ދުނިޔޭގެ ވައި ތަޣައްޔަރުވުމާއި ދުނިޔެ ހޫނުވުމުގެ މިންވަރު އިތުރުވުމުގެ ސަބަބުން ފުޅީގައި ބަންދުކުރެވިފައިވާ ފެނަކީ މިއަދު ބިލިއަން ޑޮލަރުގެ ސިނާއަތެކެވެ. އެކަމަކު 60,000 ޑޮލަރުގެ އަގުހުރި ފެން ފުޅިއެއްގެ ވާހަކަ ދުވަހަކުވެސް އަޑުއެއްސެވިންތޯއެވެ.
ކޮންމެ އަކުއާ ޑި ކްރިސްޓަލޯ ޓްރިބިއުޓޯ އަ މޮޑިގްލިއާނީ ފުޅިއެއްގެ ފެން ހޯދަނީ ދުނިޔޭގެ ތަފާތު ތިން ތަނަކުންނެވެ. އެއީ ފިޖީ އާއި ފްރާންސްގެ ފެން ސްޕްރިންގްއަކުން އަދި އައިސްލޭންޑްގެ ގްލޭޝިއާތަކުންނެވެ. ދުނިޔޭގެ އެންމެ ސާފު ފެނުން ހޯދާފައިވާ އެއްޗަކަށް ވާތީ، އެކަމަށް ބޮޑު އަދަދެއް ޚަރަދުވާނެ ކަމީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
މިފެން މިހާ އަގުބޮޑުވެފައިވާ ހަމައެކަނި ސަބަބަކީ މީގައި އެކުލެވޭ މިސާފް ފެނުގެ ސަބަބުން އެކަންޔެއް ނޫނެވެ.މިފެން އަޅާފައިވާ ފުޅި ތައްޔާރުކޮށްފައިވަނީ ވެސް ތަފާތުކޮށެވެ.
ކޮންމެ ފުޅިއެއްގެ ޕެކޭޖިންގ ގެސަބަބުން މިފެނުގެ އަގު ބޮޑުވުމަށް އެއްބާރުލުމެއް ލިބެއެވެ. މި 750 މިލިލީޓަރުގެ ބިއްލޫރި ފުޅިތަކުގެ ތެރެއިން ކޮންމެ ފުޅިއެއްގައި ވެސް 24 ކެރެޓްގެ ސޮލިޑް ރަން ޖަހާފައިވެ އެވެ. މީގެއިތުރުން، މި ފުޅިތައް ފަރުމާކޮށްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ފުޅިތަކުގެ ލިސްޓަށް ވަދެވޭ ފަދަ ރީތި ފުޅި ޑިޒައިންތަކުގެ ސަބަބުން މަޝްހޫރު ފުޅި ޑިޒައިން ކުރާ ފަރްނާންޑޯ އަލްޓަމިރާނޯ އެވެ. އޭނާ މި ފުޅިތައް ފަރުމާކޮށްފައިވަނީ އިޓަލީގެ ފަންނާނު އަމެޑިއޯ ކްލެމެންޓޭ މޮޑިގްލިއާނީ އިންސްޕިރޭޝާނަކަށް ބަލައިގެނެވެ.
އަކުއާ ޑި ކްރިސްޓަލޯ ޓްރިބިއުޓޯ އަ މޮޑިގްލިއާނީގައި ހިމެނޭ ކޮންމެ ފެން ތިއްކެއް ތައްޔާރުކޮށްފައިވަނީ 5 ގްރާމްގެ 23 ކެރެޓްގެ ރަނުންނެވެ. ރަން ހުރުމުން އާންމު ފެނަށް ވުރެ މިފެން އެލްކަލައިން ވެގެންދާއިރު، މިއީ ބޮޑު އަގު ކަނޑައެޅުމަށް މަގުފަހިވާ ކަމެކެވެ. އަދި ރަން އެކުލެވޭ މި ރޭންޖުގެ ބޯފެނުން އާންމު ފެނަށް ވުރެ ގިނަ ހަކަތަ ލިބޭ ކަމަށް ވެސް ބުނެ އެވެ.
މެކްސިކޯ ސިޓީގެ ލާ ހަސިއެންޑާ ޑެ ލޮސް މޮރާލެސްގައި ޕްލެނެޓް ފައުންޑޭޝަން އޭ.ސީ އިން އިންތިޒާމްކުރި ނީލަމެއްގައި 2010 ވަނަ އަހަރުގެ މާޗް މަހުގެ ހަތަރު ވަނަ ދުވަހު 774،000 ޕެސޯ، 60،000 އެމެރިކާ ޑޮލަރަށް (39،357 ޕައުންޑް) ވިއްކާ ފައިވެއެވެ. މިފެން ވިއްކައިގެން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކޮށްފައިވަނީ ގްލޯބަލް ވޯމިންގެ މައްސަލައާ ދެކޮޅަށް މަސަތްކަތްކުރާ ޗެރިޓީއަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން