ފޮޓޯގްރާފަރެއްގެ ކެމެރާއަކުން ނުބަލާ ހުރެ ހީލަމުން "ސެލްފީ" އެއް ނެގި މަކުނެއް އެ ތަސްވީރުގެ ކޮޕީރައިޓް ހިފެހެއްޓުމުގެ ޝަރުތު ހަމަނުވާ ކަމަށް ނިންމައިފިއެވެ.
ވަގުތުން އަޅައިގަންނަ މިފޮޓޯ ދުނިޔޭގެ ސުރުޚީތަކަށް އަރާފައިވަނީ ހަމައެކަނި ސެލްފީ ނެގީ މަކުނެއްކަމަށްވާތީ އެކަމުގެ ޝައުގުވެރިކަމެއްގެ ސަބަބުން ނޫން ކަމަށާއި އެއީ އާދަޔާ ހިލާފު ދައުވާއެއް ފެށުމުންކަމަށް ރިޕޯޓްތަކުގައި ބުނެވެއެވެ.
ޖަނަވާރުތަކުގެ ހައްގުތަކާ ބެހޭ އެކްޓިވިސްޓުން ބުނާ ގޮތުގައި އިންޑޮނޭޝިއާގެ ސުލާވޭސީ ޖަޒީރާގެ ޓަންގްކޯކޯ ރިޒާވްގައި މިނިވަންކަމާއެކު ދިރިއުޅޭ ހަ އަހަރުގެ މަދުން ނޫނީ ނުފެންނަ ކްރެސްޓެޑް މެކަކް ނާރޫޓޯއަށް "ކޮޕީރައިޓްގެ މިލްކުވެރިކަމާއި ފައިދާ ހޯދުމުގެ ހައްގު އެހެން މީހުންނާ އެއްފަދައިން ލިބެންޖެހޭކަމަށެވެ.
އޭނާ އެ ޝޮޓް، އަދި އިތުރު ބައެއް ޝޮޓްތައް ނެގީ 2011 ވަނަ އަހަރު އިނގިރޭސި ފޮޓޯގްރާފަރު ޑޭވިޑް ސްލޭޓަރ އޭނާގެ ކެމެރާ ތަނެއްގައި ބޭއްވުމުން ނެވެ.
ޕެޓާ (ޕީޕަލް ފޯ ދަ އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް) އިން ސެން ފްރެންސިސްކޯގެ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށް ގާނޫނީ ޝަރީއަތް ހުށަހެޅިއިރު، "މަކުނު ސެލްފީ" ކަމަށް ބުނާ ސެލްފީތަކަކީ "މީހެއްގެ އެހީތެރިކަމެއް ނެތި ނަރޫޓޯ ކުރި ސިލްސިލާ އަމަލުތަކުން ނެގުނު ފޮޓޯއެއް" ކަމަށް ބުނެ އެވެ.
އެމީހުން ހޯދަމުން ދިޔައީ ޕެޓާއަށް ފޮޓޯތަކުން ލިބޭ ހުރިހާ ފައިސާއެއް މަކުނުގެ ފައިދާއަށް އެޑްމިނިސްޓްރޭޓް ކުރުމުގެ ހުއްދަ ދޭ ކޯޓު އަމުރަކަށެވެ.
އެމެރިކާގެ ޑިސްޓްރިކްޓް ޖަޖު ވިލިއަމް އޮރިކް ބުދަ ދުވަހު ވިދާޅުވީ އެ މަކުނަކީ އެ ފޮޓޯތަކުގެ ކޮޕީރައިޓްގެ ވެރިފަރާތެއް ކަމަށް އިއުލާން ނުކުރެވޭނެ ކަމަށެވެ.
މިސްޓަރ ސްލޭޓަރ ވަނީ އެ މައްސަލަ ބާތިލް ކުރުމަށް ކޯޓުގައި އެދިވަޑައިގެންފައި ކަމަށާއި، އޭނާގެ ކުންފުނި ވައިލްޑްލައިފް ޕާސަނަލިޓީސް ލިމިޓެޑަށް ލިބިފައިވާ އިނގިރޭސި ކޮޕީރައިޓަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝަރަފުވެރިކަން ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން