ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި ދުނިޔޭގެ އެކި ހިސާބު ތަކުގައިވެސް ސިޙުރު ހާހޫރަ އަދި އެސްފީނާ ޙަސަދައިގެ އުނދަގޫ އަންނަނީ އާންމު ވަމުންނެވެ. އެއްބަޔަކު މިއީ ވުޖޫދުގައި ވާކަމެއްކަން ޤަބޫލުކޮށް ފަރުވާ ނުލިބިގެން އުޅޭއިރު އަނެއްބަޔަކަށް މިއީ ޤަބޫލުކުރަން ދަތި ޖޯކުކަމަކަށް ވަނީ ހަދާފައެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ކީރިތި ޤުރުޢާންގައިވެސް ސިހުރު އެސްފީނާ އަދި ޙަސަދަ އާއި ގުޅޭ އެތައް އާޔަތެއް ވާކަމެވެ. ސިހުރާއި އެސްފީނާ އަކީ ހަޤީގަތެކެވެ.
މިބަލިމަޑުކަމުން ޝިފާ ހޯދުމަށް އިސްލާމް ދީނުން ހެކިދޭ އަދި ސާބިތުވާ ފަރުވާއަކީ ޝަރުޢީ ރުގްޔާއެވެ. ސިއްޙީ ފަރުވާއަކުން މިކަމެއް ރަނގަޅެއް ނުވެއެވެ. އެއީ ޤުރުއާން ގެ އާޔަތްތަކުގެ އެހީގައި ބަލިމީހާއަށް ފަރުވާ ހޯދުމަށްކުރެވޭ ދުޢާވެރިކަމެކެވެ. ޒަމާނާއި އެކު ހުރިހާ ކަމަކަށް ބަދަލު އަންނަނީ ތަފާތު މައުލޫމާތާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށެވެ. އެގޮތުން ސާރުޢީ ރުޤްޔާ ދިރާސާގެ އަލީގައި ސިހުރު ހުރިތަން ހޯދައި އެސިހުރު ނައްތާލުމުން މިކަމުން ޝިފާލިބި ސިޙުރު ބާތިލް ކުރެވޭކަން ކަށަވަރުވެއެވެ.
އޭގެ ބަދަލުގައި ބަލިމީހާކައިރީގައި ތިންހަތަރު މަސްވަންދެން ހުއްޓުމެއްނެތި ކިޔަވައިގެން ޝައިޠާނާ ހާޒިރުކޮށްގެން ވާހަކަ އަހާހެދުމަކީ އެންމެ އެދެވިގެންވާގޮތެއް ނޫނެވެ. އޭރުން ބަލިމީހާ އެތައްވޭނެއްގައި އުޅެންޖެހޭ މުއްދަތު ޝިފާ ނުލިބި ދިގުލައިގެން ގޮސް ބަލިމީހާއަތުން ރުޤްޔާކުރާމީހާއަށް އެތައް ފައިސާ އެއް ބޭކާރު ގޮތުގައި ހަރަދުވެގެންދެއެވެ. ކުރަން ނުޖެހޭ އެތައް ކަމެއް ކުރުވަނީއެވެ. މަސް ހަމަސްދުވަހު ކިޔަވައި އަހަރުތަކެއް ވަންދެން ވެސްކިޔަވަނީ އެވެ. އެނގިފައިވާ ގޮތުގައި މިގޮތައް ކިޔަވާ ރާޤީން ބަލިމީހާއަތުން ކޮންމެ މަހަކަށް މަދުވެގެން 5000 ރުފިޔާ ހޯދައެވެ. މާނައަކީ ކިޔަވާތާ އަހަރެއް ވެއްޖެނަމަ 60,000 އެއްވެސް ނަތީޖާއެއް ނެތި ހަރަދުވީއެވެ. މިއީ ރުޤްޔާ ކޮށްދޭ އެންމެ ކުޑައަގެވެ.
