ސައިންޓިސްޓުން އަދި ފިޒިއޮޓްނަމިސްޓުން ގަބޫލުކުރާގޮތުގައި މީހެއްގެ ޝަހުސިއްޔަތު ދެނެގަތުމުގައި އެމީހެއްގެ ތުންފަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދެވެއެވެ. އަހަރެމެންގެ އިހުސާސްތައް ބަހުގެ ޒަރީއާއިން ހާމަކުރާއިރު ތުންފަތަށް ގެނެވޭ ހަރަކާތްވެސް މިކަމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރެއެވެ. އެގޮތުން މީހުންގެ ތުންފަތުގެ ބައްޓަމަށް ބަލާ އެމީހުންގެ ޝަހުސިއްޔަތާއި މިޒާޖު ދެނެގަތުމަށް ސައިންވެއިން ވަރަށް ގިނަ ދިރާސާތައް ކުރެއެވެ. މިފަދަ ދިރާސާތަކުން ނަތީޖާ ނެރެނީ ގިނަބައެއްގެ މައުލޫމާތު އެއްގޮތް ވުމުންނެވެ. ނަމަވެސް ތިޔަ ބޭފުޅުންނާއި މިކަން ގުޅުން ހުރިވަރެއް ޔަގީންކޮށް ލުމަށް ކިޔާލާށެވެ.

  1. ފުފިފައި ބޮޑުކޮށް ހުންނަ ތުންފަތް

މިހެން ތުންފަތް ހުންނަ މީހުންނަކީ އިންސާނުންނަށާއި ޖަނަވާރުންނަށް ވަރަށް އޯގާތެރި ބައެކެވެ. އަދި ކުލުނުވެރިކަން ވަރަށް ބޮޑަށް ހިތުގައިވާ ބައެކެވެ. ހާސްކަން ގެނުވާ ޙާލަތެއްގައިވެސް އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ދެންތިބޭ މީހުންގެ އިޙްސާސްތަކަށް ވިސްނާނެއެވެ. މިއީ ބެލެނިވެރިންގެ ގޮތުގައި ވަރަށް ކާމިޔާބު ބައެކެވެ.

  1. ތިރީ ތުންފަތަށްވުރެ މަތީ ތުންފަތް ބޮޑުކޮށް ހުރުން

މިހެން ތުންފަތް ހުންނަ މީހުންނަކީ ކަންބޮޑުކުރަން ބޭނުންވާ ބައެކެވެ. އެމީހުންގެ މި ސިފައިގެ ސަބަބުން އެހެންމީހުން އެމީހުންގެ ފުށަށް ލަންބާލާނެއެވެ. މިއީ ސަމާލުކަން ހޯދުމަށް ލޯބިކުރާ ބައެކެވެ. ގްރޫޕެއްގެ ތެރޭގައި ވާ ނަމަ އެންމެ މަޖާ ބަސްތަކާއި ޖޯކްތައް އަންނާނީ އެމީހުންގެ ފަރާތުންނެވެ.

  1. މަތީ ތުންފަތަށްވުރެ ތިރީ ތުންފަތް ބޮޑުކޮށް ހުރުން

މިހެން ތުންފަތް ހުންނަ މީހުންނަކީ އެއްތަނެއްގައި މަޑުން އިންނަ އުނދަގޫ އަދި މަޖާކުރަން ބޭނުންވާ ބައެކެވެ. މިމީހުނަށް ބޭނުންވަނީ ހަރަކާތްތެރި ދިރިއުޅުމާ، އާ ރައްޓެހިންނާ އާ ތަންތަނުގެ އިތުރުން އާ ކަންކަން ތަޖުރިބާ ކުރުމެވެ. މިއީ ކަންކަން ހޯދާ ބަލަން ޝައުގުވެރިވާ ބައެކެވެ. މިއީ އެހެންމީހުން ގޮވައިގެން އެމީހުނަށް އާ ކަންކަން ދަސްކޮށްދިނުމަށް އިސްނަގާނެބައެކެވެ.

  1. އާދައިގެ ތުންފަތް

މިހެން ތުންފަތް ހުންނަ މީހުންނަކީ އެމީހުންގެ ވިސްނުން ބޭނުންކޮށްގެން، ވަކި ފަރާތަކަށް ނުޖެހި ކަންކަމުގެ ހައްލު ހޯދަން މަސައްކަތް ކުރާ ބައެކެވެ. އެމީހުނަށް ލިބިފައިވާ އެންމެ ބޮޑު ގާބިލް ކަމަކީ އެހެން މީހުންގެ ވާހަކަތައް ކަނުލާ އަޑުއެހުމުގެ ކެތްތެރިކަމެވެ. ފާޑުކިޔުންތަކަށް މަރުޙަބާ ކިޔާ އެހެން މީހުންގެ ޚިޔާލަށް މަރުޙަބާ ކިޔާނެއެވެ. ގަސްތުގައި މިމީހުން ރުޅިއަރުވާލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. މިހެން ކަންހުރި ނަމަވެސް މިއީ ހީ ސަމާސާކުރަން ޝައުގުވެރިވާ ބައެކެވެ.

  1. ތުނި ތުންފަތް

ތުނި ތުންފަތް ހުންނަ މީހުންނަކީ އެކަނިވެރިންކަމަށް ބުނެވެއެވެ. އެއީ އެމީހުން ބޭނުންވާ ގޮތެވެ. އެމީހުންނަކީ ކެރޭ އަދި އެކަނި ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ހުންނަ ބައެކެވެ. މިފަދަ މީހުން ތަންތަނަށް ޒިޔާރަތް ކުރުމަށް އެކުގައި މީހުންގެ ގެންދާކަށް ބޭނުމެއް ނުވާނެއެވެ. ދުރުތަންތަނަށް ޗުއްޓީ ދިއުމާ ދާރުލްއާސާރު ފަދަ ތަންތަނަށް އެކަނި ދިއުމަކީ އެމީހުން ބޭނުންވެގެން ކުރާ ކަންކަމެވެ. ނަމަވެސް ބައިބޯތަންތާނގައިވެސް މީހުނާ ގުޅިގެން އުޅުމަކީ މި މީހުނަށް ވަރަށް ފަސޭހަ ކަމެކެވެ.

  1. މަތީ ތުންފަތުގެ މެދުގައި ތޫނު ކަނެއް

މިއީ ވަރަށް އުފެއްދުންތެރި އަދި ހުނަރުވެރި ބައެކެވެ. މީތެރެއިން ގިނަ މީހުންނަކީ ކުރެހުންތެރިން ނުވަތަ މިއުޒިކީ ފަންނާނުންނެވެ. މީމީހުންނަކީ އެމީހުނާ ބައްދަލުވާ މީހުންގެ މޫނާއި ނަން ވަރަށް ގަދައަށް ހަނދާންހުންނަ ބައެކެވެ. ހުރިހާ ރައްޓެހިންނާވެސް އެއްވަރަކަށް ގުޅުން ބޭއްވުމަށް މިމީހުން ސަމާލުކަން ދެއެވެ. މިއީ ކުރާ މަސައްކަތުގައި ރަގަޅު ނަތީޖާ ދައްކާ، އިޖުތިމާއީ ގުޅުން ރަގަޅު އަދި އެމީހުންގެ އިހުސާސް އެހެން މީހުނަށް ކިޔާދޭ ބައެކެވެ.

  1. މަތީ ތުންފަތުގެ މެދު ވަށްކޮށް

މިހެން ތުންފަތް ހުންނަމީހުންނަކީ ވަރަށް ފަސޭހައިން ހިތުގައި ޖެހޭ އެހާމެ އޯގާތެރި ބައެކެވެ. މީހަކު ބުނާ އެއްޗަކުން ނުވަތަ ކުރާކަމަކުން ވަރަށް ފަސޭހައިން ހިތުގައި ޖެހޭނެއެވެ. ނަމަވެސް އަބަދުވެސް އެހެން މީހުނަށް އެހީތެރިވުމުގައި ކުރީގައި ހުންނާނެއެވެ. ތިމާއަށް ވުރެ ނިކަމެތިންނަށް އަޅާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކި އެކަން ކުރާނެއެވެ. އެމީހުންގެ ހުރިހާވެސް އުފަލަކީ އޭނާގެ ވަށައިގެންވާ މީހުންނެވެ.

  1. މަތީ ތުންފަތް ސީދަލަށް ހުންނަ މީހުން

މިއީ ވަރަށް ޒިންމާދާރު އަދި ބުނާ ބަހުގައި އިތުބާރު ހުންނަ ބައެކެވެ. އެމީހުނަށް "ނާދިރު" އެއްވެސް ކަމެއް ނުހުންނާނެއެވެ. ވަކި ވަގުތަކަށް ނިންމަން ޖެހޭ ކަމެއް އޮވެގެން އެކަމާ ހާސްނުވެ އެކަން ނިންމާލާނެއެވެ. ވަގުތަށް ކަމޭ ހިތުމަކީ މި މީހުންގެ ޚާއްސަ ސިފައެކެވެ. މިމީހުންގެ އާއިލާއާއި ރައްޓެހިން މިމީހުންގެ މައްޗަށް ބަރޯސާވާނެއެވެ. ކޮންމެ ޙާލަތެއްގައި ވެސް މިމީހުން އަޅާލާ އެކަމުން މިންޖުވާން ކޮންމެސް ކަމެއް ކޮށްދޭނެކަމަށް އެހެން މީހުން ގަބޫލު ކުރާނެއެވެ. މިއީ އޯގާތެރި އަދި ފަސޭހައިން ކަންކަމުގެ ޙައްލު ހޯދާ ބައެކެވެ.

  1. ފުއްޕާފައި ހުންނަ ކުދި ތުންފަތް

މިއީ ވަރަށް ސަކަރާތް ޖަހާ އަދި ލާނެއް ބައެކެވެ. މިފަދަ މީހުން އެމީހުންގެ އިހްސާސްތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެއެވެ. އެމީހުން އަމިއްލަ ނަފްސަށް ނުބަލާނަމަ އެހެން މީހަކު ނުބަލާނެއެވެ. މިފަދަ މީހުނާ ފުރަތަމަ ބައްދަލުވާ އިރު މިއީ އަމިއްލައެދުން ބޮޑު ބައެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް އެއީ ގޯހެކެވެ. މިއީ ރައްޓެހިންނަށް އިންތިހާއަށް ހެޔޮ، ބޭނުމެއް ޖެހިއްޖެ ކަމަށް ފާހަގަ ވެއްޖެ ނަމަ ބުނުމަކާ ނުލާ އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. އެހެން މީހުންގެ މައްސަލަހަތުގެ ކުރިއަށް އަމިއްލަ މަސައްލަހަތު ނުނެރޭނެއެވެ. މިކަމުގެ ސަބަބުން ވަރަށް ގިނަ ކަންކަން މިމީހުނަށް ފަސޭހަ ވެގެން ދެއެވެ.

  1. މަތީ ތުންފަތް ތުނިކޮށް

މިއީ އެހެން މީހުން ކަންކަމަށް އެއްބަސް ކުރުވަން ވަރަށް މޮޅު ބައެކެވެ. ވަރަށް ހަރަކާތްތެރި އަދި ހަކަތައިން ފުރިގެންވާ މިމީހުންނަކީ ކުރާ ކަންކަމުގައި ކާމިޔާބީ ހާޞިލްކުރާ ބައެކެވެ. ނަމަވެސް މިފަދަ މީހުނަށް ލޯބީގެ ގުޅުންތައް އުފައްދާ ދެމެހެއްޓުން ވަރަށް އުނދަގޫ ކަމަކަށްވެއެވެ. ސަބަބަކީ އެމީހުންގެ ދިރިއުޅުމުގެ އަމާޒުހުންނަނީ އަބަދުވެސް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށެވެ. މާނައަކީ ވަރަށް ގަދައަށް މަސައްކަތްކުރާ ބައެކެވެ.