ތ.ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތުގެ 30 އިންސައްތަ ނިމިފައިވާ އެމްޓީސީސީ އިން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، އެ ރަށުގެ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ކުރުމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އިން އެމްޓީސީސީއާ ހަވާލުކުރީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. 

މިއީ، 148.2 މިލިއަން ރުފިޔާގެ ޚަރަދުކޮށްގެން 8 މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.