އޮފިސަރ އޭޝްލީ ކާސަންގެ ނަމުން މަޝްހޫރު މިމުސަޅަކީ މިދިޔަ އަހަރު ކެލިފޯނިއާގެ ޔޫބާ ސިޓީގެ ޕާސީ އެވޭނިއުގެ މެދުތެރެއިން ގެއްލިގެން އުޅެނިކޮށް ފެނިފައިވާ މުސަޅެކެވެ..

ކާސަން ކިއާ މީހާކަަށް މުސަޅުފެނުމުން ޕޮލިސް ސްޓޭޝަނަށް ގޮސް މުސަޅު އެނިމަލް ކޮންޓްރޯލާ ހަވާލުކުރިއިރު، އެމުސަޅާއި ހަވާލުވާނެ އެއްވެސް މީހަކު ނުފެނުނެވެ.

އެހެންކަމުން ޕޮލިސް ސަރވިސްގެ އެނަލިސްޓަކުވަނީ މި މުސަޅަށް ޕާސީގެ ނަން ދީފަ އެވެ.

ސެކްރެމެންޓޯގެ އުތުރުން ގާތްގަނޑަކަށް 40 މޭލު (64.37 ކިލޯމީޓަރު) ދުރުގައި އޮންނަ ޔޫބާ ސިޓީ ޕޮލިސް ޑިޕާޓްމަންޓުން ވަނީ ދުވަސްކޮޅެއް ކުރިން މިމުސަޅަށް ޕޮލިހުން މަގާމެއްދީ "ވެލްނަސް އޮފިސަރ" ގެ ރޭންކަށް ޕްރޮމޯޓް ކުރިކަން އިއުލާންކޮށްފަ އެވެ.

"އޮފިސަރު ޕާސީ ދުވާލު ވަގުތު ޕޮލިސް ޑިޕާޓްމަންޓުގައި އުޅޭއިރު މިމުސަޅަކީ އެންމެނާއި ގުޅިގެން އުޅޭ މުސަޅެއްކަމުގައި އެ ޑިޕާޓްމަންޓުން ބުދަ ދުވަހު ފޭސްބުކްގައި ލިޔެފައިވެ އެވެ.