ޝަރުޢީ ރުޤްޔާގެ ދިރާސީ އެހީގައި ސިހުރު ހޯދަނީ ޖިންނި ގެނެސްގެން ޖިންނި ކައިރިން އަހާ އޮޅުން ފިލުވައިގެން ނޫނެވެ. މިފަހަކަށްއައިސް ޝަރުޢީ ރުޤްޔާ ގެ ދިރާސީ ހޯދުންތަކުގެ އެހީގައި ރާއްޖޭގެ ގިނަބަޔަަކަށް ވަނީ ފަރުވާ ލިބިފައެވެ. ޤުރުޢާން ގެ ބައެއް އާޔަތްތައް ބަލިމީހާ ގާތު ކިޔަވައިގެން ބަލިމީހާއަށް އަންނަ ބަދަލުތަކުގެ އެހީގައ ސިހުރު ހުރިތަން ހޯދެއެވެ. އަދި ސިހުރު ހުރިތަން ހޯދުމުން އެސިހުރު ބާތިލްކުރަން ފަސޭހަވެ ފަރުވާ ލިބުން ޔަޤީންވެއެވެ. ސިހުރު ހުރީ އިމާރާތެއްގެ ތަޅުން ދަށުގައި ނަމަ އެތަނެއް ތަޅާފަ ވިޔަސް ސިޙުރުނަގައިގެން ފަރުވާ ކޮށްގެން ބަލިމީހާ ރަނގަޅު ކުރެވެން އޮތް ހިނދު އެތައް މަސްތަކެއް ވަންދެންް ބަލިމީހާ ބާއްވައިގެން ކިޔަވާ ޝައިތޯނާ ހާޒިރުކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ. ބަލިމީހާގެ އަތުން އެތައް ފައިސާއެއްނެގުމުގެ ބޭނުމުގައި ބަލި ދިގުދެންމުން ނޫން އިތުރު ކޮންބޭނުމެއްތޯއެވެ.
ޝަރުޢީ ރުޤްޔާގެ ހޯދުންތަކުގެ އެހީގައި ފަރުވާ ލިބިފައިވާ ބައެއް ކޭސްތަކަށް ބަލާލަމާތޯއެވެ. ފުއަމުލަކަށް ނިސްބަތްވާ މީހެއްގެ ބަނޑު ފުއްޕާ އުނދަގޫ ވަމުންދާތާ 12 އަހަރު ވެއްޖެއެވެ. ޑޮކްޓާރަށް ދައްކައިގެން އެތައް ފަރުވާ އެއްވެސް ހޯދާ ރަގަޅުނުވުމުން ރުޤްޔާކޮށްގެން ސިހުރު ޖެހިފައިވާކަން އެނގި ރުޤްޔާކުރާ އަދި ފަންޑިތަހަދާ އަދި ހިޖާމާ ޖަހާ އެތައްބައެއްގެ ކައިރިއަށް ގޮސް ފަރުވާ ހޯދިއެވެ. ނަަމަވެސް ވަމުން އައި އުނދަގޫތަކަށް ބަދަލެއް ނާދެއެވެ. އެހެންކަމުން ޝަރުއީ ރުޤްޔާ ގެ ދިރާސީ ކުރާ ފަރާތެއްގެ އެހީގައި އެނގުނީ ހަށިގަނޑުގައި ރޫހާނީ އެހެން ބާރުތަކެއްހުރިކަމެވެ. އަދި ސިހުރު ކާންދީފައި ހުރުމުގެ އިތުރުން ރަށުގެ ބައެއް ތަންތާ ވެސްސިހުރި ހުރިކަމެވެ.ސިހުރު ހަދާފައިވާ ތަންތަން ކިޔަވައިގެން ހޯދާ ބަލައި ސިހުރުނެގުމަށްފަހު ބާތިލް ކުރުމުން ﷲ ގެ އިޒުނަފުޅާއި އެކު ގިނަދުވަސްވީ ވޭނާއި ތަކުލީފް ފިލައިގެން ގޮސް ތަހައްމަލް ކުރަމުން އައި އުދަގޫތައް ފިލައި ދިޔަތާ މިހާރު 1 އަހަރު ވީކަމަށް މިބަލިމީހާ ވަނީ ބުނެފައެވެ.
