ހަވާއީގެ ފެންގަނޑެއް"ބާބީ" ބަބަލްގަމް ޕިންކް ކުލައަކަށް ބަދަލުވުމާއި އެކު ސައިންސްވެރިން ވަނީ އެތަނުން ފެން ބޭނުންނުކުރުމަށާއި ނުވަތަ ފެންގަނޑާއި ކައިރިއަށް ނުދިއުމަށް އިލްތިމާސްކޮށްފައެވެ.

އޮކްޓޯބަރު 30 ވަނަ ދުވަހުން ފެށިގެން މައުއީގެ ކެއަލިއާ ޕޮންޑް ނޭޝަނަލް ވައިލްޑްލައިފް ރިފޫޖުގެ މުވައްޒަފުން އަންނަނީ ފިޔާތޮށި ކުލައިގެ ފެންގަނޑަށް ފާރަލަމުންނެވެ.

ރެފިއުޖީގެ މެނޭޖަރު ބްރެޓް ވޯލްފް ބުނީ  ފެންގަނޑުކައިރިއަށް ހިނގާލަން ދިޔަ މީހެއްގެ ރިޕޯޓެއް ލިބުނު ކަމަށާޢި، އެމީހުން ބުނީ 'އެތަނުގައި އާދަޔާ ހިލާފު ކަމެއް ހިނގާކަމަށް ބެލެވޭކަމަށެވެ.

ޕިންކް ކުލަގަދަ ވުމާގުޅޭ ގޮތުން ރެފިއުޖްގެ މެނޭޖަރު ބްރެޓް ވޯލްފް ބިރުގަތް ނަމަވެސް ލެބުގައި ކުރި ދިރާސާތަކުން ދައްކާ ގޮތުގައި  އަލްގޭ އަކީ މި ކުލަ އުފައްދާ މަސްދަރެއް ނޫނެވެ. ނަމަވެސް ހެލޯބެކްޓީރިއާ ގެސަބަބުން މިކުލަ އުފެދުން ގާތްކަމަށް އެމީހުން ލަފާކުރެއެވެ.

މިވަގުތު ކެއަލިއާ ޕޮންޑްގެ އެގްޒިޓް އޭރިއާގެ ތެރޭގައި ހުންނަ ލޮނުގެމިންވަރު  70 ޕަރސަންޓަށް ވުރެ މަތިވެފައިވާއިރު، މިއީ ކަނޑުގެ ފެނުގެ ލޮނުގެމިންވަރަށްވުރެ ދެގުނައާ އެއްވަރުގެ ލޮނުގެމިންވަރެއްކަމަށެވެ.

މިކުލައަށް ބަދަލުވި ސަބަބެއް އަދި ނޭނގޭތީ، ފެނަށް ގާތްނުވެ ނުވަތަ އެތަނުން ބާނާ މަހެއް ނުކެއުމަށް އާންމުންނަށް އެންގުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަމުންނެވެ. އަދި މިކަން ދިމާވާ ސަބަބާއި ލިބޭ ގުއްލުންތައް އިތުރަށް ދަނީ ދިރާސާ ކުރަމުންނެވެ.