ނާސްތާއަށް ބިސް ގަނޑު އެޅުމަށް ބޭނުންކޮށްފައި ބާކީ ހުންނަ ކުޑަ ތެޔޮފޮދު ފަސޭހައިން ޓިޝޫ ނުވަތަ އަޕްސައިކަލް ކޮށްފައިވާ ފޮތިކޮޅަކުން ފުހެލައިގެން ސާފް ކުރެވިދާނެ އެވެ. އެކަމަކު ބައެއް ރެސިޕީތަކުގައި ޑީޕް ފްރައި ކުރަން ގިނަ ތެޔޮ ބޭނުންކުރެވެއެވެ.މިތެޔޮގަނޑު އުކާލުމުގައި ގިނަފަހަރު ޖެހިލުމެއް ނެތި ސިންކަށް އަޅާލެވެއެވެ. ނަތީޖާއެއްގެ ގޮތުން ނަރުދަމާ ނިޒާމް އަދި ތިމާވެއްޓަށް ބޮޑެތިި ގެއްލުން ލިބެއެވެ.
އަޅުގަނޑުމެން ކޮންމެ ފަރުދަކީ ފެހި ދިރިއުޅުމަކަށް ފޯކަސް ކުރާ ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހެއެވެ. އެހެންކަމުން ބޭނުންކޮށްފައިވާ ކެއްކުމަށް ބޭނުންކުރާ ތެޔޮ ހިމެނޭ ގޮތަށް ގޭތެރޭގެ ބައެއް ކުނިތަކަކީ ނައްތާލާނެ ނުވަތަ އުކާލާނެ ގޮތާއިމެދު ސުވާލުއުފެދޭ ކަންކަމެވެ. އެހެންކަމުން ތެލުގެ މައްސަލައަށް ހައްލެއްގެ ގޮތުގައި ކަމުދާ އުފެއްދުމެއް ކަމަށްވާ ކޫކިން އޮއިލް ސޮލިޑިފައިއާސް ކިޔާ އެއްޗެއްގެ ވާހަކަ އަޑު އިވުމުން ވަރަށް ޝައުގުވެރިވި އެވެ.އަދި މިއުފެއްދުންމީ ރާއްޖެފަދަ ކުޑަ ޤައުމަކަށް ނުހަނު ބޭނުންތެރި އަދި މުހިންމު އެއްޗެއްކަމަށް ޤަބޫލް ކުރެވުނެވެ.
ބައެއް ގައުމުތަކުގެ ރެސްޓޯރެންޓްތަކާއި ވިޔަފާރި ތަންތަނުގައި އަހަރަކު ތިން ބިލިއަން ގޭލޯންގެ ކެއްކުމުގައި ބޭނުންކުރާ ތެޔޮ ބަޔޯޑީޒަލަށް ބަދަލުކުރުމަށް ފޮނުވައެވެ. ތެޔޮ ފުރިފައިވާ ތަވައެއް, ގޭގައި ކައްކާ މީހުންނަށް ގިނަ ފަހަރަށް އެ ތެޔޮ ނައްތާލާނެ ގޮތަކާ މެދު ހުރަސް ތަކެއް ނުވަތަ ދަތި ތަކެއް ހުރެއެވެ.ރާއްޖޭގައިވެސް ތެޔޮ ރީސައިކަލް ކުރުމުގެ ޕްރޮގްރާމެއް އޮންނަނަމަ އެމައްސަލަ ހައްލުކުރުމަށް ފަސޭހަވާނެއެވެ.
އުކާލާ ތެޔޮ ސިންކަށް ނުވަތަ ފާޚާނާ ތައްޓަށް އެޅުމުން ލޯމަތިން އެތެޔޮ ގެއްލިދިޔަ ނަމަވެސް އެ ތެޔޮތަކުން ގޭގެ ހޮޅިތަކަށް ގެއްލުންވެ މުނިސިޕަލް ނަރުދަމާތަކުގައި ޖަމާވެއެވެ. ތެލާއި ފެޓްސް ތެރަހެއްގެގޮތުގައި މަސައްކަތްކޮށް، އެކިޒާތުގެ ނަރުދަމާގެ ކުނިތަކުގައި ތަތްވެ ފެޓްބަރގްސް އުފެދި، ބެކަޕްތައް އުފެދި، ނައްތާލަން އުނދަގޫވެއެވެ.
ތިމާވެއްޓަށް ކައްކާ ތެލާއި ގްރީސް ފޯރުމުން އިކޯލޮޖިކަލީ ނާޒުކު ފަޅުތަކަށް ގެއްލުންދީ ދިރޭތަކެއްޗަށް ގެއްލުންވެއެވެ. އެމެރިކާ ފަދަ ޤައުމުތަކުގެ ބައެއް މުޖުތަމަޢުތަކުގައި ތެޔޮ ކޮމްޕޯސްޓް ކުރުމުގެ އިޚްތިޔާރު މީހުންނަށް ލިބިފައިވީނަމަވެސް، ކުނިކޮށިތަކަށް އުކާލަންޖެހޭ ގޮތަށް އުކާނުލުމުން ތިމާވެއްޓަށް ގެއްލުންވެއެވެ.
