ދިވެހި ފިރިހެނަކު ކައިވެނި ކުރުމަށް ދޮން ފަލަ ރީތި އަންހެނަކު ހޯދުމަށް އިޢުލާން ކޮށްފިއެވެ. އަތޮޅާއި ރަށް ސިއްރުކޮށްފައިވާ މިމީހާ އަކީ އުމުރުން 37 އަހަރުގެ މީހެކެވެ.

މަހަކު އެއްލައްކަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭ މި މީހާ ވަނީ ކައިވެނިކޮށްގެން ދިރިއުޅެން ބޭނުންވަނީ އަހަރަކު ޤައުމެއްގައި ކަން ހާމަކޮށްފައެވެ.

އެހެންކަމުން މިއީ ދުނިޔެ ބަލާލަން ބޭނުންވާ ކުދިންނަށް ރަނގަޅު ފުރުސަތެއް ކަމަށް ބެލެވެއެވެ. އަހަރަކު ޤައުމެއްގައި ދިރިއުޅެންލިބުމަކީ ވަރަށް މަދުމީހަކަށް ލިބޭނެ ނަސީބެކެވެ. މީގެއިތުރުން، ގިނަ ކަންކަން އަދި ގިނަ ޤައުމުތަކެއްގެ ސަޤާފަތް ތަޖުރިބާ ކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ.

މިމިހާ ކައިވެނި ކުރަން ބޭނުންންވަނީ ގްރޭޑް 10 އެއްގެ ތައުލީމީ ފެންވަރުހުރި ދޮން، ފަލަ، ލޯބިން އުޅޭ އަންހެނެކެވެ. އަދި އަންހެން މީހާއަކީ މޭކަޕް ނުކޮށް ހުންނައިރުވެސް ރީތި އަންހެނަކަށް ވާންވާނެކަން ވަނީ ޝަރުތުކޮށްފައެވެ.

މިޒަމާނުގެ ގިނަ އަންހެން ކުދިންނަކީ މޭކަޕްކުރުމަށް ލޯބިކުރާ ތަފާތު ސްޓައިލްތައް ގެންގުޅޭ ކުދިންނެވެ. މޭކަޕްގެ ސަބަބުން ބައެއް މީހުންނަށް އަސްލު ސިފަ އޮޅޭވަރަށްވެސް ކުދިން މޭކަޕް ކޮށްފަ ހުންނަ ހުރުމުގެ ސަބަބުން މިފަދަ ޝަރުތެއް އޮތުމަކީ ރަނގަޅު ކަމެއްކަމަށް ފާހަގަ ކުރެވެއެވެ.

އެހެންކަމުން މި ޝަރުތުތައް ފުރިހަމަވާ މީހަކަށްވެފައި އަހަރަކު ޤައުމެއްގައި ދިރިއުޅުން ތަޖުރިބާކުރަން ބޭނުންވާ ބޭފުޅުން މިފުރުސަތުގެ ބޭޞުން އަވަހަށް ނަންގަވާށެވެ.