ކޮންމެ ގުޅުމެއްގައިވެސް ވަކި މައްސަލަތަކެއް ހުރި ނަމަވެސް ބައެއް މީހުންގެ މައްސަލަތައް ހައްލުކުރަން އަނެއް ބަޔަކަށް ވުރެ މާ އުނދަގޫ ވެއެވެ.
ފިރިހެނަކު ވަނީ އޭނާގެ ލޯބިވެރިޔާއަށް އެލާޖިކް ވާ ކަމަށް ގަބޫލުކޮށްދީފައެވެ. ސަބަބަކީ އަންހެންމީހާއާ ބައްދަލުވުމުން އެމީހާގެ ގައިގައި ނަގާ ރަތްކުލައިގެ ރޭޝްތަކެވެ.
އެދެމީހުން ގިނަ ސްޕެޝަލިސްޓުންނަށް ދައްކާ އެތައް ހާސް ރުފިޔާއެއް ޚަރަދުކޮށް، ގުނާ ނުލެވޭ އެލާޖީ ޓެސްޓްތަކެއް ހެދި ނަމަވެސް ނަތީޖާތަކުން ދައްކާ ގޮތުގައި އޭނާ އަކީ އެއްވެސް ކަމަކަށް ހައިޕަރސެންސިޓިވް މީހެއް ނޫނެވެ.
ސެލޫނެއްގައި ބޯދޮންނަ މީހެއްގެ ގޮތުގައި މަސައްކަތްކުރާ އޭނާގެ ބައިވެރިޔާ ވަނީ އިސްތަށިގަނޑަށް ބޭނުންވާ ތަކެތި ބޭނުންކުރުމާއި މޭކަޕް ކުރުމާއި ސެންޓު ބޭނުންކުރުން ހުއްޓާލައި، އެއީ އޭނާ ނޫންކަން ސާބިތުކޮށްދިނުމަށް ދަތްއުނގުޅާ ބުރުހާއި ފެންވަރަން ބޭނުންކުރާ ސާމާނު ވެސް ބަދަލުކޮށްފަ އެވެ.
އެކަމަކު އޭނާގެ ލޯބިވެރިޔާ ވަނީ އެލަރޖިކްވަނީ އެއަންހެންމީހާއަށްކަމަސް ބުނެ އޭނާއާ ވާހަކަ ދެއްކުން ހުއްޓާލާފައެވެ.
އަންހެންމީހާ ކިޔައިދިން ގޮތުގައި ކޮންމެ ފަހަރަކު ވެސް ގައިގައި ބިހިނަގާ ރޭޝް އުފެދޭއިރަށް ފިރިހެންމީހާ 'ޕެރަނޮއިޑް'ވެ ރުޅިގަދަވެ ބިރުން ތެޅިފޮޅެން ފަށާކަމަށެވެ.
"ގުނާ ނުލެވޭ އެލާޖީ ޓެސްޓްތަކާއި ސްޕެޝަލިސްޓުންނާ އެކު ހޭދަކުރި ހާސް ޓެސްޓްތަކަށް ފަހު، މިކަން މެދުވެރިވަނީ ކޮން ސަބަބަކާ ހުރެތޯ އަދިވެސް އަޅުގަނޑުމެންނަށް ޖަވާބެއް ނުލިބޭ،" އަންހެންމީހާ ބުންޏެވެ.
މިކަމުގައި ހިޔާލު ހޯދުމަށް އަންހެންމީހާ "ރެޑްއިޓް" ގައި މިކަން ހިއްސާކޮށް މީހުންގެ ހިޔާލު ހޯދުމުން ގިނަމީހުން ބުނެފައިވަނީ އަވަހަށް ފިރިހެންމީހާ ކައިރިން ދުރަށް ދިއުމަށެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން