ލޯތްބަކީ ކަނު ނުވަތު އެއްވެސް ސަބަބެއް ނެތް އެއްޗެކެވެ؛ މީހަކަށް ކޮންމެ މީހަކާ ނުވަތަ ކޮންމެ އެއްޗަކާ ވެސް ލޯބިވެވިދާނެ އެވެ. ބޮޑުން ފެށިގެން ކުޑައަށް ވެސް އެއީ މީހެއްގެ ޝަޚުޞިއްޔަތާއި، ޕްރޮފެޝަނާއި، މީހުން އާދަތަކާއި، ނުވަތަ މީހަކު ވެހިކަލްގެ ގިއާ ބަދަލުކުރުމުގެ ސްޓައިލް ކަމަށް ވެދާނެއެވެ! އެއިން ކޮންމެ ކަމެއް ދެކެވެސް ލޯބި ވެވިދާނެއެވެ

ދާދި ފަހުން ޕާކިސްތާނުގެ އަންހެނަކު ވަނީ އޭނާ އެރި ވެހިކަލްއެއްގެ ޑްރައިވަރަކާ ލޯބިވެފައެވެ. އަދި މި ލޯބީގެ ގުޅުމުގެ ސަބަބަކީ އޭނާގެ ރީތި ސިފައާއި، ޝައުގުވެރި ޝަޚުޞިއްޔަތާއި، އޭނާގެ ފައިސާއާއި މުދަލެއްވެސް ނޫނެވެ. ސަބަބަކަށްވީ ނިކަމެތި އަދި ބިޒީ ޑްރައިވަރުގެ ގިއާ ބަދަލުކުރާ ސްޓައިލެވެ.  

ޕާކިސްތާންގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މިއަންހެން މީހާ ވަނީ ކާރު ދުއްވަމުން ދިޔައިރު ޑްރައިވަރު ގިއާ ބަދަލުކުރާ ގޮތާ މެދު ހިތްކިއާ ލޯބިވެގެން ޑްރައިވަރާ ކައިވެނިކޮށްފައެވެ.

އަންހެން މީހާ ޑެއިލީ ޕާކިސްތާނަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ ފިރިމީހާ، ނުވަތަ ކުރީގެ ޑްރައިވަރު، އޭނާއަށްކުރިން ދުއްވުމުގެ ފިލާވަޅުތައް ދިން ކަމަށެވެ. އެއީ ކާރު ދުއްވާއިރު އޭނާ ގިއާ ބަދަލުކުރި ގޮތުގެ އަގުވަޒަންކުރުމަށްފަހު އޭނާދެކެ ލޯބިވި ވަގުތުކަމަށްވެސް ހާމަކޮށްފައެވެ. އެހެން ކަމުން މީހެއްގެ ގައިގައި ހުންނަ ކުޑަ ހުންރެއް ދެކެވެސް ލޯބިވެވިދާނެކަން މިއަންހެންމީހާ ވަނީ ހާމަކޮށްދީފައެވެ.