ބޮޑީ ބިލްޑް ކުރުމުގެ ދާއިރާގައި އުޅޭ ބްރަޔަން ޓަރނަރ އަކީ އުމުރުން 15 އަހަރުން ފެށިގެން މުޅިމޫނުގައި އޮށާޅަ ނުވަތަ ސިސްޓިކް އެކްނީ ނެގުމުގެ މައްސަލައާއި ކުރިމަތިލަމުން އަންނަމީހެކެވެ. މޫނުގައި ރަތްވެފަ ދޮސްއަރާފައި ހުންނަ ބިހި ގިނަކަމުން އެއްފަރާތަކަށް މޫނު ޖައްސާލައިގެން އޭނާއަށް ތަނެއްގައި އޮށޯވެވެސް ނޯވެވެއެވެ. މިކަބުގެ ސަބަބުން އޭނާއަށް ވަނީ ނަފްސާނީ މައްސަލަތައްވެސް ކުރިމަތިވެފައެވެ.
މިކަމުން ސަލާމަތްވުމަށް ބްރަޔަން ކުރީ ހަމައެންމެކަމެކެވެ. އޭނާއަކީ ބިލްޑްކުރާމީހަކަށް ވާތީ އާދަވެ ދުވާލަކު ގިނަ އަދަދަކަށް ކިރާއި ޗީޒް އޭނާ ބޭނުންކުރެއެވެ. އެހެންކަމުން ބިހިން ސަލާމަތްވޭތޯ އޭނާ ކިރުގެ ބާވަތްތައް ބޭޏުންކުރުން އެއްކޮށްހުއްޓާލިއެވެ. އަދި މިބާވަތް ބޭނުންކުރުން ހުއްޓާލުމުން އޭނާއަށް ދިމާވެފައިވާ އޮށާޅައިގެ މައްސަލައަށް ލުޔެއް ލިބޭނެކަމަކަށް އޭނާ ހީވެސް ނުކުރެއެވެ.
އެކި ޑޮކްޓަރުންގެ ލަފަޔާއެކު އެކި ބާވަތުގެ ބޭހުންވެސް ބްރަޔަންގެ މޫނުމަތި ރަނގަޅުނުވެ ކިރުގެ ބާވަތްތައް މަދުކުރުމުން އޭނާގެ ހަންގަޑަށް އައި ބަދަލުގެ ސަބަބުން އޭނާ މިހާރު އަންނަނީ މިމައްސަލ ދިމާވާ އެހެން މީހުނަށް މިކަމުން ސަލާމަތްވާނެ ގޮތްތައް ކިޔައިދެމުންނެވެ.
އޮށާޅައިން ސަލާމަތްވާނެ 10 ސްޓެޕްގެ ޕްރޮގްރާމް އެއް އޭނާ ވަނީ ފަށާފައެވެ. "ދި އެކްނީ ޕްރޮގްރާމް' ގެ ނަމުން ނަންދީފައިވާ މިޕްރޮގްރާމްގައި ކެއުން ބަހައްޓަންވީގޮތްވަނީ ހިމަނާފައެވެ. މީގެއިތުރުންް އޭގައި ވާގޮތުން ނިދަން ބޯއަޅާބާލީހުގެ އުރަ އަދި ބެޑްޝީޓް ކޮންމެރެއަކު ބަދަލުކުރުމަށާއި، ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމަށާއި، ސިނގިރޭޓާއި މަސްތުވާތަކެތިން ދުރުހެލިވުމަށްވެސް ވަނީ ބުނެފައެވެ.
ބްރަޔަން ބުނެފައިވާގޮތުގައި މިގޮތަށް އަމަލު ކުރުމުން އޭނާގެ ހަމުގެ މައްސަލައަށް މިހާރު ވަނީ ހައްލުލިބި މޫނުމަތި އެކީގައި އޮމާންވެފައެވެ. އަދި އޮށާޅައިގެ މައްސަލަ ދިމާވާ އެހެންފަރާތްތަކުންވެސް މިގޮތަށް ކަންތައްކޮށްގެން އަޖުމަބަލާލުމަށް ބްރަޔަން އަންނަނީ ބުނަމުންނެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން