ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުވާ ބިޒްނަސް ސެންޓަރުގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ބިޒްނަސް ސެންޓަރުގެ މަސައްކަތުގެ އަދާހަމާ ހިއްސާކޮށްފައިވަނީ، އެކްސްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ، ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، އެމްޑީ ފަހުމީ ކުރެއްވި ޕޯސްޓްގައިވަނީ، 7،500 އަކަފޫޓުގެ ދެ ފަންގިފިލާގެ މައްޗަށް އެކުލެވިގެންވާ މި އިމާރާތުގެ އަމަލީ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކުރާތީވެ، ޚަރަދުން ގާތްގަނޑަކަށް 13 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދި، ސްޓެލްކޯގެ މި ބިޒްނަސް ސެންޓަރުން ލިބެން ހުންނަ ތަކެތީގެ ތެރޭގައި، އިންޖީނާއި، ޓްރާންސްފޯމަރާއި، ކޭބަލްގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ހިދުމަތާ ގުޅުންހުރި ސަމާނުގެ ތެރޭގައި އެކުލެވޭ ސްޓޯރޭޖް ސިސްޓަމް ހިމެނެއެވެ. މިއާއެކު، އިމާޖެންސީ ހާލަތްތަކަށް ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފުރިހަމައަށް ތައްޔާރުވެވިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އިންޖީނާއި، ޓްރާންފޯމަރުތަކާއި، ކޭބަލްތަކުގެ އިތުރުން ސްޓޯރޭޖް ސިސްޓަމްތައް އަދި އިޔާދަކުރަނިވި ހަކަތައާ ގުޅޭ ސާމާނު ވެސް ލިބެން ހުންނާނެކަމަށެވެ. މި ސެންޓަރާ އެކު އިމަޖެންސީ ހާލަތްތަކަށް ރާއްޖެ ފުރިހަމައަށް ތައްޔާރަށް އޮތްކަން އޭނާ ފާހަގަ ކުރައްވައިފައެވެ.

ސްޓެލްކޯ އިން ބިޒްނަސް ސެންޓަރުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.