ނަރުހުންގެ ކިބައިގައި ގުދުރަތީ ގޮތުން އުފާވެރި ކައިވެންޏެއްގައި ކޮންމެހެން ހުންނަންޖެހޭ އޯގާތެރިކަމާ އަޅާލުމުގެ ސިފަތަކެއް ހުރެއެވެ. މަސައްކަތުގައި ވިޔަސް ގޭގައި ވިޔަސް ނަރުހުން މީހުންގެ ދިރިއުޅުން އުޖާލާކޮށްދެއެވެ. މަސައްކަތުގައި އެމީހުން ބަލިމީހުންނާއި އަޅާލުން ބަހައްޓާގޮތަށް އާންމު ދިރިއުޅުމުގައިވެސް މީހުންނަށް އަޅާލުމަކީ ގޭގައި ލިބޭ ވަރަށް ބޮޑު ބޯނަސްއެކެވެ.

ނަރުހަކަށް ވުމަކީ ގިނަ ފަހަރަށް މީހުން ޝުކުރުވެރިވުންނެތް ވަޒީފާއެކެވެ. އެމީހުންގެ މެޑިކަލް ކެޕޭސިޓީން ފެށިގެން އެމީހުންގެ އިމޯޝަނަލް ސަޕޯޓާ ހަމައަށް ނަރުހުންނަކީ ތިމާގެ ދިރިއުޅުން ހިއްސާ ކުރަން ހުރިހާ ގޮތަކުން ވެސް ރަނގަޅުބައެކެވެ.

މުޅި ދުނިޔޭގައި ނަރުހުން އުނދަގޫ ހާލަތްތަކުގައި މަސައްކަތް ކުރަނީ ވޭނުގައި އުޅޭމީހުންނަށް އޯގާތެރިކަމާއި އަޅާލުން ފޯރުކޮށްދީގެންނެވެ. މިކަމަށް ބޭނުންވަނީ ބަލިމީހާގެ ހާސްކަން ފިލުވާލަދޭން ބަލިމީހާ ކައިރީގައި މޮޅު ގޮތެއް ހެދުމާއި، މަޑުމައިތިރިކަމާއެކު ބަލިމީހުންނަށް ރަނގަޅުވާނެކަމުގެ ޔަގީންކަން ދިނުމެވެ. މީހެއްގެ ވާހަކަ އަޑުއަހާ، ލުއިފަސޭހަ ގޮތަކަށް ބެހެއްޓޭނެ ކަމުގެ ޤާބިލުކަމަކީ، ޚާއްޞަކޮށް ކައިވެނިކޮށްގެން އުޅޭއިރު، މުހިއްމު އިޖުތިމާޢީ ހުނަރެކެވެ.

ވަރިއާބެހޭ ވަކީލު ޖޭމްސް ސެކްސްޓަން ވިދާޅުވާ ގޮތުގައި ކައިވެނި ދެމެހެއްޓުމަށް މުވާސަލާތު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ހާއްސަކޮށް ވިސްނުންތެރިކަމާއެކު މުއާމަލާތް ކުރުމަކީ މުހިންމު ކަމެކެވެ. މަޝްވަރާއަށް ހުޅުވާލެވިފައިވާ ކަމާއި އަހަރެމެންގެ ޖަޒުބާތުތައް މުއާމަލާތު ކުރުމަށްޓަކައި ޖޭމްސް ސެކްސްޓަން ލަފާދެއްވަނީ އަހަރެމެން ވާހަކަ ދައްކާނެ ގޮތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ފަދައިން ޑޮކްޓަރުންނާއި ނަރުހުންނަކީ ދުވަހަކުވެސް ނިމުމެއް ނެތް ވޯކް ޝިފްޓްތަކެއް ހުންނަ އަދި އެހެން މީހުންނަށް އަޅާލަމުން ފައިމައްޗަށް ތެދުވެ، ވަރުބަލިކަމެއް ނެތި މަސަތްކަތްކުރާ ބައެކެވެ. މާނައަކީ އެމީހުންގެ ކިބައިގައި އަޖައިބު ކުރުވަނިވި މަސައްކަތުގެ އަޚްލާޤެއް ހުރުމެވެ.ކައިވެނީގެ ތެރޭގައި މިކަން މުހިންމުވަނީ މާލީ ބަޖެޓުން ފެށިގެން ގޭތެރޭގެ މަސައްކަތްތަކާ ހަމައަށް ފައިދާހުރި ޕްލޭނިންގ އާއި މެނޭޖްމަންޓް ހުނަރު ނަރުހުންގެ ހުރެއެވެ. އެހެންކަމުން މިހުރިހާ ކަންތައްތަކަށް ބަލާއިރު ނަރުހުންނަކީ ހަޔާތުގެ ބައިވެރިއަކަށް ހޯދަން ރަނގަޅު ބައެއްކަން ކޯންވެލް ޔުނިވަރސިޓީގެ ދިރާސާއިން ވަނީ އެނގިފައެވެ.