ޑައިނިކް ބާސްކަރުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބަގަހާ އަށް ނިސްބަތްވާ ގުއްޑޫ ޝަރުމާ ވަނީ ދެ ލައްކަ އަށް ވުރެ ގިނަ ރުޕީޒް ހަރަދުކޮށްގެން ޓާޓާ ނެނޯ ކާރެއް ހެލިކޮޕްޓަރަކަށް ބަދަލުކޮށްފަ އެވެ.

ގުއްޑޫ ބުނީ ކައިވެނި ކުރާ ދުވަސްވަރު ހެލިކޮޕްޓަރުތަކަށް ބޮޑު ޑިމާންޑެއް އޮންނަތަން ފެނިފައިވާ ކަމަށެވެ. ގިނަ ބަޔަކު އެދެމުން ދިޔައީ ކައިވެނި ޕާޓީތަކުގައި އަނބިމީހާ ގެއަށް ގެނައުމަށް ހެލިކޮޕްޓަރެއް ހޯދުމަށްކަމަށެވެ. ނަމަވެސް ފައިސާގެ ދަތިކަމުގެ ސަބަބުން އެކަން ނުކުރެވޭ ކަމަށެވެ. މިހުރިހާ ކަމެއް ފެނި ގުއްޑޫ އޭނާގެ ކާރު ބަދަލުކުރީ އެންމެންނަށް ކުއްޔަށް ހިފޭ ވަރުގެ  އަގުހެޔޮ ހެލިކޮޕްޓަރަކަށެވެ.

އޭނާ އެ އުޅަނދު އިތުރަށް ފުރުހަމަ ކުރުމަށް ސެންސަރ ބޭނުންކޮށްފައިވާއިރު މިއުޅަނގު ކައިވެނި ހަފްލާތަކަށް 15،000 ރުފިޔާއަށް ކުއްޔަށް ދޫކުރެ އެވެ. މިއުފެއްދުމަށް ވަރަށްބޮޑު ޑިމާންޑެއް އޮތްކަމަށް ވަނީ ހާމަކޮށްފައެވެ.

ފާހަގަ ކޮށްލަންޖެހޭ ކަމަކީ ބިހާރްގައި ދިރިއުޅޭ ގިނަމީހުންނަކީ ރަނގަޅު ތަޢުލީމެއް ހާސިލްކުރުމުގެ ފުރުސަތު ނެތްމީހުންކަމުގައިވީނަމަވެސް އެއިން ކޮންމެ މީހަކީވެސް ވަރަށް ކުޅަދާނަ، ވިސްނުންތޫނު އުފެއްދުންތެރިންނެވެ. ދުވަސްވީ ބާސާމާނުގެ ބޭނުން ދެވަނަފަހަރަށް ކުރެވޭ މޮޅެތި އީޖާދުތައް ކުރަމުންއަންނަ ބައެކެވެ.