ޗައިނާ މީހަކު އޭނާގެ ލޯބިވެރިޔާ ގާތު ކައިވެންޏަށް ޕްރޮޕޯޒްކުރުމަށް ވެނިއު (ފަންކްޝަން ބޭއްވި ތަން) އަދި ފްނކްޝަންގެ ޚަރަދު ކަވަރުކުރަން އެހީވާން ރައްޓެހިންގާތު ޑިމާންޑުކުރުމުން އޮންލައިންކޮށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ. ސައުތު ޗައިނާ މޯނިން ޕޯސްޓް (އެސްސީއެމްޕީ) އިން އިއްޔެ (މ މާރިޗުގައި) ނެރުނު ރިޕޯޓެއްގައިވާ ގޮތުން ކައިވެނީގެ ޕްރޮޕޯސަލް ޕްލޭން ކުރުމަށް އެހީތެރިވި ރައްޓެހިން ގާތްގަނޑަކަށް 92 ޑޮލަރު (640 ޔުއާން) ދެއްކުމަށް ފިރިހެންމީހާ ޑިމާންޑް ކުރުމުން އެމީހާގެ ލޯބިވެރިޔާގެ ބެސްޓް ފްރެންޑް ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި އެވާހަކަ ސޯޝަލްމީޑިއާގައި ޕޯސްޓްކޮށްފައެވެ.

 

ކައިވެނީގެ ޕްރޮޕޯޒަލަށްފަހު، އެ ފަންކްޝަން ޕްލޭން ކުރުމަށް ހެދި ވީޗެޓް ގްރޫޕަށް ބިލްތަކުގެ ފޮޓޯލާ، ފަންކްޝަންގައި ބައިވެރިވީ އެންމެންގެ މެދުގައި ބިލް ސްޕްލިޓްކުރުމަށް (ބިލްގެ ޚަރަދު ބެހުމަށް) އޭނާވަނީ އެދިފައެވެ.

 

ރިޕޯޓްތައް ބުނާގޮތުން މި ޕްރޮޕޯޒަލަށް އެ މީހާވަނީ 300 ޑްރޯންވެސް ކުއްޔަށް ނަގާފައެވެ. އަދި އެ ޚަރަދަށް އެކަނިވެސް ގާތްގަޑަކަށް ދިހަހާސް އެމެރިކާ ޑޮލަރު (ހަތްދިހަހާސް ޔުއާން) ޚަރަދުވެފައިވެއެވެ. 

 

މި މީހާއަށް ފާޑިކިޔާފައިވާ ބައެއް މީހުންދަނީ އަނބިމީހާގެ ޚަރަދުތައްވެސް ރައްޓެހިންގެ މެދުގައި ބަހއިގެން ހޯދާނީތޯ ސުވާލުކޮށްފައެވެ. އަދި ޚަރަދުކުރާނެވަރު ނެތިއްޔާ އެވަރުގެ ފަންކްޝަނެއް ބޭއްވީ ކީއްކުރަންތޯވެސް ބައެއްމީހުން އަހާފައިވެއެވެ. އަނެއް ބަޔަކު ވަނީ ކައިވެނީގެ ކުރިން ފިރިހެންމީހާގެ "ޗީޕް" ކަން އެނގުމަކީ އަންހެންމީހާގެ ނަސީބު ކަމަށާ އަވަހަށް އޭނަ ދޫކޮށް އެހެންކަމަކައިގެން އުޅުން މާ ބުއްދިވެރިވާނެކަމަށް ބުނެފައެވެ.