ބ.އަތޮޅަށް ނިސްބަތްވާ މީހަކު ކިޔައިދިން ގޮތުގައި އޭނާގެ ފައި ފާރުވެ ފައި ބުރިކޮށްލާ ހިސާބަށް ގޮސްފައިވަނިކޮށް ފަޔަށް ﷲގެ އިރާދަފުޅާއިއެކު ޝިފާ ލިބުނީ ރުޤްޔާގެ ހޯދުންތަކުން އެރަށު މޫދު ރާޅު ޖަހާ ހިސާބުގައި ވަޅުލާފައިވާ ސިޙުރު ހަދާފައިވާ އެތިނަގައި ބާޠިލު ކޮށްގެންނެވެ.
ހަމަ އެގޮތަށް މ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ މިހަކަށް ގުޅާލުމުން ބުނި ގޮތުގައި އޭނާގެ އަންހެނުން ބަލިވެ ހޭނެތޭ ގޮތްވާތީ މަހަކު އެއްފަހަރު މާލެދާން ޖެހި އައިސީ ޔޫގައި ފަރުވާ ދޭންޖެހުނެވެ. އެންމެފަހުން އަންހެނުންގެ ބައްޔަށް ﷲގެ އިރާދަފުޅާއިއެކު ޝިފާ އެއް ލިބުނީ ދިރާސީ ގޮތުން ޝަރުޢީ ރުޤްޔާ ކޮށްގެންނެވެ. ގޯތި ތެރެއިންނާއި ޤަބުރުސްތާނުން ސިޙުރު ހަދާފައިވާ ސިޙުރު ނަގައި ބާޠިލު ކުރިކަމަށް އެމީހާ ބުންޔެވެ.
ފ.އަތޮޅުގެ ރަށެއްގެ މީހަކު ބުނި ގޮތުގައި އޭނާގެ މައިދާތަ ނޭވާލާން އުނދަގޫވާތީ ތިން އަހަރު އޮތީ އޮކްސިޖެން މެޝަން ބޭނުން ކޮށްގެންނެވެ. މައިދާތައަށް ﷲގެ އިރާދަފުޅާއިއެކު ރަނގަޅުވީ ޝަރުޢީ ރުޤްޔާ ގެތެރެއިން ގޯތިން ސިޙުރު ހަދާފައި ތިންތަނެއް ހޯދާ އެތަކެތި ނަަގައި ބާތިލްކޮށްގެންނެވެ.
ހުޅުމާލޭގައި ދިރިއުޅޭ ހއ.އަތޮޅުގެ ރަށެއްގެ ޢާއިލާއެކެވެ. އެމީހުންގެ 3 މީހުންނަށް އެކިފަހަރުމަތިން އެކި މީހުން ގެނެސް ރުޤްޔާ ކުރާތާ ހަތަރު އަހަރު ވީއެވެ. ނަމަވެސް ހެޔޮބަދަލެއް ނާދެއެވެ. އެމީހުންށަށް ވެސް ﷲއިރާދަ ފުޅާއިއެކު ފަރުވާ ލިބިގެން ދިޔައީ އެމީހުންގެ ރަށަށް ގޮސް ދިރާސީ ހޯދުންތަކުގެ އަލީގައި ސިޙުރު ހަދާފައިވާ ތަންތަން މޫދުން އަދި އެމީހުން ދިރި އުޅު ގޯތިން ނަގައި ބާޠިލު ކޮށްގެންނެވެ.
ދެކުނު ސިޓީ އެއްގައި ދިރި އުޅޭ އަންހެން ކަނބަލެކެވެ. އޭނާ ގެ އެންމެ ބޮޑު ވޭނަކީ ގައިގެތަން ތަނުގައި ރިއްސައި އެއްޗެއް ދުވާހެން ހީވުމެވެ. އޭނާ އާއި އޭނާގެ އާއިލާ ވަނީ އޭނާ އަށް ބޭސްފަރުވާ ކޮށް ފަސޭހަނުވެގެން މާޔޫސްވެ ފައެވެ. އަދި ހައެއްކަ ރާޤީން ލައްވައި ރުޤްޔާ ވެސް ކޮށްފައެވެ.
