އިންޓަނެޓުން ވަރަށް ގިނައިން ހުނަރުވެރި ކުދިންގެ ވީޑިއޯ ފެނެއެވެ! ހަރިޔާނާގެ ޕަންޗްކުލާގެ އަރްޝިއާ ގޯސްވާމީ ކިޔާ ނުވަ އަހަރުގެ އަންހެން ކުއްޖަކު ވައިރަލް ސެންސޭޝަނަކަށް ވެފައި ވަނީ އޭނާގެ ގަބޫލުކުރަން ދަތި ވެއިޓްލިފްޓިން ހުނަރުގެ ސަބަބުންނެވެ.

މީގެ ކުރިންވެސް މިކުއްޖާ ވަނީ  2021 ވަނަ އަހަރު  އުމުރުން ހަ އަހަރުގައި 45 ކިލޯ އުފުލައިގެން އެންމެ ޒުވާން ޑެޑްލިފްޓަރގެ މަގާމު ހޯދާފައެވެ. މިހާރު، އޭނާ އަނެއްކާވެސް މީހުންގެ ސަމާލުކަމަށް އައިސްފައިވާއިރު މިފަހަރުގެ ވީޑިއޯއިން ނަގާފައިވާ 75 ކިލޯގެ ލިފްޓެއްގެ ގޮތުގައި ފެންނަ ފެނުމުގައި ވަނީ ބެލުންތެރިން ހައިރާންކޮށްލާފައެވެ.

އެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވަނީ "75 ކިލޯ (165 ޕައުންޑް) އުފުލޭ އަދި އުމުރުން އެންމެ 9 އަހަރު އިންޑިއާގެ 'އެންމެ ޒުވާން ޑެޑްލިފްޓަރު' އާޝިއާ ގޯސްވާމީ" މިހެންނެވެ.

އޭނާގެ އާދަޔާ ހިލާފު ހުނަރު ސޯޝަލް މީޑިއާގައި ގިނަ ޔޫޒަރުންނާއި ޕްރޮފެޝަނަލުން ހައިރާންވި ނަމަވެސް، އިންޓަނެޓް ބޭނުންކުރާ މީހުންގެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ.

މީހަކު ލިޔެފައިވަނީ "އެހާ ބޮޑު ބަރުދަން އުފުލަން އެކުއްޖާ މާކުޑަ ނޫން ހެއްޔެވެ؟ އެފަދަ ޕްރެޝަރަށް ކެތްކުރެވޭ ވަރަށް ބުރަކަށި ވެސް އުފެދިފައި ނުވާ" ކަމަށެވެ.

އެހެން ފަރާތަކުން ލިޔެފައިވަނީ "މިހާ ޅައުމުރުގައި މިފަދަ ހެވީވެއިޓްތައް އުފުލުމަކީ ކަށި ބޮޑުވުމަށް ހުރަސްއަޅާ ކަމެއް ކަމުގައި ވެދާނެ އެކަމު ޔަގީނެއް ނޫން" ކަމަށެވެ.

"އަރުޝިއާ ގޯސްވާމީގެ ގަބޫލުނުކުރެވޭފަދަ ކާމިޔާބީއެއް، އެހާ ޅަ އުމުރުގައި ބާރާއި އަޒުމް ދައްކުވައިދިނުން! ހަގީގަތުގައި ވެސް ޝައުގުވެރިވާ ހުރިހާ އެތުލީޓުންނަށް އިންސްޕަޔަރ ކުރާ ކަމެއް،" ތިން ވަނަ ޔޫޒަރ ލިޔެފައިވެ އެވެ.