އެންޖަލާ ބަޗިލާ- ޕޮލިޓީޝަނެއް
އެންޖަލާބަޗިލާ އޭނާގެ ސިޔާސީ ކެރިއަރ ފެށީ 2011 ވަނަ އަހަރު ސްޕެއިންގެ ވެލަޑޮލިޑް ސިޓީގެ ސިޓީ ހޯލުގައި މަސައްކަތް ކުރަމުންނެވެ. ޕީޕަލްސް ޕާޓީގެ މެންބަރެއް ކަމަށްވާ ބަޗިލާ ސިޓީ ހޯލުގައި އިދާރީ އެހީތެރިއެއްގެ ގޮތުގައި ދެ އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވިއެވެ.2011 ވަނަ އަހަރު އޭނާއިންތިޚާބުގައި ވާދަކުރެއްވި އެވެ .
އިންތިޚާބު ސީދާ ކާމިޔާބު ނުވިކަން ފާހަގަކޮށް ބަޗިލާގެ ކާމިޔާބީ ދަށްކޮށްލަން ބައެއް މީހުން މަސައްކަތް ކުރާއިރު، ސްޕެއިންގައި ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް ވޯޓުލުމުގެ ހުއްދަ ލިބުނު ނަމަ، ވަރަށް ރަނގަޅަށް ކާމިޔާބު ލިބިދާނެކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. ބުއްދި ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލުން ސީދާ މަނާކޮށްފައި ނުވާއިރު، ސްޕެއިންގެ ކޯޓުތަކުން އާންމުކޮށް ކަނޑައަޅަނީ ޑައުން ސިންޑްރޯމް ޖެހިފައިވާ މީހުންނަކީ "ކުޅަދާނަކަން ނެތް" މީހުންގެ ގޮތުގަ އެވެ.
ކޮލެޓް ޑިވިޓޯ - ވިޔަފާރިވެރިއެއް
މުޖުތަމަޢާ ފުރިހަމައަށް ގުޅިގެން ދިއުން ސާފުކޮށް މަނާކުރާ ޤާނޫނުތަކެއް ނެތިވެސް، ޑައުން ސިންޑްރޯމް ޖެހިފައިވާ މީހުންނަށް އެކަން ކުރަން މަސައްކަތް ކުރުމުގައި ތަކުރާރުކޮށް ބޮޑު ހަނގުރާމައެއް ކުރިމަތިވެއެވެ. މިއީ ކިހާ ތެދެއްކަން ކޮލެޓް ޑިވިޓޯއަށް އެނގުނީ، އެންމެ ދެ އަހަރު ތެރޭގައި ކްލެމްސަން ޔުނިވާސިޓީގައި 3 އަހަރުގެ ކެއްކުމުގެ ކޯހެއް ނިންމާލި ނަމަވެސް، ދާކޮންމެ ވަޒީފާގެ އިންޓަރވިއުއަކުން ރިޖެކްޓުވުމުންނެވެ. އެހެންކަމުން އޭނާ އަމިއްލަ ވިޔަފާރިއެއް , “ދަ އެމެޒިންގ ކުކީ”، އަދި ކޮލެޓީސް ކުކީސް ނަމުގައި އުފެއްދެވިއެވެ. ފުރަތަމަ ގްރޮސެރީ ފިހާރައަކާ އެކު މަސައްކަތް ކުރި ކޮލެޓް މަޑުމަޑުން ކްލައިންޓް ބޭސް ބިނާކޮށް، ސީއެންއެން، އެމްއެސްއެންބީސީ، ސީބީއެސް، ޖީއެމްއޭ، ބީބީސީ އަދި އެހެނިހެން ތަންތަނުން މީޑިއާގައި ފެނިގެން ގޮސް ޕްރޮފައިލް މަތިކޮށް، އެންމެ ފަހުން ލޭސް ޕޮޓޭޓޯ ޗިޕްސް އާއި ޕާޓްނަޝިޕެއް އުފެއްދި އެވެ. ކޮލެޓް އާއިއެކު މިހާރު 13 މީހުން ވަޒީފާ އަދާކުރާއިރު، އޭނާގެ ޕްލެޓްފޯމް ބޭނުންކޮށްގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައި ވަޒީފާ ނެތުމާއި ފަގީރުކަމުގެ މިންވަރު ކުޑަކުރެވޭނެ ކަމަށް އުންމީދު ކުރެ އެވެ.
ޖޭމީ ބްރެވަރ- އެކްޓަރ
މި ލިސްޓުގައި ހިމެނޭ އެންމެ މަޝްހޫރު މީހާ ކަމަށް ބެލެވޭ ޖޭމީ ބްރެވަރ އަކީ އެމެރިކަން ހޮރޯ ސްޓޯރީ ސީރީޒްގައި އޭނާ ކުޅުނު ފާހަގަކޮށްލެވޭ އަދި ތަކުރާރުވާ ރޯލުތަކުން ގިނަ ބަޔަކަށް ދެނެގަނެވޭނެ އެކްޓަރެކެވެ. ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ތިއޭޓަރުގައި މަސައްކަތް ކޮށްފައިވާ ބްރެވަރ ބައިނަލްއަގްވާމީ މަޝްހޫރުކަމަށް އަރާފައިވަނީ ހިޓް ބިރުވެރި ޝޯގެ ފުރަތަމަ ރޯލުން އެޑިލޭޑް “އެޑީ” ލެންގްޑަންގެ ފެންނަން ފެށުމުންނެވެ .ސީޒަން އެއް ދައްކާލިއިރު، ބްރެވަރ ބުނީ “އެޑެލޭޑް ކުޅުމުގެ އެންމެ އުނދަގޫ ބަޔަކީ އަބަދުވެސް މަންމައާއި މުޖުތަމައު ގަބޫލުކުރާ މީހެއްގެ ގޮތުގައި ނުދެކޭ މީހަކު ސިފަކުރަން ދަސްކުރުމެވެ. މިއީ އަހަންނަށް އާ ގޮންޖެހުމެއް”.ޝޯގައި މަސައްކަތް ފެށިފަހުން ބްރެވަރ ވަނީ ގިނަ އަދަދެއްގެ ޓީވީ ޝޯ & ފިލްމުތަކުގައި މަސައްކަތްކޮށް، މިހާރު ޕްރިންސެސް އޮރޯރާ ( ސްލީޕިންގ ބިއުޓީ) ގެ ރޯލު އަދާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާޓޭ ވެކްސެލްސަން - ލިޔުންތެރިއެއް
1982 ވަނަ އަހަރު ނޯވޭއަށް އުފަން މާޓޭ ވެކްސެލްސަން ގޮކްސޯޔަރަކީ ޕަބްލިކް ސްޕީކަރެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަމީހުންގެ އެކްޓިވިސްޓެކެވެ.އޭނާ އެންމެ މަޝްހޫރުވެފައިވަނީ ލިޔުންތެރިއެއްގެ ގޮތުގައި - ވަކިން ހާއްސަކޮށް ޑްރާމާ ލިޔުންތެރިއެއްގެ ގޮތުގަ އެވެ. އޭނާގެ އެންމެ މަޝްހޫރު މަސައްކަތަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އޮސްލޯގެ އެންމެ މަޝްހޫރު އެއް ތިއޭޓަރުގައި ޕާފޯމްކޮށްފައިވާ ސިންޑަރެލާގެ ވާހަކައިންނެވެ.ނޯވޭގެ އެކަޑަމީ އޮފް ލިޓަރޭޗަރ އެންޑް ފްރީޑަމް އޮފް އެކްސްޕްރެޝަން އިން ޖޯންސަން އެވޯރޑް ލިބުނު ފުރަތަ އަންހެނާއަށް ވީއިރު، އޭނާގެ ވަރޝަން ވެސް ބޭނުންކުރީ ބޮޑެތި މީހުންނާއި ކުޑަކުދިންގެ މެދުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު ގެންގުޅޭ ވިސްނުންތަކުގެ ތަފާތުތައް ދިރާސާކުރި ސައިންޓިފިކް ދިރާސާއެއްގެ އަސާސެއްގެ ގޮތުގައެވެ.
މެޑްލައިން ސްޓޫއާޓް- ސުޕަރމޮޑެލް
މެޑްލައިން ސްޓޫއާޓް އަކީ 1996 ވަނަ އަހަރު އޮސްޓްރޭލިއާއަށް އުފަން ޕްރޮފެޝަނަލް ސުޕަމޮޑެލްއެކެވެ. 2014 ވަނަ އަހަރު ބްރިސްބޭންގެ ފެޝަން ޝޯއެއްގައި ބައިވެރިވުމަށް ފަހު ސްޓޫއާޓް ވަނީ މޮޑެލްއަކަށް ވާން ބޭނުންވާ ކަމަށް ނިންމައި ތަމްރީނުތައް ފަށާފަ އެވެ. ޖެހިގެން އައި އަހަރު ސްޓޫއާޓްގެ މަންމަ އޮންލައިން ކެމްޕޭނެއް ފެށިއިރު، އެ ކެމްޕޭން ވަރަށް އަވަހަށް ކުރިއަރާ، ނަތީޖާއެއްގެ ގޮތުން ސްޓޫއާޓް އެއް ހަފްތާގެ ތެރޭގައި 2 ކޮންޓްރެކްޓެއްގައި ސޮއިކުރި އެވެ .ނިއުޔޯކް ފެޝަން ވީކް، ޕެރިސް ފެޝަން ވީކް، ލަންޑަން ފެޝަން ވީކް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އެކިއެކި ހަފްލާތަކާއި ޝޯތަކުގައި ވެސް ކުރިއަށް ގެންދެ އެވެ. ސްޓޫއާޓް ވަނީ ވޯގް އަދި ފޯބްސް އިން ވެސް ޕްރޮފައިލްކޮށް، ސްޕެޝަލް އޮލިމްޕިކްސް ޓްރައިއެތްލޮން ތިން ފަހަރު ފުރިހަމަކޮށްފަ އެވެ.
