އުރީދޫ ނޭޝަން އިން ބާއްވަން ތައްޔާރުވަމުންދާ އިންޓަ ރިސޯޓް ޗެމްޕިއަންޝިޕްގައި ރަޖިސްޓަރ ވުމުގެ ފުރުސަތު 25 އޮކްޓޯބަރ ގެ ނިޔަލަށް ހަމަވާނެއެވެ.

މިއީ ރިސޯޓް ސެކްޓަރ އަށް ހާއްސަކޮށްގެން ބޭއްވޭ ފުރަތަމަ އީސްޕޯޓްސް ޗެމްޕިއަންޝިޕެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓްތަކުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް މި މުބާރާތުގައި މިހާރު ބައިވެރިވެވޭނެއެވެ. 

އުރީދޫ ނޭޝަން އިންޓަރ ރިސޯޓް ޗެމްޕިއަންޝިޕްގައި ކުރިއަށްދާނީ އެންމެ މަގުބޫލު ދެ އީސްޕޯޓްސް ޓައިޓަލް ކަމަށްވާ ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 24 އެވެ. މި މުބާރާތަކީ ރާއްޖޭގެ ރިސޯޓްތަކުގެ ކުޅުންތެރިންނަށް ޓީމްތައް އެކުލަވާލައި ހުނަރު ދައްކާލުމަށް ހުޅުވާދެފިފައިވާ ޕްލެޓްފޯމެކެވެ. 

މުބާރާތުގެ ހައިލައިޓްސް:

• ގޭމްސް: ޕަބްޖީ މޯބައިލް 

• ޕްރައިޒް ޕޫލް: 10،000 ރުފިޔާ

• ގޭމްސް: އީއޭއެފްސީ 24

• ޕްރައިޒް ޕޫލް: 10،000 ރުފިޔާ

މި ޗެމްޕިއަންޝިޕާއެކު އުރީދޫގެ އަމާޒަކީ ރިސޯޓް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އުފައްދައި، ހަލުވިކަމާއެކު ފުޅާވަމުންދާ އީސްޕޯޓްސްގެ ޑިޖިޓަލް އެރީނާއެއްގައި ގުޅާލައި ވާދަކުރުމަށް ހާއްސަ ޕްލެޓްފޯމެއް ފަހިކޮށްދިނުމެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ތެރޭގައި އީސްޕޯޓްސް އާއި ޑިޖިޓަލް އިނޮވޭޝަން ކުރިއެރުވުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް ދައްކުވައިދޭ ކަމެކެވެ

އިތުރު މައުލޫމާތާއި ރަޖިސްޓްރީ ކުރުމުގެ މައުލޫމާތު އުރީދޫ ނޭޝަންގެ ރަސްމީ ވެބްސައިޓުން ލިބިގެންދާނެއެވެ