އަޅުގަނޑުމެންގެ ގެއަކީ މިވަގުތު ހަޑިވެފައިވާ ތަނެއް ކަމުގައި ވިޔަސް، އެއީ- ތެދަށް ބުނާނަމަ-  ދަރިން ލިބުނުފަހުން އާންމު އަދި އާދައިގެ ކަމަކެވެ. ކްލީންއަޕް ލަވަތައްކިޔާ ކުދިންނާއިއެއްކޮށް ގޭތެރެއަށް އުކާފައިވާ ކުޅޭސާމާނު ދުވާލަކު ތިންފަހަރު ނެގިނަމަވެސް ހޮވަންޖެހޭ ކުޅޭ ސާމާނުގެ އަދަދަކަށް ބަދަލެއް ނާދެއެވެ. ކުލަކުލައިން ކުރަހާލާފައިވާ ފާރުތަކާއި  ޕޮލްކާ ޑޮޓް (ސްޓޭއިންސްގެ ގޮތުގައި) ރަގްތައް ހުންނަ ގެއެއްގައި އަރާމުކުރަން ޖައްސާލެވެނީ ސޯފާމަތީ އޮންނަ އެކްޝަން ފިގަރ ނުވަތަ ސޮފްޓް ޓޯއީއީ އެއްގެ މަތީގައެވެ.

ތަރުތީބުކޮށް އަބަދު ސާފްކޮށް އޮންނަ ތަނެއްގައި ދިރިއުޅުނު ހަނދާނެއް މިހާރަކު ނުހުރެއެވެ. މިހާރު ހަނދާނުގައި ހަރުލާފައިވަނީ އެކިކަނަށް އެކި ކުޅޭއެއްޗެހި އަޅާފައިވާ ތަނެވެ. ސާފުނުކުރާތީކީ ނޫނެވެ. އުކާލާފަހުންނަ ތަކެތި ނުނަގާތީކީވެސް ނޫނެވެ. އަދި ކަންނެތްކަމުން ނުވަތަ ފަރުވާކުޑަ ކަމުންނެއް ނޫނެވެ.
އެކަމަކު އަހަރެމެންގެ މިހާލަތާއި ދުރުވެ ރަނގަޅަށް މިކަމާއި މެދު ވިސްނާލުމުން  އަބަދަކު މިހެން ނުވާނެކަން ހިތް ހަނދާންކޮށްދެއެވެ.

މީގެ އެތައް އަހަރެއް ފަހުން އަނެއްކާވެސް އަޅުގަނޑުމެންގެ ގެދޮރު ތަރުތީބުވެގެންދާނެއެވެ. ބިންމަތީގައި ހޮވަންޖެހޭ ކުޅޭއެއްޗެއްނުހުންނާނެއެވެ. ފެންކުލައިން ތަތްގަނޑު އަރުވާލާފަވާ ކުދިކުދި ލޯބި އަތްތިލައިގެ ނިޝާންތަކެއް ނުހުންނާނެއެވެ.

އަޅުގަނޑުމެންގެ ތުއްތު ދަރިން ބޮޑެތިވެ ކޮލެޖަށް ދާންފެށުމުން، އަހަރެމެން ކޮފީތައްޓެއް ހިފައިގެން ގޭގެ ސޯފާގައި އިށީނދެލާއިރު ، ފުރިހަމައަށް ފޮޅާރީތިކޮށްފައިވާ  ފާރުތަކުގައި ކުލައެއް ކުރެހުމެއްނެތް ސާފުގެއެއް ފެންނާނެއެވެ. އަދިއެސާފު ސިޓިންރޫމްގެ ތަޅުމުގައި އަހަރެމެންގެ  ތުއްތު ދަރިން ބްލޮކްސްއިން ބިނާކުރި ޓަވަރެއްގެ މަތީގައި ކުޅޭކުޅޭ ޑައިނަސޯއެއް ބަހައްޓާފައެއް ނުހުންނާނެއެވެ. ބަދިގޭގައި އިރުއިރުކޮޅާ ފުހެލާނެ ޗޮކްލެޓް މިލްކް ބަންޑުންވެފަ އެއް ނުހުނާނެއެވެ.އަދި އިރުއިރުކޮޅާ ދޮންނަން ޖެހޭ ކުދިކުދި ހެދުންތައް ވެސް ނުހުންނާނެ އެވެ. އަދި އެއްދުވަހަކު، ގަބޫލު ކުރިޔަސް ނުކުރިޔަސް، އަޅުގަނޑުމެންގެ ކުދިން އަމިއްލައަށް އެޕާޓްމަންޓްތަކާއި ގެތަކުގައި އުޅެންދާނެއެވެ. އެދުވަހަކުން ގޭތެރެ އޮންނާނީ ހުހަށެވެ. ގޭތެރެ ހަޑިކުރާނެ ތުއްތު އަތްތަކެއް ނުތިބޭނެއެވެ.

އަޅުގަނޑުމެންނަށް ހީކުރެވެނީ، ތަރުތީބު ގެއެއް ހޯދުމަށް މިހާރުވެސް  އިތުރު މަސައްކަތެއް ކުރެވިދާނެކަމަށެވެ. އަދި ކޮންމެހެން ދަރިން ކޮލެޖަށް ދާން ނުވަތަ ބޮޑެތިވެގެން އަމިއްލަ ގެއެއް ހޯދަންދެން މަޑުކުރާކަށް ނުޖެހޭނެކަމަށެވެ.އެކަމަކު އަޅުގަނޑުމެންގެ ދިރިއުޅުން އެއައްވުރެން މާބިޒީއެވެ. އެއްބަޔަކު ތިންހަތަރު ދަރިން ގޮވައިގެން އެކަނިމާއެކަނިއެވެ. އަނެއްބައަކު ވަޒީފާ އަދާކުރަމުން ކުދިންގެ ޒިންމާ އަދާކުރުމުގައެވެ.

އަޅުގަނޑުމެންގެ ތުއްތު ކުދިން ކުޑަކޮށް ތިބޭނީ ދުވަސްކޮޅަކަށެވެ. އަދި އެކުދިންގެ ހަޔާތުގެ މި މުހިންމު އަހަރުތައް ކޮންމެހެން ވަކިތަނެއްގައި ވަކިވަގުތެއްގައި ވަކިގޮތަކައް އެއްޗެހި ބަހައްޓައިގެން މަޖުބޫރުކޮށްގެން މިމުހިންމު ދުވަސްތައް ހޭދަކުރުމަށް ވުރެންމުހިންމީ އެކުދިންނަށް ކުޑަކުއްޖެންހެން އުޅޭނެ ފުރުސަރު ދިނުމެވެ. ކުޅޭނެ ފުރުސަތުދީ ކުޅެމުން އުނގެނުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި މިކަމުގެ ތެރެއިން އެކުދިންނަށް އަމިއްލަ ކުޅޭސާމާނު ކުޅެނިންމާފައި ނެގުމަށް އިރުޝާދު ދިނުމާއި ގޭތެރެ ސާފް ކޮށް ބޭއްވުމަށް ކިޔާދިނުމުން ތަރުތީބު ދިރިއުޅުމަކަށް އިސްކަންދޭންޖެހޭކަން އެކުދިންނަށް ދަސްވާނެއެވެ.ވަގުތުން ވަގުތައް އެކުދިންގެ ގައިގާ އެއާަދަތައް ހަރުނުލުމަކީ މައްސަލައެއްނޫނެވެ. އެކުދިން ފިރުކެމުންގޮސް ހިމގައިގަތީވެސް ވަގުތަކުން ނޫނެވެ.

އަޅުގަނޑުމެންގެ ގެތައް މާތާ ސްޓިވަރޓް ލިވިންގްގެ ޞަފްޙާތަކުގައި ހިމެނޭހާ ފުރިހަމައަށް އަބަދު ނެތްނަމަވެސް ، އެއީ މައްސަލައެއް ނޫނެވެ. އަޅުގަނޑުމެންގެ ގެތަކަކީ ހީސަކަރާތްޖަހާ އަޑުން ފުރިފައިވާ , ކުދި ކުދި އަތްތަކުން ކުލަކުލައިގެ ރީތި ކުރެހުންތަކެއް ކުރަހާ , ލެގޯގެ ތިންހަތަރު ޓަވަރު ހިމެނޭ  ކުޅުމާއި އުފަލާ ސަކަރާތުގެ ގެތަކެކެވެ.

ކުދިންގެ ތުއްތު އުމުރުގައި ގެއަކީ އަޅުގަނޑުމެން ދަސްކޮށް އުނގެނޭ ތަން، ހެދި ބޮޑުވާ ތަން، ކުޅެ ސަކަރާތްޖަހާތަން އަދި  އަޅުގަނޑުމެން އެކްސްޕްލޯރ ކުރާ ތަނެވެ. އަހަރެމެން އެންމެން ބިޒީކޮށް ކުރަން މިތަނުގައި މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ގޭތެރެ އެއްގޮތަކަށްވެސް ހަޑިނުކޮށް އަބަދު ސާފުކޮށް ތަރުތީބުކޮށް ބާއްވާނީ މިވަގުތަކު ނޫނެވެ. މިވަގުތު ހުސްކޮށްލަން ބޭނުންވަނީ ތުއްތު ދަރިފުޅުމެނާއިއެކު އަޅަންޖެހޭ ކިއްލާތަކާއި، ހޯސްޓް ކުރަންޖެހޭ ޓީޕާޓީތަކާއި، ކުރަހަންޖެހޭ ކުރެހުންތައް ކުރަހާ ކުލަޖެއްސުމުގައާ ބްލޮކްސްތަކުން ޓަވަރުހަދާ ވައްޓާލުމާއި އެކު ތުއްތު އިރުގެ މިކުރު ދަތުރުގެ ފޮނިމީރުކަމުގެ އުފާ ފުރިހަމައަށް ހޯދުމުގައެވެ.

މިއަދު އެންމެ ހިތްއެދެނީ އެކުދިން މުއާމަލާތްކޮށް އީޖާދުކޮށް، އެންގޭޖްވެ، އަމިއްލައަށް ފޫހިފިލުވާ ގޮތް ބަލާލުމަށް ނަޒަރު ހިންގާލުމަށެވެ . އެއީ ސްލައިމް އިން މޭޒު ހަޑިކޮށް  ނުވަތަ ގްލިޓަރ ބިންމައްޗަށް އަޅާ ހަޑިކުރިކަމުގައި ވިޔަސްއެވެ.

އިރު އިރު ކޮޅާ ކޮންމެސް އެއްޗެއްކާން ބޭނުންވިނަމަވެސް , ހަޑިކޮށްފައިވާ އިނގިލީގެ ނިޝާން ތަންތަނުން ދިހަބާރަ ފަހަރު ފޮހެލުން ކަމުގައި ވިޔަސް,  ނިދަން ބޭއްވުމުން އެނދުގައި އެއްލަން ބޭނުންވާ ބުރުތައް އެތައްފަހަރަކު ބަލަންޖެހުނު ކަމަށްވިޔަސް ކުޑަކުދިން ތަރުބިއްޔަތު ކުރުމަކީ  ވަރުބަލިވާ ނަމަވެސް  އެންމެ ފުރިހަމަ މަސައްކަތެވެ.