މި އަހަރުގެ ކުރީކޮޅު ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސިފަ ރީތިކަމަށް ހީކުރާ މީހުން ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކު އެޅުމުގެ ފުރުސަތު ކުޑަވެ އެވެ.

ދިރާސާވެރިން 1،030 ބައިވެރިންގެ ކިބައިން އެދުނީ އެމީހުން އަމިއްލައަށް މާސްކު އަޅަން ޝައުގުވެރިވޭތޯ އަދި މާސްކް އެޅުމުގެ ފުރުސަތު ކިހާވަރެއް ކަމާއި، ވަޒީފާގެ އިންޓަވިއު ނުވަތަ ހިނގާލަންދިއުން ފަދަ ވަކި ހާލަތްތަކުން މާސްކް އެޅުމަށް ޝައުގުވެރިވާ މިންވަރު ބުނުމަށެވެ.

މީހަކު އަމިއްލައަށް ރީތިކަމަށް ޤަބޫލުކުރާ ވަރަކަށް މާސްކު އެޅުމުގެ ފުރުސަތު ކުޑަވެގެން ދިޔައީ އެ މާސްކުގެ ސަބަބުން ރީތިކަން ކުޑަވެގެންދާ ކަމަށް ހީކޮށްގެންނެވެ.

އަދި އޭގެ އިދިކޮޅަށް، ޖެނުއަރީ މަހުގެ ފަހުކޮޅު ޝާއިއުކުރި ފްރޮންޓިއަރސް އޮފް ސައިކޮލޮޖީ ޖާނަލްގައި ކުރި ދިރާސާއިން ދައްކާ ގޮތުގައި، މީހުން ރީތިނޫން ކަމަށް ޤަބޫލްކުރާ ވަރަކަށް މާސްކް އެޅުމުގެ ފުރުސަތު ބޮޑުވެ އެވެ.

ރީތިކަމަށް ޤަބޫލުކުރި މީހުން ބޭނުންވީ ރައްކާތެރިކަމަށް ވުރެން ބޮޑަށް މާސްކުގެ ސަބަބުން އެމީހުންގެ ސިފަ އަށް އަތުވެދާނެ ބަދަލަކަށެވެ.