އާއިލީ ޗުއްޓީއެއްގައި އުޅެނިކޮށް އާރޮން ވެލްބޯން އަލަބާމާގެ ގަލްފް ޝޯރސް އަށް ސްނޯކްލިން އަށް ދިޔަ އެވެ. ފަޅުތެރެއިން ވިހި 30 ފޫޓް އަޑިން އޭނާގެ ލޮލުގައި އަޅައިގަތީ ހުދު ދަތްޕިލައެކެވެ.

 

 

“އެއީ މުތްތަކެއްހާ ހުދު ދަތްޕިލައެއް. ވަރަށް ސާފުތާހިރުއާ ދަތްޕިލައެއް. އެއްވެސް ޕޮލިގްރިޕެއް ނުވަތަ އެއްވެސް ހަޑިއެއްނެތް އެދަތްޕިލަ ފެނުނީ މުޅިން އައުކޮށް،” އާރޮން ބުންޏެވެ.

 

އޭނާގެ އަންހެނުން ބްލޭއާއަށް ބޮލި އެއްކުރުމުގެ މިޝަނެއްގައި އޭނާ ވަނީ އެއަށްވުރެ ހީނުކުރާކަހަލަ އެއްޗަކުން އޭނާ ހައިރާންކޮށްލާފައެވެ.

“އަހަރެން އޭނަ ކައިރިއަށް ދިޔައީ، ދަތްޕިލަ ފޮރުވައިގެން އަހަރެން އަންހެނުން ކައިރީ ބުނީ ޔޫ އާ ނޮޓް ގޯނާ ބިލީވް ވަޓް އައި ފައުންޑް.’ އެހެންކަމުން، އޭނަ ލޯ މަރާލުމުން އަހަރެން އެ ދަތްޕިލަ އޭނަގެ އަތުގަ ބޭއްވިން އޭނަ ލޯ ހުޅުވާލާއިރު އެއީ ބޮއްޔެއް ނޫނެވެ. އެއީ އޭނައަށް ހިނިތުންވެލައިގެން ހުރި ދަތްޕިލައެކެވެ.' އާރަން ކިޔައިދިނެވެ.

ގާތްގަނޑަކަށް 2،000 ޑޮލަރުގެ އަގުހުރި ދަތްޕިލައިގައި ރެންޑީ ވިލިއަމްސް ކިޔާމީހެއްގެ ނަން ބިންވަޅު ނެގިފައިވެއެވެ. އެމީހުން ދަތްޕިލަ އޭގެވެރިފަރާތަށް އަނބުރާ ރައްދުކުރުމަށް ނިންމާ އެމީހާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ފޭސްބުކުގައި ދަތްޕިލައެއް ގެއްލިގެން އުޅޭ ރެންޑީ ވިލިއަމްސްއެއް ދަންނަނަމަ ގުޅުމަށް އެދުނެވެ.

އެމީހުންނަށް ވަނީ ރޭންޑީ ވިލިއަމްސް ހޯދިފައެވެ. ރެންޑީ ވަނީ ދަތްޕިލަ ގެއްލުނުތާ ހަފްތާއެއްކުރިން އެބީޗަށް ޒިޔާރަތްކޮށްފައެވެ. މިހާރު އެދަތްޕިލަ ވަނީ ރޭންޑީއަށް ފޮނުވާލާފައެވެ.