވެފައި ނީދެ ވާރޭތެރޭގައި ހިންގާލާށެވެ.

ވާރޭގައި ހިނގަމުން ދާއިރު ވިސްނައިގެން ނޭވާލާށެވެ.

ކަމަލަށް ފުރިހަމައަށް ހާޒިރުވުން އަބަދުވެސް ފެށެނީ ނޭވާއިން ކަމުން ނޭވާއަށް ހޭލުންތެރިކަން ގެނައުމަކީ ފުރަތަމަ ފިޔަވަޅެވެ. އަނގައިން ނޭވާލުމުން ހާސްކަން ހަށިގަނޑަށް ލިބޭއިރު ނޭފަތުން ފޯކަސްކޮށްގެން ނޭވާލުމަކީ އިންސާނާ ހަމަޖައްސާލާ ކަމެކެވެ.

ހިނގާފައި ދާއިރު ސިކުނޑީގައި އުފެދޭ ބޭކާރު ޚިޔާލުތައް ދޫކޮށްލާށެވެ

ހަންގަނޑުގައި ބީހެމުންދާ ވާރޭ ތިކިތައް އިހުސާސްކޮށް ވާރޭގެ އަޑު އަޑުއަހާށެވެ. ތިމާގެ ސިކުނޑިއާއި ހަށިގަނޑުގައި ތިމާގެ ވަށައިގެންވާ ހުރިހާ ކަމެއް، އެތެރެއާއި ބޭރުން ގަބޫލުކުރަމުން ދާށެވެ.ބޭކާރުކަންކަަން ދޫކޮށްލާފައި ވާރޭ އާއި އެކު ކުރިއަށްދާށެވެ.

އެނބުރި ގޭތެރެއަށް ދާން ތައްޔާރުވުމުން، އާދައިގެ ހާލަތަށް އަނބުރާ ދިއުމަށް ކުޑަ ވަގުތުކޮޅެއް ދޭށެވެ. ހޫނު ފެނުން ފެންވަރާލައިގެން ހޫނު ސައިތައްޓެއް ބޯލާށެވެ. ނުވަތަ ހޫނު ކޮޓަރިއެއްގައި ކުޑައިރުކޮޅަކު މަޑުމަޑުން ވިސްނާލަން އިށީނދެލާށެވެ. ވާރޭވެހުމުގެ އާ ތަޖުރިބާއާއި އެކަމުގެ ސަބަބުން ކުރި ހެޔޮ އަސަރުތަކާ މެދު ވިސްނާށެވެ.