ދަތުރުފަތުރު ރައްކާތެރި ކުރުމަށް ނޯޓިކަލް ޗާޓްތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސްޕެއިންގެ ނޭވީގެ ބޯޓެއް ބުރާސްފަތި ދުވަހު މެޑިޓެރޭނިއަން ކަނޑުގެ އިބިޒާ ޖަޒީރާ ކައިރީގައި ތާށިވެފައިވާ ކަމަށް ނޭވީން ބުނެފި އެވެ.

މަލާސްޕިނާ އުޅަނދު ޖަޒީރާގެ ހުޅަނގުން އޮންނަ ފަޅު ސަރަހައްދެއް ހޯދަމުން ދިޔައިރު އޭގެ ތެރެއިން އެއް ސަރަހައްދެއްގައި ތާށިވެފައިވެ އެވެ. ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އުޅަނދު ބިމުން ނަގަން އެހީތެރިވުމަށް ރެސްކިއު ޓީމްތަކެއް ފޮނުވާފައިވާ ކަމަށެވެ.

"ފުރަތަމަ އިންސްޕެކްޝަނަކަށް ފަހު... އެއްވެސް ސްޓްރަކްޗަރަލް ގެއްލުމެއް ނުފެނޭ،" އެ ލިޔުމުގައިވެއެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

1975 ވަނަ އަހަރު ބިނާކޮށް 2007 ވަނަ އަހަރު ރީފޯމްކުރި މަލާސްޕިނާ ބޯޓު ވަނީ ސްޕެއިންގެ އައްސޭރިފަށުގައި ކަނޑުއަޑީގެ ޓޮޕޮގްރަފީގެ މައުލޫމާތު އެއްކޮށްގެން 180،000 މޭލަށް ވުރެ ގިނަ މޭލު (289،680 ކިލޯމީޓަރު) ދަތުރުކޮށްފަ އެވެ.

އެއީ އޭރު ދުނިޔޭގެ އެންމެ ބޮޑު ސައިންޓިފިކް އެކްސްޕެޑިޝަން ލީޑް ކުރެއްވުމަށް މަޝްހޫރު 18 ވަނަ ގަރުނުގެ ރޯޔަލް ނޭވީގެ ބްރިގޭޑިއާ އެލެޖެންޑްރޯ މަލާސްޕިނާގެ ނަމުގައި ނަން ދީފައިވާ ބޯޓެކެވެ.

އަދި މި ނަން އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމުން މާނައަކީ  'ނުބައި އިހުސާސެއް ކުރެވޭ' އެވެ.