2022 ވަނައަހަރު ނޮވެމްބަރި މަހު ބޮޑު ކައިވެނި ހަފްލާއެއް ބާއްވާ ބުދަކާއި ކައިވެނި ކުރި ޔޫރީ ޓޮލޮޗްކޯއަށް ބޮޑު އަޅިކެނޑިއެއްދެކެ ލޯބިވެވިއްޖެއެވެ.

އުމުރުން 36 އަހަރުގެ ޔޫރީ ބުނީ އޭނާއަށް އެއަޅިކެނޑި މީގެ ކުރިން ޕާޓީއެއްގައި ބަހައްޓާފައިވަނިކޮށްފެނުނުކަމަށެވެ. ކަޒަކިސްތާންއަށް އުފަން ޔޫރީ ހާމަ ކުރިގޮތުގައި އޭނާ ހަގީގީ ލޯބިވަނީ އަޅިކެނޑި ދެކެކަން އިހުސާސްވީ އެއަޅިކެނޑި އާއެކީގައި ފޮޓޯޝޫޓެއް ކުރިއަށް ގެންދިއުމުގެ ތެރޭގައެވެ.

އޭނާ ބުނިގޮތުގައި އަޅިކެނޑިން ދުވިވަހުން އަދި ދަގަނޑުން ހަދާފއިވާ އެއަޅިކެނޑި އޭނާގެ ގައިގައި ޖެހުމުން ކުރެވުނު އިހުސާސް ވަރަސް ތަފާތެވެ. އެހެންކަމުން އޭނާގެ ހަގީގީ ބައިވެރިއަކީ މިއަޅިކެނޑިކަން އޭނާއަށް ވަނީ ޔަގީންވެފައެވެ. މިހާރު އޭނާ ކުރިން ކައިވެނި ކުރި މާރގޯ ނަމަކަށްކިޔާ ބުދާއި ވަކިވެފައިވާކަމަށް ހާމަކުރެއެވެ.

ޔޫރީ ހާމަކުރިގޮތުގައި އޭނާ އަދި އަޅިކެނޑިއާ ގުޅުމަށްފަހުވެސް އަޅިކެނޑި ތަންތާގައި ބަހައްޓައިގެން މީހުން އެޔަށް އަޅިކެނޑުމަކީ އޭނާއަށް މައްސަލައެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް އަޅިކެނޑީގެ ބޭނުމަކީ އެއީކަމުން އަޅިކެނޑީގެ ބޭނުން އެގޮތަށް ކުރުމަކީ އޭނާއަށް މައްސަލައެއް ނޫންކަމަށެވެ.