ހަވާ ބޭނުންކޮށްގެން ސްޓަންޓެއް ހަދަން މަސައްކަތް ކުރި މީހެއްގެ ފޫކޮޅުގައި ރޯވެ، ވަރަށް ބޮޑަށް ފިހިގެން ވަނީ ފަރުވާދީފައެވެ.

އޮސްޓްރޭލިއާ އަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ މިމީހާއަށް ހަވާގެ ސަބަބުން ބޮޑު އަނިޔާއެއް ލިބެން މެދުވެރިވީ އޭނާ ނުރައްކާތެރި ގޮތަކަށް ހަވާ އަރުވަން މަސައްކަތް ކުރުމުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހާއަށް ލިބުނު އަނިޔާގެތެރޭގައި އޭނާގެ ފުރަގަސްފަރާތުގެ ބޮޑުބައެއްފިހި ކަނާތުގެ ތިންއިނގިލި ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. މިކަން ހިނގާފައިވަނީ އެކުވެރިންނާއެކު ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ. 

ފުލުހުން ބުނެފައިވަނީ އަމިއްލަފަރާތްތަކުން މިފަދަ ގޮތްގޮތަށް ބަޑިބޭހުގެ ސާމާނު ބޭނުންކުރުމަކީ ބޮޑުއަދަދަކުން ޖޫރިމަނާ ކުރެވޭކަމެއްކަމުގައެވެ. އަދި ހަވާގެ ނުރައްކާތެރިކަން ނޭނގި މިފަދަ ތަކެތި ބޭނުންކުރުމުން ވަރަށް ގިނަ ހިތާމަވެރި ހާދިސާ ކުރިމަތިވާކަމުގައި ފުލުހުން ފާހަގަކުރިއެވެ.

ރާއްޖޭގައިވެސް ތަފާތު މުނާސަބަތުތަކުގައި ހަވާއެރުވުމަކީ އާންމުކަމެކެވެ . ނަމަވެސް ރާއްޖޭގައި ހަވާ އަރުވަނީ އެކަމުގެ ތަޖުރިބާލިބިފައިވާ ފުލުހުންނެވެ.