ބާޒާރުގައި ތެޔޮ ސޮލިޑިފައި ކުރާ އުފެއްދުންތަކުގެ ބައެއް ބްރޭންޑްތައް، އެކި ނަންނަމުގައި އެބަހުއްޓެވެ. އެއީ ހޫނު ތެލުގެ ތެރެއަށް އެޅުމުން ފަސޭހައިން ނައްތާލުމަށްޓަކައި ތެޔޮގަނޑު 'ސޮލިޑިފައި' ނުވަތަ ހަރުވާ އީކޯ ފްރެންޑްލީ ބާވަތްތަކުން އުފައްދާފައިވާ އެއްޗެކެވެ . ފްރައިއަވޭ ބްރޭންޑްގެ ސޮލިޑިފައިއާ ޑިވެލޮޕަރު ލޯރާ ލޭޑީ ވިދާޅުވާ ގޮތުގައި ހިކި ފްލޭކްސް ހޫނު ތެލަކަށް އެޅުމުން، އުފެއްދުމުގައި ހިމެނޭ ގުދުރަތީ ގަސްގަހާގެހިން އުފައްދާ ހައިޑްރޯޖެނެޓެޑް ފެޓްތައް ގިރި ބޭނުންކޮށްފައިވާ ކައްކާތެލާ އެކު އިމަލްސިފައި ވެއެވެ.
ތެލުގެ އެއްކޮށްފައިވާ ފެޓްތައް ގާތްގަނޑަކަށް 100 ޑިގްރީ ފަރެންހައިޓް އަށް ފިނިވުމުން، މި މިކްސްޗަރ ތުނިވެގެން ދަނީ ދިޔާ ތެލަށް ވުރެ އުކާލަން ފަސޭހަ ޓެކްސްޗަރަކަށެވެ. އެއީ ޖެލީއެއްފަދަ ނުވަތަ ހަރު ޑިސްކަކަށް ނުވަތަ ކައްކާ ތަށިން ފަސޭހައިން ނައްޓާލެވޭ ވަރުގެ ބޯ، ކޮންމެވެސް ވަރަކަށް ހިކި ޕޭސްޓެކެވެ.
މެދު މިނެއްގެ ތެޔޮގަނޑެއް ހަރުވާން 20 މިނެޓް ވަރު ނަގާފާނެ އެވެ؛ ބޮޑެތި ތެޔޮގަނޑަށް އެތައް ގަޑިއިރެއް ނަގާފާނެ އެވެ. ފިނިވުމުން، ތެޔޮ ކައްކާ ތާހުން ނުވަތަ ތަވައިން ސީދާ ޑަސްބިންއަށް ނުަވަތަ ކޮމްޕޯސްޓް ބާލިދީއަކަށް އުކާލެވިދާނެއެވެ. މިހެން ކަންކުރުމުން ތެޔޮ ނައްތާލުމަށް ޕްލާސްޓިކް ކޮންޓެއިނަރަކަށް އަޅާ ބަންދުކުރުމަށްވުރެ ބޮޑަށް ކުނިގޮނޑަށް ފޯރުވުމުން މައިކްރޯބްތަކުގެ އެހީގައި ކުނި ނައްތާލެވޭނެއެވެ.
ދުވަސްވީ ފެޓީ އެސިޑެއް ކަމަށްވާ ސްޓިއަރިކް އެސިޑަކީ ޖަނަވާރުތަކާއި ތަރުކާރީގެ ފެޓްތަކުން އުފައްދާ އެއްޗެކެވެ؛ އޭގެ ތުނި ފްލޭކްސް ތެރަސް ނުވަތަ ތަތްކަމުން ވިޔަފާރީގައި ލިބެން ހުންނަ ފެޓް ސޮލިޑިފައިއަރސް އާއި ދާދި އެއްގޮތެވެ. އެނގިފައިވާ ގޮތުގައި ހޫނު ތެޔޮގަނޑަކަށް ދެތިން މޭޒުމަތީ ސަމުސާ ސްޓިއަރިކް އެސިޑް އެޅުމުންވެސް މަސައްކަތް ކުރަނީ ކުރިން ބުނެވުނު ތެޔޮ ހަރުކޮށްދޭ ޕްރޮޑަކްޓުތަކާ ދާދި އެއްހަމައެއްގައެވެ. ތަފާތަކީ ސްޓިއަރިކް އެސިޑް އަގުހެޔޮވެފަ ފަސޭހައިން ލިބުމެވެ.
ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ މިރީތި ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރި ކުރެވޭނީ މިފަދަ ކުދި ކުދި ބަދަލު ފަރުދީގޮތުންވެސް ކުރެވިގެންނެވެ. މިފަދަ އުފެއްދުންތަކަކީ މިޤައުމަށް ނުހަނު ބޭނުންތެރި އެއްޗެއް ކަމަށް ޤަބޫލްކުރަމެވެ
ރާއްޖެއަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި އެކަމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މައިދާންތަކުގައި އެންމެބޮޑަށް އަޑު އުފުލަމުންދާ އަދި މިކަމުގައި ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި އެންމެ އިސް ސަފުގައި ވަކާލާތުކޮށް އަޑުއުފުލަމުންދާ އެއް ޤައުމެވެ.
މިފަދަ ކުދި ކުދި ބަދަލުތަކާއި ދިޔަވަޅުތަކުން ރާއްޖޭގެ ތިމާވެއްޓަށް ކައްކާ ތެލުން ފޯރާ ގެއްލުން ހާސްބައި ކުޑަކުރެވޭނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން