ެެތިމާއަށް ވުރެން އަނެކާއަކީ ދަށްމީހެއްކަން ހީކުރުމާއި އެހެންމީހުން ކުޑައިމީސްކުރުމަކީ ބައެއް މީހުންގެ ގައިގައި ހުންނަ ނުރަނގަޅު ސިފައެކެވެ. މިކަމުގެ ސަބަބުން  މުޖުތަމަޢުތެރޭގައި އާއިލާ ތެރޭގައި އަދި ސްކޫލްތަކާއި އޮފީސް ތަކުގައިވެސް ބޮޑެތި މައްސަލަކުރިމަތިވެއެވެ. ކިތައްމެ މޮޅު ތަޢުލީމެއް ލިބިފައި ހުރިނަމަވެސް އަނެކާގެ އިޚްސާސްތަކަށް އިހުތިރާމް ކުރަން ނޭގޭ މީހަކަށް ވުރެން ޖާހިލް މީހެއް ނުހުންނާއެވެ. އެހެން މީހުން ކުޑައިމީސް ކުރާ މީހުންނަކީ އާންމުކޮށް އެމީހުންގެ އަމިއްލަ ނަފްސަށް އިހްތިރާމް ދަށްވެފައިވާ ކަމަސް ޤަބޫލްކުރާ މީހުންނެވެ.އަމިއްލަ ނަފްސަށް އިޙްތިރާމް ދަށްވުމަކީ މީހުން އެހެން މީހުން ކުޑަކޮށްލާ އާންމު ސަބަބެކެވެ. އަމިއްލަ ނަފްސަށް އިތުބާރު ނެތުމާއި އަމިއްލަ ނަފްސަށް ލޯބިވުނެތުމަކީ ވެސް އަމިއްލަ ނަފްސަށް އިޙްތިރާމް ދަށްވާ އާންމު ސަބަބުތަކެކެވެ.އަމިއްލަ ނަފްސުގެ އިޙްތިރާމް ދަށްވުމުން އެހެން މީހުން ކުޑަކޮށްލާ މީހުންނަށް ގިނަ ފަހަރަށް ނޭނގެނީ އެމީހުންގެ ސުލޫކަކީ އަނެކާއަށް ވެވޭ އަނިޔާވެރި ކަމެއް ކަމެވެ.

ކުޑައިރުގެ ބިރުދައްކައި ނުވަތަ ގޭގައި އަނިޔާކުރުން ފަދަ މާޒީގައި ޓްރޮމާއެއް ކުރިމަތިވެފައިވާނަމަ މިކަން ކުރުމުގެ ފުރުސަތު ބޮޑަށް އޮވެއެވެ. އެމީހުން ނަސް ޤަބޫލުކުރެވިފައި އޮންނަނީ އެމޙާ އެމަލާމާތް ކުރާ މީހަކީ ނުވަތަ ކުޑަކޮށްލާ މީހާއަކީ އެކަން ހައްޤުމީހެއް ކަމަށެވެ.

އެމީހުންނަށް ވުރެން އެހެން މީހުންނަކީ ދަށުދަރަޖައިގެ ބައެއް ކަމުގެ އިޙްސާސް އެފަދަ މީހުންނަށް ކުރެވެއެވެ. އަދި ހުރިހާ ކަމެއް އެނގޭ ދަންނަ މޮޅުމީހުންނަކީ އެމީހުން ކަމަށް އަމިއްލަ ނަފްސަށް ޤަބޫލުކުރާކުރުމުގައި ދެންހުންނަ މީހާއަކީ އެއްވެސް އާރެއް ބާރެއް ނެތް ކަންކަން ނޭގޭ މީހެއް ކަމުގައި ނިންމައެވެ. އެފަދަ މީހުންގެ ނަފްސު އަމިއްލައަށް ރަނގަޅުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެހެންމީހުން ދަށްކޮށްލުމަށް އެމީހުން އަބަދުވެސް މަސައްކަތް ކުރެއެވެ.މިއީ ދުނިޔޭގައި ވަރަށް އާންމު ކަމެއް ނަމަވެސް އެކަމުން ދުރުހެލިވެވޭނީ އެހެން މީހުން ރަނގަޅު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ފުރަތަމަ އަމިއްލަ ނަފްސު ބަދަލުކުރަން މަސައްކަތް ކޮށްގެންނެވެ.

ގިނަ މީހުން އެހެންމީހުންނަކީ ދަށުދަރަޖައިގެ ބައެއްކަން  އިހުސާސް ކުރުވަނީ ރައްޓެހިން ނުވަތަ އާއިލާގެ މެމްބަރުން އެމީހުންން ގެ ރަނގަޅުނޫން ކަންކަން ފާހަގަ ކޮށް އެމީހާގެ ނާގާބިލްކަން ފޮރުވަންވެގެންނެވެ. އެހެންކަމުން އެމީހުން ބަލަނީ އެހެން މީހުންގެ ކުށްހޯދާ ނުބައި ގޮތަކަށް ދައްކާ އެމީހުންނަށް އިތުރަށް ފާޑުކިޔާނެ ސަބަބެއް ނެތް ގޮތަށް އަނެކާ ކުޑަކޮށްލުމަށެވެ. ނަފްސުގެ ރައްކާތެރިކަމުގެ އިހުސާސް ނެތް މީހުން އަމިއްލަ ނަފްސާއި މެދު މާ ބޮޑަށް ނުވިސްނާތީ، އެހެން މީހުން ބޭނުންކޮށްގެން އަމިއްލައަށް ރަނގަޅު އިހުސާސެއް ކުރުމުގެ މަސައްކަތް ކުރެއެވެ.

އެމީހުން އެހެން މީހުން ދަށްކޮށްލަނީ އެކަމުގެ ސަބަބުން އެމީހުންނަށް ބާރުގަދަވެ ކޮންޓްރޯލް ކުރެވޭ ކަމުގެ އިހުސާސް ކުރެވޭތީ ކަމަށް ވެދާނެ ނަމަވެސް އެއީ ނަފްސަށް ރައްކާތެރިކަން ނެތް މީހުން ސަމާލުކަން ދުރުކުރަންވެސް ކޮށްއުޅޭ ކަމެކެވެ.

މިއީ ޚާއްޞަކޮށް އެހެން މީހުން ކުޑަކޮށްލާ މީހާގެ އަމިއްލަ ނަފްސުގެ އިޙްތިރާމް ދަށްވެ، ގިނަ ފަހަރަށް ވަށައިގެން ތިބި މީހުންގެ ފަރާތުން ދެކޮޅު ނުވަތަ ނުރުހުން ކުރިމަތިވާ ވަގުތުތަކުގައި އާންމު ކަމެކެވެ.

ބައެއް މީހުންނަށް އެހެން މީހުންގެ ކާމިޔާބީން އެމީހާއަށް ނުރައްކާވާ ކަމުގެ އިހުސާސް ކުރެވެނީ އެމީހުންގެ ކާމިޔާބީތަކަށް ހަސަދަވެރިވެ، އަލުން އަމިއްލައަށް ރަނގަޅު އިހުސާސެއް ކުރެވޭތޯ އެކަންކަން ފަސްއަޅަން ބޭނުންވާތީވެސް އެނެކާ ދަށްކޮށްލައެވެ.

މިސާލަކަށް : ތިދެން މާ މޮޅުމީހެއްތަ ، ތީވާނެ ކަމެއް ނޫން ފަދަ ބަސްބަހުން އަނެކާ ކުޑައިމީސްކުރެއެވެ.ބައެއްމީހުންނަށް އެމީހަކަށް ވުރެން އެހެން މީހަކު ރީތިވުން ، މޮޅުވުން މުވަތަ އެމީހާގެ ގައިގާވާ ހުނަރެއް ނުވަތަ މުދަލެއްގެ ސަބަބުން ވެސް މިފަދަ އިހުސާސް ކުރެވިގެން އަނެކާ ނިކަމެތިކޮށްލުމަށް މަސައްކަތް ކުރެއެވެ.

މީހަކު އަނެކަކު ކުޑަކޮށްލާތަން ނުވަތަ ކުޑައިމީސް ކުރާ އިރު ގިނަ ފަހަރަށް އެއީ އެމީހަކު އަމިއްލައަށް އެހެން މީހުން ކުރިމަތީ ކުޑަވެގެންދަނީއެވެ. އެމީހުންގެ ބަލިކަށިކަމާއި ރައްކާތެރިކަން ނެތް ކަންކަމުން ވިސްނުން ފޭރިގަންނަނީ އަމިއްލަ ނަފްސާއި އެމީހުންގެ ހާލަތު ރަނގަޅު ކުރުމަށެވެ.

އެމީހުންގެ އިޙްސާސްތަކުގައި އެކަނި ނުތިބުމަކީ އެމީހުންނަށް އެކަހެރިވެ، އަމިއްލަ ނަފްސާއި އިޙްސާސް ކުރެވޭ ކަންކަމާމެދު ލަދުވެތިކަން ކުޑަވެގެންދާނެ ކަމެކެވެ. އެއީ އެމީހުންގެ މައްސަލަތައް ހަގީގަތުގައި ހައްލު ނުކޮށް އެކަންކަމާ އެމީހުން ކުރިމަތިލާނެ ގޮތެކެވެ.

އެމީހުންނަށް އަނެކާގެ އިހުސާސްތައް އަންދާޒާ އެއް ނުކުރެވޭނެއެވެ. އެމީހާގެ ބަސްތަކުން އަނެއް މީހާއަށް ކޮށްފާނެ ނޭދެވޭ އަސަރު އިހުސާސް ކުރުމުގެ ޤާބިލުކަމެއް ނުހުންނާނެއެވެ.

ހަނދާން ކުރަންވީކަމަކީ މިފަދަ ސުލޫކުތަކަކީ ދުވަހަކުވެސް ބަލައިގަނެވޭނެ ސުލޫކުތަކެއް ނޫންކަމާއި އަދި އެއްވެސް މީހަކަށް ހައްގުވާ ސުލޫކުތަކެއް ނޫންކަމެވެ. އެކަމަކު މި ސުލޫކުތަކުން އަރައިގަނެ، ރައްކާތެރިކަމާއި އިހުތިރާމް ލިބޭނެ ތަނެއް ހޯދުމަށް ގޮތްތައް ހޯދަންވާނެއެވެ.

ބުލީ ކުރުމާއި ނުވަތަ އަމިއްލަ ނަފްސަށް އިޙްތިރާމް ކުޑަ މީހުންނާ މުޢާމަލާތް ކުރާއިރު، އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ޤަބޫލުކުރުންތަކުގެ ފަހަތުގައި ހުރެގެން އެމީހުންގެ ގޮތް ވިސްނަން މަސައްކަތް ކުރުމެވެ.