ކޮސްޓަރިކާގެ ޒުލެއްގައި އެކަނި އޮންނަ އަންހެން ކިނބުލެއް ބަލިވެ އިނުމުން އެކަން ސައިސްވެރިން "ވާޖިން ބާރތް" ގެ ފުރަތަމަ ކޭސްގޮތުގައި ނިންމައިފިއެވެ. ގާތްގަނޑަކަށް 16 އަހަރު ވަންދެން ފިރިހެން ކިނބުލަކާ ގުޅުން ނެތް ކަމަށް ބެލެވޭ މި ކިނބޫ ޖެނެޓިކަލީ 99.9 ޕަސެންޓް އެއްގޮތް ބިސް ވަނީ އުފައްދާފައެވެ.
ފެކަލްޓޭޓިވް ޕާރތެނޯޖެނެސިސް ކިޔާ ކިނބުލުގެ ވާރޖިން ބާރތް އާއި ބެހޭ ތަފްސީލުތައް ބުދަ ދުވަހު ވަނީ ސައިންޓިފިކް ޖާނަލް ބަޔޮލޮޖީ ލެޓަރސްގައި ޝާއިއުކޮށްފަ އެވެ.
ދިރާސާވެރިން ލިޔެފައިވާ ގޮތުގައި ޕާކް ރެޕްޓިލެނިއާގައި ގެންގުޅޭ މިކިނބުލަށް "އެސެކްޝުއަލް"ގާބިލްކަން ވާރުތަވެފައި ވަނީ އީވޮލޫޝަނަރީ ކާބަފައިންގެ ކިބައިން ކަމަށް ވެދާނެ އެވެ. ވަކި ވައްތަރެއްގެ ދޫނިތަކާއި މަހާއި ރެޕްޓައިލްސް އަކީ މިގޮތަށް ވިހެއުމުގެ ގާބިލްކަން ހުރި ދިރޭތަކެއްޗަށް ވީ ނަމަވެސް ކިންބުލެއް ދުވަހަކުވެސް މިގޮތަށް ވިހޭކަމެއް ލިޔެކިޔުމުން އެނގޭކަށް ނެތެވެ.
އެ ޖާނަލްގައި ދިރާސާވެރިން ބުނެފައި ވަނީ ކިނބޫ މިހެން ބަލިވެއިނުމުން އުފަންވުމުން ޑައިނަސޯ އަށް ވެސް ޖިންސީ ގުޅުން ހިންގުމެއް ނެތި ބަލިވެއިނުމުގެ ގާބިލުކަން ލިބިދާނެކަމަށް ބެލެވޭ ބެލުންތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާ ކަމަށެވެ.
މިނޫންވެސް އެހެން އެހެން ކިނބޫތައް ވެސް ވާރޖިން ވިހެއުން ވިހާފައި ވެދާނެ ކަމަށާއި ނަމަވެސް އެއްވެސް ކިނބުލެއްގެ ބާރތް ރެކޯޑްކޮށްފައި ނުވާ ކަމަށް ބުނެވެއެވެ. ރިސާޗް ޕޭޕަރުގައި ލަފާދީފައިވަނީ މިކިނބުލުގެ ބިސް މޮނިޓަރކޮށް ތަހުލީލުކޮށް، ޖިންސީ ގުޅުން ހިންގާ ރެޕްޓައިލް ޖޯޑަކުން އަންނަ ބިސްތައް ވެސް، ވާރޖިން ވިހެއުމުގެ އިތުރު ކޭސްތައް ދެނެގަތުމައް ތަހުލީލްކުރެވޭނެ ކަމަށެވެ.ކުރިން ސައިންސްވެރިންނަށް ކިނބޫ ވާރޖިން ވިހެއުމަކީ ކުރެވިދާނެ ކަމެއްކަން ނޭނގޭތީ، ގިނަ ސައިސްވެރިން ވަނީ ހައެރާންވެފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން