ސިޔާސީ މީހުން އިންތިޚާބުކޮށް މުޖުތަމަޢަށް މަސައްކަތްކޮށް، ވެލްފެއާއަށް އަޅާލުމާއި، މައްސަލަތައް ހައްލުކުރެވޭނެ ސިޔާސަތުތަކާއި އިސްނެގުމެއް އެކުލަވާލުމުގެ މަސައްކަތް ދީފައިވީނަމަވެސް ނާކާމިޔާބުވުމުން އާންމުރައްޔިތުން ރުޅިގަދަވެ ކޮއްޓަކަށް ލައިގެން އަދަބުގެ ގޮތުގައި ކޯރެއްގެ ތެރެއަށްލައިފިއެވެ.

މިކަން ކުރީ އެމީހުންނަށް އަނިޔާއެއް ދިނުމުގެ ނިޔަތަކުނޫނެެވެ. ދަގަނޑުން ހަދާފައިވާ ކޮށި ތިރިކޮށްލަނީ ހަމައެކަނި ސިކުންތަކަށް ކަމަށާއި، މިއީ ސިޔާސީ މީހަކަށް އޭނާގެ ގޯސްކަންކަން ވިސްނޭނެ މަޖާ ގޮތެއްގެ ގޮތުގައި އެމީހުން ދެކޭ ކަމެކެވެ.

ޓްރެންޓޯގައި މި ރިޗުއަލްއަށް ކިޔަނީ ‘ޓޮންކާ’ އެވެ. އެއީ ކޮންމެ އަހަރަކު ޖޫން މަހުގެ ދެވަނަ ކުއާޓަރުގައި އެ ރަށުން ފާހަގަކުރާ ވިޖިލިއަން އުފާފާޅުކުރުމުގެ ބައެކެވެ.

މި އުފާފާޅުކުރުމުގެ ތެރޭގައި ބާއްވާ މައިގަނޑު އެއް ހަރަކާތަކީ ‘ދަ ކޯޓް އޮފް ޕެނިޓެންސް’ ކަމަށާއި، އެ ހަރަކާތުގައި ސިޔާސީ ބޭފުޅުންނާއި އެރަށުގެ މަޝްހޫރު މީހުން އަހަރެއްހާ ދުވަހުގެ ތެރޭގައި އަމިއްލައަށް ބަދުނާމުވެފައިވާ ކަމަށް ބުނެ ‘ޝަރީޢަތަށް’ ހުށައަޅާ އަދަބުދެއެވެ.

އެ އަދަބުތަކަކީ ވައުދުތައް ފުއްދައި ނުދެވޭ ލީޑަރުންނަށް މަލާމާތްކޮށް ލަދުގަންނަވަން ހަދާގޮތެކެވެ.

ޓޮންކާ ސަގާފީ ގޮތުން މިދުވަސް ބާއްވަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެމަހެއްގެ އެންމެ ފަހު ހުކުރު ދުވަހު އެވެ. މިކަން 2022 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހު ބާއްވާ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު އަލުން އިންތިޒާމް ކުަރަން ވަނީ ނިންމާފައެވެ.