ބޭނުންވާ ތަކެތި:

1 ޖޯޑު ސާގު (ކައްކާފައި ރަނގަޅަށް ދޮވެފައި ތާންގަނޑު ދުއްވާލާފައި)
1 ޖޯޑު ހަުކުރު
1 ޖޯޑު ކާށި ބޯކިރު
1 ޖޯޑު ހުވަނދުމާ ފެން
1 އިންޗި ރާނބާފަތް
5 ކާފޫރު ތޮޅި
5 ޖޯޑު ފެން

 

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ސާގު އަޅައިގެން 5 ޖޯޑު ފެނާއި، ކާފޫރު ތޮޅި، ރާނބާފަތް އަދި ހަކުރު އަޅައިގެން މަޑު ގިނީގައި ކައްކާށެވެ. 10 މިނެޓް ކެއްކުމަށްފަހު ހުވަނދުމާފެން އަދި ކާށިކިރު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. 5 މިނެޓު ވަންދެން ކައްކާފައި ސާގުކޮޅު އުނދުންމަތިން ބާލާށެވެ.

 

*ސާގުން ހަދާ ގިނަ ބާވަތްތަކަކީ ޒަމާނުއްސުރެ ދިވެހިންގެ މަގުބޫލުކަން ލިބިފައިވާ ކެއުންތަކެވެ. ހަކުރު އަދި ބޯކިރުގެ ބަދަލުގައި ގެރިކިރުވެސް މި ކަނދި ކެއްކުމަށް ބޭނުން ކޮށްލެވިދާނެއެވެ.