ޖަނަވާރުތަކުގެ ތެރޭގައިވެސް ހަޔާތުގެ ބައިވެރިޔާ ހޯދުމަށް ކުރިމަތިލާބައެއް ޖަނަވާރަކީ ބުރަމަސައްކަތުން ބައިވެރިން ހޯދާ ޖަނަވާރެވެ.

އޭގެތެރެއިން ބައެއް ފިރިހެން ދޫނި ބައިވެރިޔާ ޝައުގުވެރި ކުރުވުމަށްޓަކައި ބަރޯސާވަނީ ރީތި ނެށުމެއް ދައްކާލުމަށެވެ. ނުވަތަ ކެޕޫޗިން މަކުނު ބައިވެރިޔާގެ ހިތް އަތުލަނީ ގައިގާ ނަޖިސް އުގުޅައިގެނެވެ. އަދި ބައެއް ޖަނަވާރު މީދާ ފަދަ ތަކެތި މަރައިގެން އޭގެ ކެބާބް ހަދައިގެންވެސް ބައިވެރިއާއަށް ހަދިޔާ ކުރެއެވެ. ޖަނަވާރުންނަށް ވެސް އެސޮރުމެންގެ ހުރިހާކަމެއް އެސޮރުމެންގެ މާހައުލުން ، ގޮންޖެހުންތަކަކާއިއެކު ބޭނުންކުރެވޭނެ ފުރުސަތުތަކެއް ލިބިފައި ހުރެއެވެ.މިއީ ސައިންސްވެރިންވެސް ވަލުޖަނަވާރުގެ ކަންކަން ދިރާސާކުރާއިރު އެންމެ ޝައުގުވެރިވާ އެއްކަންތަކެވެ.

ނިއުޔޯކްގެ ސިޓީ ޔުނިވާސިޓީގެ ބަޔޮލޮޖީގެ ޕްރޮފެސަރު އެމެރިޓަސް އަދި ދަ ނޯތު އެމެރިކަން ފޮތް ލިޔުއްވި އުލްޑިސް ރޯޒް ވިދާޅުވާ ގޮތުގައި އުތުރު އެމެރިކާގެ އަންހެން ޕޯކިއުޕައިން ފިރިހެން ޕޯކިއުޕައިންއަކާ ގުޅެނީ އަހަރަކު ގާތްގަނޑަކަށް އަށް ގަޑިއިރާއި 12 ގަޑިއިރާއި ދެމެދުގެ މުއްދަތަކަށެވެ.އެމުއްދަތު ޖެހުމުން ފިރިހެން ޕޯކިއުޕައިންއަށް އެނގުމާއިއެކު ފިރިހެން ޕޯކިއުޕައިންގެ ހުނަރުދައްކާލުމަށްފަހު އަންހެން ޕޯކިއުޕައިން ހައިރާންކޮށްލައެވެ.

ފިރިހެން ނަރސަރީ ވެބް ފައިދިގުމަކުނަކީ އަންހެން ސްޕައިޑަރއަށް މަރުވެފަހުންނަ ކުދި ސޫފާސޫފި ހަދިޔާއަށްދީގެން އަންހެން އެތީގެ ސަމާލުކަން ހޯދާ ބާވަތެކެވެ.

ނިއުގީނީގައި އާންމުގޮތެއްގައި އުޅޭ ބަރޑްސް އޮފް ޕެރަޑައިސްއަޚި ބަލާލަން ވަރަށް ރީތި ތަފާތު ދޫނިތަކެކެވެ. މިދޫނިތަކުގެ ފިރިހެން ދޫނިތަކަކީ ވަރަށް މޮޅު ނެށުންތެރިންނެވެ. އަންހެން ދޫނީގެ ސަމާލުކަން ހޯދުމަށް މިދޫނި ކުރަންޖެހޭ ކަމަކީ އަންހެނ ދޫނި ކުރިމަތީގައި ނެށުމެވެ. 

މީގެ އިތުރުންވެސް އިންސާނުން އަޖައިބު ކޮށްލާފަދަ އެތައް ގޮތަކަށް އެސޮރުމެންެ އަމަލު ހުންނަ އެތައް ޖަނަވާރެއް މިދުނިޔޭގައި ވަނީ ލައްވާފައެވެ. އޭގެން ކޮންމެ އެއްޗަކަށްވެސް ވަކި ހުނަރުތަކެއް ލިބިގެންވެއެވެ.