އެއްބައިމީހުންނަކީ ދިރިއުޅުމުގައި ކޮންމެ ކަމަކަށް ފާޑުކިޔާ މީހުންނެވެ. އަދި އެހެން މީހުން ކުރާ ކަންކަން ކަމުނުގޮސް، އަބަދުވެސް ހުންނާނީ ކޮންމެވެސް ޝަކުވާއެއް ކޮށްލަ ކޮށްލައެވެ. މިކަހަލަ މީހުންދެކެ ވަރަށް ގިނަ ބަޔަކު ފޫހިވާނެއެވެ. އަދި އެމީހުންނާ ވީހާވެސް ދުރުގައި އުޅެވޭތޯ ބަލާނެއެވެ.

މިފަހަރު މި ކިޔައިދެނީ، ޝަކުވާ ބޮޑު މީހަކަށް ފެންނާނެ ބައެއް ކަންތައްތަކެވެ.

1. ތި ކުރެވެނީ ޝަކުވާ ކަމަކަށް ދުވަހަކުވެސް ގަބޫލެއް ނުކުރާނެ. އޭގެ ބަދަލުގައި އެއީ ވަރަށް ހަމަޖެހޭ، މުހިއްމު ވާހަކަތަކެއް ކަމުގައި ދެކޭނެ. އަދި އަބަދާއި އަބަދު އެއް ކަމެއްގެ ވާހަކަ ދައްކައި، ކައިރީގައި ތިބޭ މީހުން ރުޅި އަންނަ ވަރު ކުރާނެ.

2. އަމިއްލައަށް ކުރެވޭ ކަންތައްތަކަށް އަމިއްލައަށް ފާޑުކިޔޭ ގޮތް ވުން.

3. އެހެން މީހުން ތަޢުރީފުކުރުމުން ބަލައެއް ނުގަނެވޭނެ، އަދި އެހެން މީހުންނަށް ތަޢުރީފުކުރާކަށް ތިބާއަކަށް ނޭނގޭނެ.

4. ކޮންމެ ކަމަކުން އުނދަގޫވެ، ސުވާލު އުފެއްދުން 

5. މީހުން ފާޑުކިޔުމުން ބަލައިނުގަނެވި، އެމީހުންނާ މެދު ގޯސްކޮށް ހީކުރެވުން

6. އަބަދުވެސް ހީވާނީ ކައިރީގައި އުޅޭ މީހުން ތިބާގެ ބޭނުން ހިފަނީ ކަމަށް

7. ރައްޓެހިން ތަންތަނަށް ދާއިރު ތިބާއަށް ދައުވަތު ދިނުން މަދުވާނެ. އެއީ ތިބާ އަބަދު ޝަކުވާ ކުރާވަރުން އެމީހުންނަށް އުނދަގޫވާތީ

8. ކައިރީގައި އުޅޭ މީހުން ތިބާއަށް ނަސޭހަތް ނުވަތަ ލަފާ ދިނުން މަދުވާނެ. އެއީ އެމީހުން ނަސޭހަތް ދީދީވެސް ބުނާ ގޮތް ނުހަދާތީ

9. އަބަދު ޝަކުވާ ކުރާ ވާހަކަ ރައްޓެހިންނާއި އާއިލާ ވެސް ތިބާއަށް ހަނދާންކޮށްދީ، އެކަން ހުއްޓައިލުމަށް ބުނުން. މިއީ އެމީހުންނަށް ކެތްނުވެގެން އަޅާ ފިޔަވަޅެއް.