ކޮންމެ މީހެއް ވެސް ގަޔާވާ ކަންތައްތަކެއް ހުރެއެވެ. އެންމެ ގަޔާވާ ކުލައަކީ އޭގެ ތެރެއިން އެއް ކަމެވެ. 'ފޭވަރިޓް' ނުވަތަ އެންމެ ގަޔާވާ ކުލައާ މެދު އެކި މީހުން އަމަލު ކުރަނީ ވެސް އެކި މިންވަރަށެވެ. ބައެއް މީހުން ހަމަ އެކަނި ގަޔާވާ ކުލައިގެ ގޮތުގައި ކަނޑައެޅިފައި އޮންނަ ކަން އެކަންޏެވެ. ނަމަވެސް، ތިމާ ގަޔާވާ ކުލައިން ނޫނީ އެއްވެސް އެއްޗެއް ނުހޯދޭ މީހުން ވެސް އުޅެއެވެ. އަދި އެ ކުލައިން ހޯދާ އެއްޗެއް ނުލިބިގެން ކަންބޮޑުވެ ރުޅި އަންނަ މީހުން ވެސް މަދެއް ނޫނެވެ. ބައެއް މީހުން އެންމެ ގަޔާވާ ކުލައެއް ނޯވޭ ބުނި ކަމުގައި ވިޔަސް، އެމީހުންގެ ވެސް އެހެން ކުލަތަކަށް ވުރެ އިސްކަންދޭ ކުލަ ތަކެއް ހުންނަ ކަމީ ހަގީގަތެކެވެ.

ރަތް ކުލަ: ރަތް ކުލަ ރީތި މީހުންނަކީ ހަރަކާތްތެރި ބައެކެވެ. ކަމެއް ހާސިލް ކުރުމަށް އަމަލީ ގޮތުން ބައިވެރިވުން ދޭން އަބަދުވެސް ތައްޔާރަށް ތިބޭ ބައެކެވެ.

އޮރެންޖް ކުލަ: މި ކުލަ ރީތި މީހުން އެހެން މީހުންނާއެކު އުޅެން އަބަދު ވެސް ބޭނުން ވާނެއެވެ. އަދި އެހެން މީހުން ބަލައިގަންނަން ބޭނުންވާނެއެވެ. ދިރިއުޅުމުގައި ތަފާތު ކަންކަން ތަޖުރިބާކޮށް ކާމިޔާބު ކުރަން ބޭނުންވާނެއެވެ.

ރީދޫ ކުލަ: މި ކުލަ ރީތި މީހުން ކޮންމެ ދުވަހެއްގެ ދިރިއުޅުމުގައި ވެސް އިސްކަން ދޭނީ ދެކޭ ގޮތުގެ މައްޗަށެވެ. ތިމާ ވިސްނާ ގޮތުގެ މައްޗަށް ބިނާކޮށް އައު ވިސްނުން ތަރައްޤީ ކުރާނެއެވެ.

ފެހި ކުލަ: މިއީ ލޯތްބާ ގުޅުން ހުރި ކުލައެކެވެ. މި ކުލަ ރީތި މީހުން ލޯބިވާން ބޭނުންވާ ފަދައިން އެހެން މީހުންގެ ލޯތްބާއި އަޅާލުންވެސް ބޭނުން ވާނެއެވެ. އަދި ކިތަންމެ ކުޑަ ކަމެއް ކުރިޔަސް އެހެން މީހުން އެކަން ފާހަގަ ކުރަން ހިތް އެދޭނެއެވެ. "ޝުކުރިއްޔާ" އަކުން ވެސް މިފަދަ މީހުންގެ ދުވަސް ބާއްޖަވެރި ކޮށްލެވިދާނެއެވެ.

ނޫ ކުލަ: އަބަދުވެސް ކަންކަމުގެ އެންމެ ފުނަށް ދާން ބޭނުން ވާނެއެވެ. ސިއްރު ހޯދަން ބޭނުން ވާނެއެވެ.

ވައިލެޓް/ ޕާޕްލް: މި މީހުންނަކީ ވަރަށް ޖަޒުބާތީ ބައެކެވެ. ވަރަށް އަވަހަށް ދެރަވެ އަސަރު ކުރާނެއެވެ. އެހެން މީހުންނަށް އެހީތެރިވުމުގައި އިސްނަގާނެއެވެ.

ފިޔާތޮށި: އެހެން މީހުން ތިބާ ބަލައިގަންނަން އިންތިހާއަށް ބޭނުން ވާނެއެވެ. އަދި އެހެން މީހުންގެ ލޯބި އިންތިހާއަށް ބޭނުން ވާނެއެވެ.

ކަޅު ކުލަ: މި ކުލަ ރީތި މީހުން ބާރުވެރިކަމަށް ލޯބި ކުރާނެއެވެ. އެއީ އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށްޓަކައެވެ.

ހުދުކުލަ: މިއީ އަމިއްލައަށް ކަންކަން ކުރުމަށް ލޯބިކުރާ އަދި އާދައިގެ ދިރިއުޅުމަކަށް ލޯބި ކުރާ މީހުންގެ ކުލައެކެވެ.

 

އެހެންކަމުން، ނޭނގި ނަމަވެސް، ތިމާގެ އެންމެ މަގުބޫލު ކުލައިން ތިމާގެ މިޒާޖު އެބަ ދައްކުވައިދެއެވެ. މަގުބޫލު ކުލައަކީ ދުވަސްވަރާ ނުވަތަ އުމުރަށް އަންނަ ބަދަލަކާ ގުޅިގެން ބަދަލުވެސް ވާ އެއްޗެކެވެ. ކުޑައިރު ލޯބިކުރި ކުލައަށް މިހާރު ލޯބި ނުވެވެސް ހުރެދާނެއެވެ. އެއީ މިޒާޖަށް އަންނަ ބަދަލުގެ ސަބަބުން ވާކަމެކެވެ.