އިޙްތިރާމަކީ ކޮންމެ ގުޅުމެއްގެ އަސާސީ ކަމެއް ކަމުގައި ވާއިރު، އޭގެ ތެރޭގައި ބެލެނިވެރިޔާއާއި ދަރިފުޅުގެ ގުޅުންހިމެނެއެވެ. ކުއްޖަކު އިޙްތިރާމް ކުޑަކަން ދައްކާއިރު، އެއީ އާއިލާގެ ތެރޭގައި ހިނގާ ތަފާތު ކަންތައްތަކާއި ހާލަތްތަކުން އުފެދިދާނެ ކަމެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މައިންބަފައިންނާއި ކުދިންގެ މެދުގައި ދުޅަހެޔޮ އަދި އިޙްތިރާމް ލިބިގެންވާ ގުޅުމެއް އުފެއްދުމަށްޓަކައި ކެތްތެރިކަމާއި ވިސްނުންތެރިކަމާއި ބިނާކުރަނިވި ހައްލުތަކެއް ބޭނުންވެއެވެ.

އާއިލާގެ ތެރޭގައި މުވާމަލާތްތައް ހިނގާ ގޮތް ވަޒަންކުރުން މުހިންމެވެ. މަޝްވަރާއާއި އެއްބަޔަކު އަނެއްބަޔަކަށް ވިސްނައިގަތުމަށް ހުޅުވާލެވިފައިވާ ޗެނަލްތައް އެބަހުރި ހެއްޔެވެ؟ ޖެހިލުންވުމެއްނެތި ނެތި ފާޅުކަން ބޮޑު ގޮތެއްގައި މުޢާމަލާތު ކުރުމަށް ހިތްވަރު ދިނުމަކީ ކުދިންނަށް މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ފުރުޞަތު ލިބި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ފުރުޞަތު ލިބިގެންދާ ކަމެކެވެ. އަދި ސާފު އަދި ބުއްދިވެރި ވަކި ޙައްދުތަކެއް ކަނޑައެޅުމަކީ ވެސް މުހިންމު ކަމެކެވެ. ދަރިފުޅާ އެކުވެރިވެ އުޅުމުގެ މާނައަކީ އެކުއްޖާ ބޭނުން ގޮތަކަށް ވާހަކަ ދެއްކުމުގެ ބާރު ދަރިފުޅަށް ދިނުމެއް ނޫނެވެ. ވަކި ޙައްދުތައް ތަންފީޒުކުރުމުގައި އެއްގޮތަކަށް ހުރުމަކީ ކުދިންނަށް އެމީހުންގެ އަމަލުތަކުގެ ނަތީޖާއާއި ގަވާއިދުތަކަށް އިޙްތިރާމް ކުރުމުގެ މުހިންމުކަން ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ.

ގިނަ ފަހަރަށް ކުދިންނަށް ދަސްވަނީ ގޭގައި އަމަލުކުރާ ސުލޫކުންނެވެ. އިޙްތިރާމް ކުރާ ސުލޫކާއި މުވާމަލާތްކުރާގޮތް ރަނގަޅަށް އާދަ ކުރުމަކީ ކުދިންނަށް ނަމޫނާ ދައްކަން ރަނގަޅު ގޮތެކެވެ. އެމީހުންނާއި އެހެން މީހުންނާ މުޢާމަލާތްކުރުމުގައި އޯގާތެރިކަމާއި، ކަނުލާ އަޑުއެހުމާއި، ވިސްނުންތެރިކަން ދައްކާށެވެ.


އޯގާތެރިކަމާއި އެކި ނަޒަރިއްޔާތަސް ވިސްނުމުގެ ފުރުސަތުތަކަށް  ހިތްވަރުދީގެން ދަރިފުޅުގެ އަމަލުތަކުން އެހެން މީހުންނަށް ކުރާ އަސަރު ދެނެގަތުމަށް އެހީތެރިވެދޭށެވެ. އެހެން މީހުންގެ އިޙްސާސްތަކާއި ވިސްނުންތައް ދެނެގަތުމާއި ވިސްނުންތެރިކަން އިތުރުކޮށްދޭ ވާހަކަތަކުގައި ބައިވެރިވާށެވެ. އަނެކާ ލަދުގަންނުވާލާ ނުވަތަ ދަށްކޮށްލާ ފަދަ ބަސްތައް މީހުންނާއި ދިމާލަށް ނުބުނުމަށް ބާރުއަޅާށެވެ.

މާ ބޮޑަށް ހަރުކަށި ވުމުން ދުރުހެލިވާ ގޮތަށް ބެލެންސްޑް ބެލެނިވެރިކަމުގެ އުސޫލަކަށް މަސައްކަތް ކުރާށެވެ. ހަރުކަށި ބެލެނިވެރިކަމަކީ ނުރުހުމާއި ނަފުރަތު އުފެދިދާނެ ކަމެކެވެ. އޭގެ ބަދަލުގައި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމާއި ވިސްނުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ތަރުބިއްޔަތު ކުރުމަށް ފޯކަސް ކުރާށެވެ.


ދަރިފުޅުގެ ސުލޫކާއި އެއްބަސް ނުވިޔަސް ދަރިފުޅުގެ އިހުސާސްތައް ދެނެގަންނާށެވެ. އެމީހުންގެ ޖަޒުބާތުތައް ގަބޫލުކުރުމަކީ އިތުބާރާއި ވިސްނުން އުފެއްދުމަށް އެހީތެރިވެދޭ ކަމެއް ކަމަށާއި، މިއީ އިތުރަށް އިހުތިރާމް ލިބިގެން މުއާމަލާތްތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

ދަރިފުޅުގެ އިޙްތިރާމް ކުޑަ ސުލޫކުގެ އަސްލު ސަބަބުތައް ދެނެގަތުން މުހިންމެވެ.. އެއީ މާޔޫސްކަމާއި، ، އެކުވެރިންގެ ނުފޫޒު ނުވަތަ އަޑުއަހަން ބޭނުންނުވުންކަމުގައި ވެސް ވެދާނެއެވެ. އަސްލު ސަބަބު ދެނެގަތުމަކީ މައްސަލަ ފައިދާހުރި ގޮތެއްގައި ހައްލުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.


އިޙްތިރާމާއި ގުޅުންތަކުގައި އޭގެ މުހިންމުކަމާ ބެހޭގޮތުން މަޑުމައިތިރި އަދި ބިނާކުރަނިވި މަޝްވަރާތައް ފެށުން. މި ވާހަކަތަކުގައި ދަރިފުޅު ބައިވެރިކޮށް، ދަރިފުޅުގެ ނަޒަރިއްޔާތު ދެނެގަނެ، އެއްބާރުލުންދީގެން ހައްލުތައް ހޯދާށެވެ. މައިންބަފައިންނާއި ދަރިފުޅާ ދެމެދު އިޙްތިރާމް ލިބިގެންވާ ގުޅުމެއް ބިނާކުރުމުގައި އިތުބާރާއި، އޯގާތެރިކަމާއި، ފާޅުކަން ބޮޑު ގޮތެއްގައި މުޢާމަލާތު ކުރުމުގެ މާޙައުލެއް އުފެއްދުން މުހިންމެވެ. އެކަކު އަނެކަކަށް އިޙްތިރާމާއި، ވިސްނުމާއި، އަޅާލުން އާލާކޮށްގެން، އާއިލާގެ ތެރޭގައި އަދި އެއަށްވުރެ މާ ދުރުގައިވެސް ދުޅަހެޔޮ އަދި އިޙްތިރާމް ލިބިގެންވާ މުޢާމަލާތްތަކަށް މައިންބަފައިންނަށް މަގުދައްކައިދެވޭނެއެވެ.