ބަރުދަން ލުއިކުރުމަކީ ތި ހީކުރާހާ ފަސޭހަ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ ވަރަށް ބޮޑު ޤުރުބާނީތަކެއް ވެގެންނެވެ. އޭގެތެރެއިން ވެސް އެންމެބޮޑު ޤުރުބާނީއެއް ވާންޖެހެނީ ކެއުމާ މެދުގައެވެ. އެގޮތުން، ހިކެން ބޭނުންވާ މީހަކު ކޮންމެހެން ވެސް ދުރުވާން ޖެހޭ ކާނާ ހުރެއެވެ. މިފަހަރު މި ކިޔައިދެނީ އެ އެއްޗިއްސެވެ.

1. ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތައް: 2011 ވަނަ އަހަރު ހާވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުން ހެދި ދިރާސާއަކުން އެނގުނީ، ބަންދުކޮށްފައި ހުންނަ މަހުގެ ބާވަތްތައް ކެއުމަކީ ބަރުދަން އިތުރުވާ ކަމެއް ކަމަށެވެ. 

2. ހަކުރު އެކުލެވޭ ސީރިއަލް: ގިނަ މީހުންނަށް ހީވެފައި އޮންނަނީ، ހެނދުނުގެ ނާސްތާއަށް ސީރިއަލް ކެއުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކުށްހީ އެކެވެ. ގިނަ ސީރިއަލްގެ ބާވަތްތަކަކީ މަތީ މިންވަރަކަށް ހަކުރު އެކުލެވޭ އެއްޗިއްސެވެ. އެހެންކަމުން، ސީރިއަލް ކެއުމުން ބަރުދަން ލުއިކުރަން ތި ކުރާ މަސައްކަތަށް ހުރަސްއެޅުން ނޫން ކަމެއް ނުވާނެއެވެ. އޭގެ ބަދަލުގައި އޯޓްސް ކާން އާދަކުރާށެވެ. 

3. ހުދު ޕާން: ބަރުދަން ލުއިކުރަން ބޭނުންވާ މީހަކު އެއްގޮތަކަށް ވެސް ކައިގެން ނުވާނެ އެއްޗަކީ ހުދު ފުށުގެ ޕާނެވެ. އޭގެބަދަލުގައި ބްރައުން ބްރެޑް އިޙުތިޔާރު ކުރާށެވެ.

4. ހަކުރު ހިމެނޭ ބުއިންތައް: ހަކުރު ހިމެނޭ ސޯޑާތަކާ ދުރުވުމަކީ ބަރުދަން ލުއިވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. މީގެ ތެރޭގައި ޑައިޓް ސޯޑާތައް ވެސް ހިމެނޭކަން ހަނދާން ބަހައްޓައްޗެވެ. 

5. ފޮނި ޔޯގަޓް: ފޮނި ޔޯގަޓޭ މި ބުނެވެނީ ހަކުރު އަޅައިގެން ހަދާފައި ހުންނަ ޔޯގަޓަށެވެ. އޭގެ ބަދަލުގައި ހަކުރު ނުހިމެނޭ ޔޯގަޓުތެރޭގައި ގްރީކް ޔޯގަޓް ފާހަގަކޮށްލެވެއެވެ. މިއީ ބަރުދަން ލުއިކުރަން ބޭނުންނަމަ ކާން އެންމެ ރަނގަޅު އެއްޗެކެވެ. ނަމަވެސް ފެޓް-ފްރީ ޔޯގަޓުގެ ނަމުގައި ވެސް ހަކުރު ހިމެނޭ ޔޯގަޓް ހުރެއެވެ. އެހެންކަމުން، ކޮންމެކޮންމެ ޔޯގަޓެއް ކައިގެން ނުވާނެއެވެ.

6. ފްރެންޗް ފްރައިޒް

7. ބާގާ

8. ވައިޓް ޕާސްތާ

9. ހުދު ހަނޑޫ

10. އެނާޖީ ބާސް

11. ބަންދުކޮށްފައި ހުންނަ ޖޫސް

12. ޕިއްޒާ