ގިނަފަހަރު މި ބުޅާ ފެންނަނީ ހުޅުވާފައި ހުންނަ ކުޑަ ލަކުޑި ފޮށްޓެއްގައި ރަޖާގަޑެއްގެ މަތިން ނެވެ. މިއީ އެބުޅަލުގެ ވެރިމީހާ ހަދާފައިވާ ފޮށިގަނޑެއް ކަމަށާއި، އެ ފޮށިގަނޑު ކަޒުބްސްކާ ގެމަގުގައި ބަހައްޓާފައި ހުންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. މިބުޅާ ދިރިއުޅޭ މިގެ، ވެފައިވަނީ ގޫގުލް މެޕްސްގައި ޝްޗެސިންގެ އެންމެ މަތީ ރޭޓިން ލިބޭ އެޓްރެކްޝަނަށެވެ.

"ގަސެކް އަކީ ބުޅަލުގެ ދުނިޔޭގެ ކިމް ކާޑޭޝިއަން،" ޝްޗެސިން ހުންނަ ހުޅަނގު ޕޮމެރޭނިއާ ސަރަހައްދުގެ ރަސްމީ ޓިކްޓޮކް އެކައުންޓް ގެ މެނޭޖަރު ކެރޮލީނާ ނޮވާކް ބުންޏެވެ. “ފަތުރުވެރިން އޭނާ ހޯދަން ފެށީ ހަމައެކަނި އިންޓަނެޓްގައި އޭނާއަށް މަގުބޫލުކަން ލިބުނީމަ.”

ޝްޗެސިންގެ ޓޫރިސްޓް އިންފޮމޭޝަން ސެންޓަރެއްގައި މަސައްކަތް ކުރާ ޒިމޮން މެކްސިމިއުކް ބުނީ ގަސެކް ބަލަން ދަތުރުކުރާ މީހުންގެ ވާހަކަތަކަކީ ‘މައިންޑްބްލޮއިންގ' ވާހަކަތަކެއް ކަމަށެވެ.

“ނޯވޭގެ ފިރިހެނަކު ޒިޔާރަތްކުރި. އޭނާ ބުނީ މިތަނަށް އައުމުގެ ނިންމުން ނިންމީ ގަސެކް ގެސަބަބުން ކަމަށް،” މަކްސިމިއުކް ބުންޏެވެ. “ގަސެކްގެ ސަބަބުން ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި، އަޅުގަނޑު ހީކުރިވަރަށްވުރެ މާ ބޮޑަށް އިތުރުވެފައި.”

ގަސެކް ބަލަން ބޭނުންވާ މީހުންގެ ތެރޭގައި މޮންގޯލިއާ އިން އައިސް ޖަރުމަނުގައި ދިރިއުޅޭ ތާރީޚު ކިޔަވާ ދަރިވަރު ޚެރްލެން ވެސް ހިމެނެ އެވެ.

“އަހަރެން މި ހޯދަނީ ގަސެކް ކިޔާ އެ ބުޅާ،” ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. “އުންމީދު ކުރަން ހޯދޭނެ ކަމަށް، ފަހަރެއްގައި މިއަދު، ނޫނީ މާދަމާ.”

ނަމަވެސް ޝްޗެސިންގެ ބައެއް ރައްޔިތުން ކަންބޮޑުވެ އެވެ. ޝްޗެސިން ސޮސައިޓީ ފޯ ދަ ކެއާ އޮފް އެނިމަލްސްގެ ނަރުހެއް ކަމަށްވާ މާޓާ ގްލޫޗޯވްސްކާ ބުނާ ގޮތުގައި ގަސެކް އަށް މީހުން ހުށަހަޅަނީ އެކަށީގެން ނުވާ ކާނާ އެވެ.

ގަސެކް އަކީ ޕޮލިޝް ސިޓީއަކަށް ފަތުރުވެރިންގެ ނަޒަރު ހުއްޓުނު ފުރަތަމަ ޖަނަވާރެއް ނޫނެވެ. 2021 ވަނަ އަހަރު ގޯލްޑަން ރިޓްރީވަރ އެއް ވެގެން ދިޔައީ ގޫގުލްގައި ގްޑަންސްކްގެ އެންމެ މަތީ ރޭޓިން ލިބިފައިވާ ފަތުރުވެރިންގެ އެޓްރެކްޝަނަށެވެ