ބޭނުންވާ ތަކެތި:
500 ގްރާމް ކުކުޅު ފައި ނުވަތަ 500 ގުރާމް ކޮށި ކުކުޅު މަސް
4 އަލުވި (ބޮޑެތިކޮށް ކޮށާފައި)
1 ސައިސަމުސާ މުގުރިމިރުސް
6 ލޮނުމެދު (ގާނާފައި)
1 ސައިސަމުސާ އޮރިގާނޯ ސްޕައިސް
1/2 ޖޯޑު ލިނބޯ ހުތް
1/2 ޖޯޑު އޮލިވް އޮއިލް
1 ސައިސަމުސާ މުގުރި އަސޭމިރުސް
1/2 ޖޯޑު ފެން
2/3 ޖޯޑު ފާރސްލީ ފަތް (ކޮށާފައި)
ލޮނު
ތައްޔާރުކުރާނެ ގޮތް:
ބޮޑު ތަށްޓެއްގައި މުގުރިމިރުސް، އަސޭމިރުސް، އޮރިގާނޯ އަދި ލޮނު އެއްކޮށްލާށެވެ. އެއަށް ކުކުޅު އަދި އަލުވި އަޅާފައި ރަނގަޅަށް އެއްކޮށްލާފައި 30 މިނެޓް ވަންދެން އައިސްއަލަމާރީގައި މެރިނޭޓް ކޮށްލަން ބަހައްޓާށެވެ. ދެން ބޯތަށްޓެއްގައި ގާނާފައި ހުރި ލޮނުމެދު، ފެން، ލޮނު އަދި ލިނބޯހުތް އަޅާފައި ރަނގަޅަށް ގިރާލާށެވެ.
200 ޑިގްރީއަށް އަވަން ހޫނު ކުރާށެވެ. އެއަށްފަހު ޓްރޭއެއްގައި ކުކުޅާއި އަލުވިތައް އަތުރާލުމަށްފަހު 15 މިނެޓް ވަންދެން ފިހާށެވެ.
ދެން 15 މިނެޓް ވީމަ ޓްރޭ ނަގާފައި ތައްޔާރު ކުރި ލިބޯ ސޯސް އަދި ޕާރސްލީ ފަތް ކުކުޅުތައް މައްޗައް އަޅާފައި 5 މިނެޓް ވަންދެން ފިހެލާށެވެ.
* މިއީ ކުކުޅުގެ ބާވަތްތަކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ކެއުމެކެވެ. ބަތް ނުވަތަ ރޮށްޓާއި އެއްކޮށް ކާލަން ވެސް ވަރަށް މީރު ވާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން