އިޝާރާތުގެ ބަސް ބޭނުންކޮށްގެން މުއާމަލާތް ކުރުމުގެ ގާބިލްކަން ލިބިފައިވާ ގޮރިލާ ކޮކޯއަށް އޭނާ އަބަދުވެސް ބޭނުންވި އާއިލާ ލިބިއްޖެއެވެ.

އޭނާގެ 44 ވަނަ އުފަންދުވަހު ދަރިން ނެތް ކޮކޯއަށް ޓްރެއިނަރު ފްރާންސިން ޕެޓަސަން ބުޅާ ފޮށިގަނޑެއް ދިނުމުން ވަގުތުން ކުދިކުދި ބުޅާދެކެ ލޯބިވީ ކޯކޯ އާއި އެއްގޮތް އެއްޗެއްދެކެ ލޯބިވާފަދައިންނެވެ.

ދަ ގޮރިލާ ފައުންޑޭޝަން އިން ބުނާ ގޮތުގައި ކޮކޯ އަހަރުތަކެއް ވަންދެން ދަރިން ބޭނުންވާ މިންވަރު ބުނަމުން އަންނައިރު، ގިނަ ފަހަރަށް ‘ބެބީ’ މި ލަފުޒުގެ އިޝާރާތް ދައްކާ ކުޅޭ ޑޯލްތަކާ އެކު ކުޅެނީ އޭނާގެ އަމިއްލަ ކުދިން ފަދައިންނެވެ

ބުޅާ ތަކާއި ބައްދަލުވުމުން ކޮކޯ އިޝާރާތުން ބުނީ ‘ކެޓް’ އާއި ‘ބެބީ’ — ބެލެވޭ ގޮތުގައި މިއީ މިހާރު އޭނާގެ ދަރިން ކަމަށް އޭނާ ވަނީއަންގާފައެވެ.

ބުޅާތަކާއި ކޯކޯ ބައްދަލުވި އެ ރީތި ތައާރަފް ޑޮކިއުމެންޓާރީ އެއްގެ ގޮތުގައި ޔޫޓިއުބްގައި ޝާއިއުކޮށްފައިވަނީ އެ ފައުންޑޭޝަންގެ ‘ކޮކޯފްލިކްސް’ އެކައުންޓުންނެވެ.

ސެން ފްރެންސިސްކޯ ޒުލަށް އުފަން އަދި ކައިރީގައި އޮންނަ ވުޑްސައިޑްގެ ދަ ގޮރިލާ ފައުންޑޭޝަންގައި ބޮޑުވި ކޮކޯ އަކީ ޕެޓަސަން ކިޔާ 'ގޮރިލާ ސައިން ލެންގުއޭޖް' ގެ 1،000 އަށް ވުރެ ގިނަ ނިޝާން ވިސްނޭ އަދި ވާހަކަ ދައްކާ އިނގިރޭސި ބަހުގެ ގާތްގަނޑަކަށް 2،000 ބަހުގެ މާނަ ދޭހަވާ ޖަނަވާރެކެވެ.