2022 ވަނަ އަހަރު ބެމްބޫ ކަލްމް ޓަރެންޓޫލާ ފެނުމާއި ގުޅިގެން ތައިލެންޑްގެ ދިރާސާވެރިން ވަނީ އެހެން ވައްތަރެއްގެ ސްޕައިޑަރ އެއް ފެނޭތޯ ބެލުމަށް އާ ދަތުރެއް ފަށާފައެވެ. މިހާރު، ތައިލެންޑްގެ ފަންގް-ންގާ ޕްރޮވިންސުން އިލެކްޓްރިކް ބްލޫ ކުލައިގެ ޓަރެންޓޫލާ އެއް ފެނިފައިވާތީ އެމީހުންގެ މަސައްކަތް ކާމިޔާބު ކަމަށް ވަނީ ބުނެފައެވެ.
“އަޅުގަނޑުމެންނަށް ފުރަތަމަ ފެނުނު މަކުނަކީ ކުޅިއެއްގެތެރޭގައި ހުރި ގަހެއްގެ މަތިން ފެނުނު މަކުނެކެވެ. މި ޓަރެންޓޫލާތައް ދިރިއުޅެނީ ހުސްޖާގަ ހުންނަ ގަސްތަކުގައި ކަމަށާއި، އިލެކްޓްރިކް ބްލޫ ކުލައިގެ ޓާރެންޓޫލާއެއް ހިފުމަށް ވަރަށް ގިނަ ދަތިތަކާއި ދިމާވީ ކަމަށާއި ދުވާލާ ރޭގަނޑުގެ މަސައްކަތުން އެމީހުންނަށް ހިފުނީ އޭގެ ދެމަކުު ކަމުގައި ވަނީ ހާމަކޮށްފައެވެ.
އަލަށް ފެނުނު މަކުނުގެ ބާވަތް ކަމަށްވާ ޗިލޮބްރަޗިސް ނަޓަނިޗަރަމް އަކީ އާންމުކޮށް ގުދުރަތީ ގޮތުން ނުފެންނަ ތަފާތު ކުލައެއް އެކުލެވޭ މަކުނެކެވެ..
ސައިންސްވެރިންގެ ބަޔާނުގައިވާ ގޮތުން ގުދުރަތުން ފެންނަ ކުލަތަކުގެ ތެރެއިން އެންމެ މަދުން ފެންނަ އެއް ކުލައަކީ ނޫކުލަ އެވެ. އެއްޗެއް ނޫކުލައިން ފެންނަން ހުރުމަށްޓަކައި، އެ އެއްޗެއްގައި ހަކަތަ ދަމއިގަތުމުގެ ބާރުގެ އިތުރުން ހަކަތަ ގަދައަށް ރިފްލެކްޓް ކުރަންވެސް ޖެހެ އެވެ. މިގޮތަށް ހަކަތަ ދެމުމުގެ ޤާބިލުކަން ހުރި މޮލިކިއުލްތައް އުފެއްދުމަށް ބޭނުންވާ ޕްރޮސެސްއަކީ ކޮމްޕްލެކްސް ޕްރޮސެސްއަކަށް ވާތީ، މަޚްލޫޤަކު ގުދުރަތީ ގޮތުން މި ކުލަ ނެގުމަކީ އާދަޔާ ހިލާފު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ..
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން