ދެކުނު އެފްރިކާގެ އަންހެނަކު އޭނާގެ ކައިވެނި ރޫޅި ވަރިވިތާ ހަތަރު އަހަރު ފަހުން އޭނާގެ ކައިވެނީގެ ފޮޓޯގްރާފަރ އަށް ގުޅީ އާދަޔާ ހިލާފު އެދުމަކާ އެކުގަ އެވެ. އެ އަންހެން މީހާ ވަނީ ވަރި ސަބަބެއްގެ ގޮތުގައި ދައްކައި ރިފަންޑް ހޯދުމަށް ޑިމާންޑްކޮށްފަ އެވެ. ފޮޓޯގްރާފަރާއި އަންހެން މީހާއާ ދެމެދު ހިނގާފައިވާ ވަޓްސްއެޕް ޗެޓެއް މިހާރު އިންޓަނެޓްގައި ވައިރަލް ވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ފޮޓޯގްރާފަރ ލާންސް ފުރަތަމަ ހީކުރީ އެއީ މީހަކުކުރާ ސަމާސާއެއްކަމަށް ށެވެ.ނަމަވެސް ފަހުން އޭނާއަށް އެ އަންހެންމީހާ ސީރިއަސްކަން އެނގި އަންއެންމީހާ ގަބޫލުކުރީ މިހާރު ވަރިވެފައިވާތީ 'ރިފަންޑްގެ ހައްގު' ކަމަށްކަން އެނގުނެވެ.ނަމަވެސް ފޮޓޯގްރާފަރު ވަނީ އޭނާގެ އާދަޔާ ހިލާފު އެދުމަށް ދެކޮޅު ހަދާފައެވެ.

އެ ސްކްރީންޝޮޓުގައި އެ އަންހެންމީހާ ބުނަނީ "މިހާރު އަހަރެންގެ މަތިން ހަނދާން ހުރި ކަމެއް ނޭނގެ. 2019 ވަނަ އަހަރު ޑަރބަންގައި އަހަރެންގެ ކައިވެނީގައި ފޮޓޯ ޝޫޓެއް ކޮށްދިން" ކަމަށެވެ. އިތުރަށް ލިޔެފައިވަނީ "އަހަރެން މިހާރު ވަރިވެފައިވާތީ، އަދި އެ ތަސްވީރުތައް - އަހަރެންނާއި އަހަރެންގެ ކުރީގެ ފިރިމީހާއަށް އިތުރަށް ބޭނުން ނުވާނެ. އެކައިވެނީގަ ނެގި ފޮޓޯތަކަކީ ކުރި މޮޅު މަސައްކަތެއް، އެކަމަކު މިހާރު ވަރިވެފައިވާތީ އެ ތަސްވީރުތައް ބޭކާރުވެގެން ދިޔައީ. ނަމަވެސް މިހާރު ވަރިވެފައިވާތީ އަޅުގަނޑުމެން ދެއްކި ލާރީ އަނބުރާދެއްވާ"

ފުރަތަމަ ފޮޓޯގްރާފަރު ހީކުރީ އޭނާއަށް މީހަކު ޕްރޭންކެއް ހަދަނީކަމަށެވެ. އެކަމަކު ފަހުން އޭނަ ސީރިއަސް ވެގެން އުޅޭކަން އެނގުމުން އިޙްތިރާމާއެކު ދެކޮޅު ހެދިއެވެ. އެކަމަކު އެ އަންހެންމީހާ އެއްވެސް ވަރަކަށް ހަމަ ނުޖެހުނެވެ. އަންހެންމީހާ ވަކީލުން ޝާމިލް ކުރަން ނިންމީ ޖުމްލަ ފީގެ ތެރެއިން މަދުވެގެން 70 ޕަސެންޓް ރިފަންޑް ލިބޭނެ ގޮތެއްހެދުމަށެވެ.

އަދި އެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޝަޚުޞީ ގޮތުން ބައްދަލު ކުރުމަށް ވެސް އަންހެން މީހާ އެދުނު ނަމަވެސް ފޮޓޯގްރާފަރު ނޫނެކޭ ބުނެ ވަކީލުންނާ ގުޅުމަށް އެދުނެވެ.