އޭނާއަށް ވެސް ރަނގަޅުވީ ދިރާސީ ގޮތުން ހޯދުންތަށް ހޯދުމަށްފަހު ސިޙުރު ހަދާފައިވާ ތަންތަން ނަގައި ބާޠިލު ކުރުމުންކަމަށް އޭނާވަނީ ބުނެފައެވެ.
މިހުރިހައި ބެލުމެއް ބަލައި ފަރުވާ ކޮށް އެތަންތަން ނަގައި ބާޠިލު ކުރުމުން ﷲގެ އިރާދަ ފުޅާ އެކު ވަނީ ރަނގަޅު ވެފައެވެ.މިހުރިހާ ތަނެއް ދިރާސާކޮށް ހޯދައި ބެލީ طه ސޫރަތުގެ 69 ވަނަ އާޔަތާއި يونس ސޫރަތުގެ 81-82 ވަނަ އާޔަތް ކިޔެވީމާ ބަލިމީހާއަށް އަންނަ ސިހުމާއި ބަދަލުތަކުން ކަމުގައި މައުލޫމާތުލިބެއެވެ.
ކ.އަތޮޅުގެ ރަށެއްގެ މީހަކު އޭނާގެ އަންހެނުން ބަލިވެ އުޅޭތާ 15އަހަރު ވަނީ ވެފައެވެ. ރާއްޖޭގެ އެތައްމިތަނަށް ގޮސް ރުޤްޔާ ކުރާ މީހުންގެ ކިބައިން ފަރުވާާ ކުރެވި ތަފާތު ޑޮކްޓަރުންނަށް ދެއްކި އެއްގޮތެއް ނުވެ އުޅެނިކޮށް ފަރުވާ ދިނީ ޝަރުޢީ ރުޤްޔާ ތެރެއިން ދިރާސާ ކޮށްގެންކަމަށް އޭނާ ބުނެއެވެ. އެގޮތުން އޭނާގެ އަންހެނުންނަށް ސިޙުރު ހަދާފައިވާ އެތި ފެނުނީ އެރަށު ކާރީގައިވާ ފިނޮޅެއްގެ ތެރޭގައި ވަޅުލާފައި ވަނިކޮށެވެ. އޭތިނަގައި ބާޠިލު ކުރުމުން އަންހެނުންނަށްވަނީ ﷲގެ އިޛްނަފުޅާއި އެކު ރަނގަޅުވެފައެވެ.
ފާހަގަކޮށްލަން ޖެހޭކަމަކީ ބަޔާންވެދިޔަ ހުރިހާ ފަރާތްތަކަށްވެސް މާތް ﷲގެ އިޒްނަފުޅާއިއެކު ޝިފާ ލިބިފައިމިވަނީ މިކަން ކުރަން ޖެހޭ ގޮތަށް ކުރެވުނީމައެވެ. އެހެން ކަމުން މިފަދަ ކަންކަމުގެ ފަރުވާއަށް މީހެއްގެ އެހީ ހޯދާނަމަ ޝަރުޢީ ރުޤްޔާ ކުރުމުގައި ދިރާސާ ކޮށް ރުޤްޔާކުރާ ފަރާތްތަކުގެ އެހީހޯދާށެވެ.
އެއައަށްފަހު ސިޙުރުގެ ބަލިތަކުން ދިފާއުވުމަށް ﷲގެ ހަޞްރަތަށް ފުރިހަމައަށް ﷲ އަށް އީމާންވެ ދީނުގައި އަންގަވާފައިވާ ކަންކަން ކޮށް ނަހީކުރައްވާފައިވާ ކަންކަމުން ދުރުހެލިވާށެވެ. މާތް ﷲގެ ރަސްކަންފުޅަށް އިތުބާރުކޮށް ކީރިތި ޤުރްއާން ކިޔެވުން ގިނަކޮށް ތެދުމަގުގައި ފައިތިލަ ސާބިތުކުރެވޭތޯ ބަލާށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން