ބަލްގޭރިއާގެ އުޓްރޮބާ ހޮހަޅައަކީ މީގެ 3000 އަހަރު ކުރިން އިންސާނުން އަތުން ކޮނެގެން ހަދާފައިވާ ހޮހަޅައެކެވެ.
ކާރުޒާލީ ސިޓީއާ 20 ކިލޯމީޓަރު ދުރުގައި އިލިނިޓްސާ އަވަށު ކައިރީގައި އޮންނަ މި ހޮހަޅައަކީ މީލާދީން 480 ވަނަ އަހަރުގެ ހޮހަޅައެކެވެ. އަދި އެތަނަށް "ދަ ކޭވް ވޮމްބް" ނުވަތަ "ވޮމްބް ކޭވް" ގެ ނަމުން ވެސް ނަންދެވިފައިވަނީ އެތަނަށް ވަދެވޭ ތަން ވުލްވާއެއްގެ ބައްޓަމަށް ވާތީ އެވެ. ހޮހަޅައިގެ އެތެރޭގެ ބައްޓަން ހުންނަނީ ރަހިމެއް ގޮތަށެވެ. އެ އަވަށު މީހުން ކިޔަނީ "ދަ ބްލެރިން ރޮކް" އެވެ.
ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ހޮހަޅައަށް ވަންނަ ދޮރަކީ ހިމަކޮށް ރޮނގެއްހެން ހުޅުވިފައިވާ ތަނެއް ކަމަށާއި، އޭގެ ފަހުން އިންސާނުން ވަނީ އެ ހޮހަޅަ ފުޅާކޮށްފަ އެވެ. ހޮހަޅައަށް ވަންނަ ދޮރުގެ އުސްމިނަކީ 3 މީޓަރު (9.8 ފޫޓު) އަދި ފުޅާމިނަކީ 2.50 މީޓަރު (8.2 ފޫޓު) ކަމަށާއި ހޮހަޅައިގެ އެތެރޭގައި 1.3 މީޓަރު (4.3 ފޫޓު) އުސްމިނުގެ ހުރެއެވެ.
އާކިއޮލޮޖިސްޓް ނިކޮލައި އޮވްޗަރޯވް ގަބޫލުކުރާ ގޮތުގައި މި ހޮހަޅަ އާއި ހޮހަޅައިގައި ހަދާފައިވާ ޤުރުބާންކުރާ ތަނަކީ ތްރެޝިއަން މީހުން ބޭނުންކުރި ތަނެކެވެ. އޮވްޗަރޯވް ގަބޫލުކުރާ ގޮތުގައި އެއީ ތްރެސިއަންސް ގެ ދަރިމައިވުމުގެ ޒިޔާރަތެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. ތްރެސިއަނުންގެ "ކަލްޓް" ތަންތަން އާންމުކޮށް ހުންނަނީ ފަރުބަދަތަކުގެ މަތީގައި ކަމަށާއި އެތަންތަނުގައި ކޯރުތައް ހުންނަ ކަމަށެވެ. އަދި ހޮހަޅައިން ފެށިގެން ފަރުބަދަތަކުގެ ތެރެއަށް ދަތުރުކުރާ އުޓްރޯބާ ހޮހަޅައިގައި ވެސް މެދުނުކެނޑި ފެން އޮހޮރެ އެވެ.
އެންމެ ކުރީޒަމާނުން ފެށިގެން ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުން މި ހޮހަޅައަށް ޒިޔާރާތް ކުރާފަދައިން މިހާރުވެސް ދަރިމައިވުމުގެ މައްސަލަތައް ހައްލުވާކަމަށް ޤަބޫލުކޮށް ގިނަބަޔަކު މި ހޮހަޅައަށް ޒިޔާރާތް ކުރެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން