ބެލްޖިއަމްގެ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ޑި ޕާން އިން އާދީއްތަ ދުވަހު އިންތިޒާމްކޮށްގެން ޔޫރަޕްގެ ތިން ވަނަ ސީގަލް ސްކްރީޗިން ޗެމްޕިއަންޝިޕްގައި ޖޫރީން ވަނީ އެ ދޫނީގެ ތަފާތު ޝްރީކްގެ އެންމެ މޮޅު އިމިޓޭޝަންގެ ތަށި ހަވާލުކޮށްފައެވެ.

މި މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވި ފަރާތްތަކާއި ކުރީގެ ބައިވެރިން ހިމެނޭ ގޮތަށް 50 ވަރަކަށް ބައިވެރިން ބައިވެރިވި އެވެ. ކޮންމެ މީހަކު ވެސް ޕްރޮފެޝަނަލް ޖޫރީއަކުން ނިންމާފައިވާއިރު، އެ ޖޫރީން ވަނީ ސީގަލްގެ އަޑު ނަކަލުކުރާ މިންވަރަށް 15 ޕޮއިންޓާއި ސުލޫކަށް ފަސް ޕޮއިންޓް ދީފަ އެވެ.

ފުރަތަމަ ފަހަރަށް މިމުބާރާތުގައި ބައިވެރިވި ނެދަލެންޑްސްގެ އައިންޑްހޯވެންގެ އުމުރުން 21 އަހަރުގެ އާކިޓެކްޗާ ދަރިވަރެއް ކަމަށްވާ ޔާރމޯ އަށް އެންމެ މޮޅު ސީގަލް އަޑުގެ ތަށި ލިބިފައިވެ އެވެ.ސީގަލްސް އަކީ ގިނަ ފަހަރަށް އާންމުންގެ ކިބައިން ފުރައްސާރަ އާއި މަލާމާތް ލިބޭ އެއްޗަކަށް ވާއިރު، މި މުބާރާތުގެ މަގުސަދަކީ ވެސް އެމީހުންގެ ތަސައްވުރު ބަދަލު ކުރުމެވެ.

"އަހަރެމެން ހިތައްއަރަނީ ސީގަލްތަކަށް އިތުރު ހަމްދަރުދީއެއް ނުލިބޭނީ ކީއްވެގެންތޯ އެއީ އައްސޭރިފަށުގެ ދޫނިތަކަކަށް ވާތީތޯ، ސީގަލްސް ނެތް އައްސޭރިއެއް ނެތް،" ޖޫރީގެ ރައީސް އަދި ފްލެންޑާސް މެރިން އިންސްޓިޓިއުޓްގެ ކޮމިއުނިކޭޝަންސްގެ ވެރިޔާ ޖޭން ސޭސް ރޮއިޓާސް އަށް ވިދާޅުވި އެވެ.