ޢާއްމު އުނދަގޫ ކުރުމުގެ މައްސަލައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ކަންކަމެވެ. އެހެންމީހުންގެ އިޙްސާސް ތަކަށާއި ކަންކަމަށް ބެލުމެއްނެތި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް މީހުންނަށް އުނދަގޫކުރުން މިވަނީ ގިނަވެފައެވެ.
ސޯޝަލް މީޑިއާގެ ބޭނުން އެއްބަޔަކު ރަނގަޅު ހެޔޮގޮތުގައި މުހިންމު ބޭނުންތަކުގައި ހިފަމުންދާއިރު ބައެއް މީހުން ސޯޝަލް މީޑިއާގެ ބޭނުން ނުރަނގަޅު ގޮތުގައި ވެސް ހިފައެވެ. މިއީ މިހާރު ވަރަށް އާންމުކަމަކަށް ވަނީ ވެފައެވެ. އިންސްޓަގްރާމް ފަދަ ޕްލެޓްފޯރމްތަކުގައި ވިޔަފާރި ޕޭޖްތައް ހަދާލާފައި ހުންނައިރު ވަރަށްވެސް ފުރިހަމަ އެވެ. ބައެއް މީހުން އެކި ބާވަތުގެ ހެދުމާއި ފައިވާން އިސްތިހާރު ކުރާއިރު އަނެއްބައިމީހުން ކާބޯތަކެތިވެސް އިސްތިހާރު ކުރެއެވެ. ނަމަވެސް ހިތާމައަކީ މަދުބަޔަކު މިފަދަ ފޭކް އެކައުންޓްތައް ހަދައިގެން މީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާކަމެވެ.
ވިޔަފާރީގެ ނަމުގައި ހަދާފަ ހުންނަ މިފަދަ އޮންލައިން އެކައުންޓުން ފޮލޯ ރިކުއެސްޓް ފޮނުވުމުން ހަގީގަތް ބަލާނުލާ އެކްސެޕްޓް ކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ މިފަދަ އެކައުންޓުތަކުން ޕްރައިވެޓް އެކައުންޓް ތަކުގައި ހުންނަ ފޮޓޯތައް ނަގައިގެން ނޭދެވޭގޮތުގައި ވެސް ބޭނުންކުރެއެވެ. އެހެން ކަމުން ރައްކާތެރި ގޮތަކީ ވިޔަފާރި އެއްގެ ނަމުގައި ރިކުއެސްޓެއް ލިބުމުން އެޕޭޖް އެކްސެޕްޓުކުރުމުގެ ކުރިން އެޕޭޖް ރަނގަޅަށް ބަލާލުމެވެ.
ފޭސްބުކް އިންސްޓަރގްރާމް ފަދަ ޕްލެޓްފޯމްތަކަކީ ކޮންމެ މީހަކުވެސް ރަނގަޅުގޮތުގައި ބޭނުންކޮށްފިނަމަ އެތައް ގިނަ ރަނގަޅު ފުރުސަތުތަކެއް މަގުފަހިވެގެންދާ ޕްލެޓްފޯރމްތަކެއްކަން އެނގޭތޯއެވެ.
އިންސްޓަރގްރާމްގައި ފޭކް އެކައުންޓް ހަދައިގެން ބޭނުންކުރުމުގެ ބަދަލުގައި ރަނގަޅު މަސައްކަތެއް ކުރެވިދާނެއެވެ. މިސާލަކަށް ގޭގައި ބޭނުންނުކޮށްހުންނަ ސާމާނަކީ އެހެން މީހަކަށް ބޭޏުން ހިފިދާނެ ހާލަތުގައި ހުރި އެއްޗެއްކަމަށް ވަނީނަމަ އެތަކެތި ސޯޝަލް މީޑިއާގައި ވިއްކިދާނެއެވެ. މިހާރުވެސް ގިނައަދަދެއްގެ ތްރިފްޓް ސްޓޯރ ތައް ރާއްޖޭގައި އެބަހުއްޓެވެ. ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި މިހެން ކަންތައް ކުރުމުން ހަމަގައިމުވެސް ކޮންމެސް ވަރެއްގެ އާމްދަނީ އެއް ލިބޭނެއެވެ. ނޫންނަމަ މުޖްތަމައު އަށް ފައިދާ ހުރި މެސެޖްތަކެއް ފޯރުކޮށްދިނުމަަށް ނުވަތަ ބޭނުންހިފޭނެ ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށްވެސް ސޯޝަލް މީޑިއާގެ ބޭނުން ހިފިދާނެ ނޫންތޯއެވެ.
އަޅުގަނޑުމެންނީ ސައްތައިން ސައްތަ މުސްލިމުންނަށްވެފައި އެކުވެރިކަމާ އެއްބައިވަންތަ ކަމާއެކު އުޅެމުން އަންނަ ބަޔަކަށްވީއިރު އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ނޭދެވޭ ކަންކަން އިޞްލާޙްކޮށް އެފަދަ ނޭދެވޭ ކަންތައްތަކުން މުޖުތަމަޢު ސަލާމަތް ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަން މިއަދު އޮތީ ޖެހިފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން