އިންޑިއާގެ ބިހާރު ސްޓޭޓަށް ނިސްބަތްވާ ފިރިހެނެއްގެ ކައިވެނި ހޯމަ ދުވަހު ކުރުމަށް ހަމަޖެހުނު ނަމަވެސް އޭގެ ކުރިން ރޭ މަސްތުވެގެން ހުރުމުން އޭނާއަށް ހޭލެވުނީ ކައިވެނީގެ އަނެއް ދުވަހު ކަމަށްވާ އަންގާރަ ދުވަހު އެވެ.
ހޭލެވުނުއިރު އޭނާ އޮތީ އޭނާގެ އަނބިމީ ގޭގައެވެ. ހާލަތު ގޯސްވީ އަނބިމީހާ އެމީހާއާ ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ.
އަނބިމީހާ ބުނެފައިވަނީ ޒިންމާދާރުކަން ކުޑަ މީހަކާ ކައިވެނި ނުކުރެވޭނެ ކަމަށެވެ. ކައިވެނި ކުރުމަށް ދެކޮޅު ހެދުމުގެ އިތުރުން ކައިވެނީގެ ތައްޔާރީތަކަށާއި ޕާޓީއަށް ޚަރަދުކުރި ފައިސާ އަނބުރާ ދިނުމަށް އަންހެންމީހާގެ އާއިލާއިން ވަނީ އެދިފައެވެ.
ފިރިހެންމީހާގެ އާއިލާއިން ފައިސާ ދިނުމަށް ދެކޮޅު ހެދުމުން އަނބިމީހާގެ އާއިލާއިން ވަނީ ފިރިމީހާގެ އާއިލާ ރަހީނުކޮށްފަ އެވެ. ފަހުން ފުލުހުން އެތަނަށް ގޮސްވަނީ ހާލަތު ކޮންޓްރޯލް ކޮށްފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން