އިންޑިއާގެ ރައްޔިތެއް ކަމަށްވާ ވިމާލް ކާރިއާ އާއި އޭނާގެ އަންހެނުން ބައްދަލުވީ ކައިވެނި ޕޭޖަކުންނެވެ. ނަމަވެސް ކައިވެންޔަށް ފަހުން އެނގުނީ އޭނާގެ އަންހެނުން ރީތާ ދާސް އަކީ އިންޑިއާގެ އާސާމް ސްޓޭޓުގެ ވޯންޓަޑް ގޭންގްސްޓާރެއް ކަމަށާއި އޭނާގެ މައްޗަށް މަކަރާއި ހީލަތާއި ވައްކަމާއި މީހުން މެރުމުގެ ތުހުމަތު ކޮށްފައިވާ ކަމަށެވެ.
ޕޯރބަންޑާ ސިޓީ އޮފް އިންޑިއަން ސުޕްރިންޓެންޑެންޓް ޕޮލިސް (އެސްޕީ) އޮފީހަށް ވިމާލް ކަރިޔާ ހުށައެޅި މައްސަލާގައި ވަނީ ރީތާ ދާސްއާ ބައްދަލުކުރީ މެޓްރިމޮނިއަލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ބުނެ އެވެ. ރީތާ އޭނާގެ ކައިވެނީގެ ޕްރޮފައިލްގައި ފާހަގަކޮށްފައިވަނީ ‘ވަރިވެފައިވާ މީހެއް’ ގެ ގޮތުގައެވެ. މިނޫން އެއްވެސް މައުލޫމާތެއް އޭނާ ހިއްސާކޮށްފައި ނުވި ނަމަވެސް ވިމާލް ވަނީ ރީތާ އަށް ވަރަށް އިތުބާރުކޮށްފައެވެ.އެއަންހެންމީހާގެ ކުރީގެ ކައިވެނީގެ ވަރީގެ ކަރުދާސްތައް މުރާޖާ ކުރުމުގެ ތެރެއިން އަންހެން މީހާއަށް ކިޔާ ނަން އޮޅުވާލާފައިވާ ކަން އެނގުމުން ވިމާލް ވަނީ ގޫގުލް އިން ސަރޗްކުރުމުން ރީތާ ޗައުހާން އަކީ ފުލުހުން ހޯދަމުންދާ މުޖުރިމެއްކަން ފަޅާއަރާފައެވެ.
ކޮންމެ ތަނަކުން މީހަކު ހޯދައިގެން ކައިވެން ކުރިކަމުގައި ވީނަމަވެސް އެމީހާގެ ހަޤީގަތް ރަބގަޅަށް ބަލާ ވަނަވަރު ހޯދުމުން މިފަދަ ހިތާމަވެރި ކަންކަމުން ސަލާމަތް ވާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން