2008 ވަނަ އަހަރު ޔަސޫޝީ 'ޔަސަން' ޓަކަހާޝީ ބޭނުންވީ އޭނާގެ ލޯބިވެރިޔާ އަށް ޕްރޮޕޯސް ކުރާނެ މޮޅު ގޮތެއް ހޯދުމަށެވެ.

އެހެންކަމުން އޭނާ ދިޔައީ ހަ މަސް ދުވަހުގެ ތެރޭގައި 4000 މޭލު (7،163 ކިލޯމީޓަރު) ދަތުރެއްގައި ކަމަށް 2019 ވަނަ އަހަރު ގޫގުލްގައި އާންމުކުރި ވީޑިއޯއަކުން ދައްކަ އެވެ.

އޭނާ މިކަން ކުރުމުންވީ ދުނިޔޭގެ އެންމެ ބޮޑު ޖީޕީއެސް އާޓް އުފެއްދި މީހާއެވެ. މި އިވެންޓުގެ ސަބަބުން އޭނާއަށް ވަނީ ގިނިސް ވޯލްޑް ބުކް ރެކޯޑެއް ވެސް ލިބިފައެވެ.

މި މެސެޖު ޖީޕީއެސްގައި ލިޔުމުގެ ގޮތުން ޓަކަހާޝީ ދަތުރުކުރީ ޖަޕާނުގެ އުތުރު ފަރާތުގައި އޮންނަ ހޮކައިޑޯ ޖަޒީރާއިން އެގައުމުގެ ދެކުނު ކޮޅުގައި އޮންނަ ކަގޯޝިމާގެ އައްސޭރިއަށެވެ.

އެ އެޑްވެންޗާގައި އޭނާ ވަޒީފާ ދޫކޮށްލާފައި ހަ މަސް ދުވަހުގެ ދަތުރު ފެށީ އޭނާގެ 31 ވަނަ އުފަންދުވަހުގަ އެވެ.

ޖީޕީއެސް ދަތުރުގެ ކުރިން ޓަކަހާޝީ ދުވަހަކުވެސް ޓޯކިޔޯ ދޫކޮށްފައެއް ނުވެއެވެ. މި ފަންނުގެ ސަބަބުން އޭނާއަށް ހިޔާވަހިކަން ހޯދުމަށް ރޭގަނޑު ކާރުގައި ނިދާއިރު ހުރިހާ ބާވަތެއްގެ އާ ސަރަހައްދުތަކެއް ހޯދުމުގެ ފުރުސަތު ލިބުނެވެ.

ހުރިހާ ބާވަތެއްގެ މޫސުމީ ހާލަތަކަށް އޭނާ ހިތްވަރުކުރީ ލޯތްބަށްޓަކައެވެ. އަދި އޭނާގެ ލޯބިވެރިޔާ އާނއެކޭ ބުނުމުން އޭނާދުނިޔެ ރަންވީކަހަލައެވެ.

މިއަދު ޓާކަހާޝީ ވަނީ 24 ގައުމެއްގައި 100،000 ކިލޯމީޓަރަށް ވުރެ ދިގު ޖީޕީއެސް އާޓް ޕިސްތަކެއް އުފައްދާފައެވެ.

ޖީޕީއެސް އާޓަކީ ވަކި މަގުތަކެއްގައި ކުރާ ހަރަކާތްތައް ޓްރެކް ކުރުމަށް އެޕް ބޭނުންކޮށްގެން ގޫގުލް މެޕްސް ނުވަތަ ސްޓްރާވާ (ފިޓްނަސް ޓްރެކިން އެޕް) ގައި ތަސްވީރެއް އުފެއްދުމެވެ.