ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް ތަފާތު އަނިޔާތައް ކޮށް އުޅެއެވެ. ތަހުޒީބު ބޮޑެތި މުޖުތަމައުތަކުގައިވެސް މެއެވެ. އަދި ކިއެއް އިސްލާމީ މުޖުތަމައުތަކުގައިވެސް މަދުމަދުން މިފަދަ މަންޒަރުތައް ފެނެއެވެ. ނަމަވެސް ދިވެހިރާއްޖޭގައި މިފަދަ އަނިޔާވެރި އަމަލުތައް ވަރަށްވެސް މަދުން ނޫނީ ނުފެނެއެވެ. މިއީ ދިވެހިންގެ ދީންވެރިކަމާއި ތަހުޒީބާއި ތަންދޮރު ދަތުމުގެ ހެޔޮ ނަތީޖާއެވެ.

ދާދި ފަހަކުން އަވަށްޓެރި އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގައި ވަނީ ކުޑަ ދެކުދިންތަކަކަށް އަނިޔާކޮށް އިހާނެތިކޮށް ހަދާފައެވެ. މި ހަބަރު މީސްމީޑިޔާގައި ވަނީ ވަރަށްބޮޑަށް އާއްމުވެފައެވެ. އުމުރުން އެއްމެ 10 އަހަރުގެ ކުއްޖަކަށާއި 15 އަހަރުގެ ކުއްޖަކަށް ކުރި މި އަނިޔާތަކުގެ މަންޒަރު ދައްކުވައިދޭ ވީޑިއޯތައްވެސް މީސްމީޑިޔާގައި ވަނީ ދައުރުވެފައެވެ.

ފިހާރައަކުން ވައްކަން ކުރި ކަމަށް ބުނެ، އެ ދެކުދިން ހިފަހައްޓާ ވަނީ އެކުދިންގެ އަންނައުނުތައް ބާލާފައެވެ. އަދި ގަދަކަމުން އިންސާނުންގެ ކުޑަކަމުދާ ތަކެތި ވެސް ވަނީ އެކުދިންނަށް ބޯންދީފައެވެ. އަދި އެ ވީޑިއޯތަކުން ފެންނަ ގޮތުގައްޔާއި އިންޑިޔާގެ ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި އެކުދިންގެ ގައިގާ ކުޅި ހަވާދު އުނގުޅާ އަވީގައި ބައިތިއްބާފައިވެސް ވެއެވެ. 

މިކަންކަން ހުއްޓުވުމަށް އެއްވެސް މީހަކު ނޫޅޭތަން ވީޑިއޯއިން ފެންނަ އިރު، ފުލުހުންނަށްވެސް މިކަންކަން އެނގުނީ އެ ވީޑިއޯ މީސްމީޑިޔާގައި ދައުރުވާން ފެށުމުންކަމަަށް ބައެއް މަސްދަރުތަކުގައި ވަނީ ލިޔެފައެވެ. މި ދެ ކުޑަކުދިންނަށް އަނިޔާކޮށްފައިވަނީ ހިންދޫ ދީނުގެ ބައެއްކަމަށްވެސް އިންޑިޔާގެ ބައެއް ނޫސްތަކުގައިވަނީ ފާހަގަ ކޮށްފައެވެ.

މިފަހަކަށް އައިސް އިންޑިޔާގެ ހިންދޫންގެ ކިބައިން އަނިޔާވެރި އެތައް ކަމެއް ދަނީ ފެންނަމުންނެވެ. ނާތަހުޒީބު، ހަޑި މުޑުދާރު އެތައް ކަމެއް އެފަދަ މުޖުތަމައުތަކުގައި ދަނީ ތަކުރާރު ވަމުންނެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަ ކުރާ ގޮތުގައި މިކަންކަން މިހެން މެދުވެރިވަނީ، އެބައިމީހުންގެ އަގީދާގައި ހަރުދަނާ ކަމެއް ނެތުމާއި އެކު، ތަހުޒީބަށް ބީރައްޓެހި ވުމާއި ތަންދޮރު ނުދަތުމުންނެވެ. ހާއްސަކޮށް ދީނީ ފާސިދު އަގީދާގެ ސަބަބުންނެވެ. ދިރާސާވެރިން ފާހަގަ ކުރާގޮތުގައި އެފަދަ މުޖުތަމައުތަކުގައި އުފާވެރިކަމެއް އަމާން ކަމެއް ނޯންނާނެއެވެ.

ކަންމިހެން ހުރުމާއި އެކު އަހަރެމެން ދިވެހިން އުފާކުރަންޖެހޭ ހަގީގަތަކީ ދިވެހިންގެ ސާފު އަގީދާއާއި ތަހުޒީބަށް ދިވެހިން ލޯހުޅުވި، ތަންދޮރު ދަތުމުގައި ދިވެހިންގެ ފުންނާބު އުސްކަމެވެ. މިކަންކަމުގެ ސަބަބުން އެފަދަ ނާތަހުޒީބީ އަނިޔާވެރި އަމަލުތައް، ހާއްސަކޮށް ކުޑަކުދިންނާ ދޭތެރޭ ހިނގާލެއް މި މުޖުތަމައުގައި މަދެވެ. ނަމަވެސް މަދުމަދުން އެފަދަ ކަންކަން ނުހިނގާ ވާހަކެއް ނޫނެވެ. އަޅުގަނޑުމެންގެ އުންމީދަކީ އަދި ދުޢާ އަކީ އެފަދަ އަނިޔާވެރި ނާތަހުޒީބު އަމަލުތައް މި ރާއްޖެއިންނާއި އަދި މުޅި ދުނިޔެއިން މުޅިންހެން ފިލާ ދިއުމެވެ.