ޕަބްލޯ ޕިނޭޑާ- ބީއޭ ހާސިލްކޮށްފަ
ޕަބްލޯ ޕިނޭޑާ އަކީ ޑިޕްލޮމާ އިން ޓީޗިން އާއި އެޑިއުކޭޝަނަލް ސައިކޮލޮޖީ އިން ބީއޭ ފުރިހަމަކޮށްފައިވާ ޔުނިވާސިޓީ ޑިގްރީ ހާސިލްކުރި ޑައުން ސިންޑްރޯމްގެ ފުރަތަމަ ޔޫރަޕް މީހާގެ ގޮތުގައި އެންމެ މަޝްހޫރު އެކްޓަރެއް އަދި އެޑިއުކޭޓަރެކެވެ. 2009 ވަނަ އަހަރު ސެން ސެބަސްޓިއަން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ސިލްވަރ ޝެލް އެވޯޑް ހޯދީ ޑައުން ސިންޑްރޯމް ޖެހިގެން ޔުނިވާސިޓީ ނިންމާފައިވާ މީހަކާ ބެހޭ ފިލްމެއް ކަމަށްވާ ޔޯ ޓަމްބިއެން އިންނެވެ. އެ ނަން ކިޔުނު ނަމަވެސް، ހަގީގަތުގައި ސިލްވަރ ޝެލް އެވޯޑަކީ ދުނިޔޭގައި ބާއްވާ އެންމެ 14 ކެޓަގަރީ އޭ ފިލްމު ފެސްޓިވަލްގެ ތެރެއިން އެއް ފެސްޓިވަލް ކަމަށްވާ މި ފެސްޓިވަލްގެ އެކްޓިންގެ އެންމެ މަތީ އިނާމެވެ. އުފަން ރަށަށް އެނބުރި އައުމާއެކު ޕިނޭޑާއަށް ވަނީ ލޯކަލް މޭޔަރުގެ ފަރާތުން ޝީލްޑް އޮފް ދަ ސިޓީ ވެސް ހަދިޔާކޮށްފައެވެ .ޕިނޭޑާ އަކީ ދުނިޔޭގެ ޔުނިވާސިޓީތަކުގައި ގަވާއިދުން ގެސްޓް ސްޕީކަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، އެތައް ފޮތެއް ލިޔުއްވާފައިވާ، އަދި އޮންލައިންކޮށް ބަލާލުމަށް ޓެޑްޓޯކް ވެސް ހުންނަ ބޭފުޅެކެވެ.
ސުޖީތު ދޭސައި- މިއުޒީޝަނެއް
ސުޖީތު ދޭސައި އަކީ ނިއުޔޯކުގެ ބަފަލޯގެ މިއުޒީޝަނެކެވެ. ހައި ސްކޫލް ނިންމާފައި ވަނީ އޭގެ ދެ އަހަރު ފަހުން ބަރކްޝަޔަރ ހިލްސް މިއުޒިކް އެކަޑަމީން ޑިގްރީ ހާސިލް ކުރުމުގެ ކުރިން 4.3 ޖީޕީއޭ އިންނެވެ. ޖުމްލަކޮށް ބަލާއިރު ޑެސައިއަށް ކުޅެވޭނީ ހަތް ބާވަތެއްކަމަށްވާ ޕިއާނޯ، ވައިއަލިން، ބެރު، ބީބީ ކްލަރެނެޓް، ބޭސް ކްލަރެނެޓް، ޓްރަމްޕެޓް، އަދި ސެކްސޯފޯން އެވެ. އޭނާގެ ކާމިޔާބީތަކާ ބެހޭ ގޮތުން ދެ ޑޮކިއުމެންޓްރީއެއް ހަދާފައިވާއިރު، މުޅި އަހަރުތަކުގައި މީޑިއާގެ ބޮޑު ސަމާލުކަމެއް އޭނާއަށް ލިބިފައިވާއިރު، ދަ ވިއު، 20/20، ދަ އޮޕްރާ ވިންފްރީ ޝޯ ފަދަ ޝޯތަކުގެ އިތުރުން ވޯލް ސްޓްރީޓް ޖާނަލް އެންޑް ނިއުޔޯކް ޓައިމްސްގައި ވެސް އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ. މިހާތަނަށް އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 2015 ވަނަ އަހަރު ކާނޭޖީ ހޯލްގައި ދެއްކި ކުޅުމަށް ސްޓޭންޑިން އޯވޭޝަން ލިބުމެވެ. އެއީ އޭނާގެ މިއުޒިކަލް ގާބިލްކަމާ އެކު 2009 ވަނަ އަހަރުގެ ވިންޓާ ސްޕެޝަލް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ސޯލޯ ޕާފޯމަންސެއް ދިނުމަށް އޭނާ ހޮވި ސަބަބަކަށް ވެދާނެ އެވެ. މިހާރު އޭނާ ދިރިއުޅެނީ އޭނާގެ އަންހެނުން ކެރޮލީން އާއި އެކު ނިއުޔޯކުގައެވެ. މިހާރު އޭނާ ދަނީ ކާނޭޖީ ހޯލްގައި ދެވަނަ ޕާފޯމަންސެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން